ކ. މާލެ
|
7 މެއި 2020 | ބުރާސްފަތި 04:20
ރަޝިޔާގެ ކަލްޗަރަލް މިނިސްޓަރު އޮލްގާ ލަޔޫބިމޮވިއާ
ރަޝިޔާގެ ކަލްޗަރަލް މިނިސްޓަރު އޮލްގާ ލަޔޫބިމޮވިއާ
ފޭސްބުކް
ރަޝިޔާގެ މިނިސްޓަރަކު ކޮވިޑް-19އަށް ޕޮޒިޓިވް
ރަޝިޔާގެ ކަލްޗަރ މިނިސްޓަރު ކޮވިޑް-19 އަށް ޕޮޒިޓިވް
ގައުމުގެ ބޮޑު ވަޒީރުވެސް ވަނީ ޕޮޒިޓިވްވެފައި
އޮލްގާ އަކީ އެންމެ ހަގު ވަޒީރު
ލައްކަ އަކަށްވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވްވެފައި

ރަޝިޔާގެ ކަލްޗަރ މިނިސްޓަރު އޮލްގާ ލަޔޫބިމޮވިއާ ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އޮލްގާ، ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން ހާމަކޮށްފައިވަނީ އޭނާގެ ތަރުޖަމާނެވެ. ޓެސްޓުގެ ނަތީއްޖާ ލިބުމާއި އެކު އޮލްގާ ވަނީ އެކަމަނާގެ ގޭގައި އެކަހެރިވެވަޑައިގެންފަ އެވެ.

ކުރިން ނޫސްވެރިއެއްގެ އިތުރުން ޑޮކިއުމެންޓަރީ ފިލްމު ހެދުމުގައި އުުޅުއްވި އޮލްގާ މިނިސްޓަރު ކަމުގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ މި އަހަރުގެ ޖެނުއަރީ މަހު އެވެ. އުމުރުން 39 އަހަރުގެ އޮލްގާ އަކީ ރަޝީޔާގެ ވަޒީރުންގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ އެންމެ ހަގު ވަޒީރެވެ.

ކަލްޗަރަލް މިނިސްޓަރު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، އެ ގަައުމުގެ ބޮޑު ވަޒީރު މިޝައިލް މިޝުސްޓިންގެ އިތުރުން ކޮންސްޓްރަކްޝަން މިނިސްޓަރު ވްލަޑްމީރް ޔަކޫޝެވް ވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.

ރަޝިޔާގައި މިހާތަނަށް 165,929 (އެއްލައްކަ ފަސްދޮޅަސް ފަސްހާސް ނުވަ ސަތޭކަ ނަވާވީސް) މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން ރަނގަޅުވެފައިވަނީ 21،327 (އެކާވީސްހާސް ތިން ސަތޭކަ ހަތާވީސް) މީހުންނެވެ. ބަލީގައި މިހާތަނަށް ވަނީ 1،537 މީހުން މަރުވެފަ އެވެ.

- ކޮމެންޓް