Advertisement
ކ. މާލެ
|
3 އޭޕްރިލް 2017 | ހޯމަ 21:55
ރައީސް މައުމޫން: ފުރަތަމަ އިސްކުރަން ޖެހެނީ ޤައުމު ކަމަށް ވިދާޅުވޭ
ރައީސް މައުމޫން: ފުރަތަމަ އިސްކުރަން ޖެހެނީ ޤައުމު ކަމަށް ވިދާޅުވޭ
މިހާރު
ރައީސް މައުމޫން
ކޮރަޕްޝަނާ ބޭއިންސާފާ ދެކޮޅަށް އަޑުއުފުލާ ދިވެހި ދަރިންނަށް ޤައުމު ޝުކުރުވެރިވާނެ:މައުމޫން
އިސްލާހީ މަސައްކަތާ ގުޅިވަޑައިގެންނެވި ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސެއިން އަށް އެމްޑީޕީންވަނީ މަރުޙަބާ ކިޔާފަ
ސައުދު ވިދާޅުވީ ޕީޕީއެމްގެ ރައީސަކީ އަދިވެސް ރައީސް މައުމޫން ކަމަށާއި ރައީސް މައުމޫނާއެކު ސާބިތުކަމާއެކު ހުންނަވާނެ ކަމަށް

ޤައުމަށްޓަކައި ކޮރަޕްޝަނާއި ބޭއިންސާފާ ދެކޮޅަށް އަޑު އުފުލާ ދިވެހި ދަރިންނަށް މުޅި ޤައުމު ޝުކުރުވެރިވާނެ ކަމަށް ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް މައުމޫން ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ ޤައުމަށްޓަކައި ކޮރަޕްޝަނާއި ބޭއިންސާފާ ދެކޮޅަށް އަޑު އުފުލާ ދިވެހި ދަރިންނަށް މުޅި ޤައުމު ޝުކުރުވެރިވާނެ ކަމަށެވެ. އެންމެ ފުރަތަމަ ޤައުމު އިސް ކުރަން ގޮވާލައްވާ ކަމަށެވެ.

ރައީސް މައުމޫން މިގޮތައް ޓްވީޓް ކުރައްވާފައި މިވަނީ ޕީޕީއެމްގެ މުސްތަޝާރު ރައީސް ޔާމީންގެ ފެކްޝަނުގައި ހުންނެވުމަށްފަހު ރައީސް މައުމޫނާއި ރައީސް މުހައްމަދު ނަޝީދު އަދި ޖުމްހޫރީ ޕާޓީގެ ޤާސިމް އިބްރާހީމާއި ޝައިޚް އިމްރާން ޢަބްދުﷲ ގުޅިގެން ފައްޓަވާފައިވާ އިސްލާހީ މަސައްކަތާ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ގުޅިވަޑައިގެންފައި ވަނިކޮށެވެ.

ރައީސް ޔާމީންގެ ފެކްޝަންގައި ހުންނެވުމަށް ފަހު، މިހާރު ރައީސް މައުމޫނުގެ ފަހަތްޕުޅަށް އަރާވަޑައިގެން އިދިކޮޅު އިސްލާހީ މަސައްކަތާ ގުޅިވަޑައިގެންނެވި ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސެއިންއަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީންވެސް ވަނީ މަރުޙަބާ ކިޔާފައެވެ.

އެމްޑީޕީން ހޯމަދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ސައުދު ހުސެއިން އަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ އެހެން މެންބަރުން ވެސް ދިވެހި ރައްޔިތުންގެ ކޮޅަށް އަރައިވަޑައިގަތުމަށް ގޮވާލާ ކަމަށެވެ.

އެމްޑީޕީން ބުނިގޮތުގައި މަޖިލީހުގައި ނެގި އަބުދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓަށް ފަހު އިދިކޮޅު މެނބަރުނާއި، އިސްލާހަށް މަސައްކަތްކުރުމުގައި އިސްކޮށް އުޅުއްވާ ބޭފުޅުންނަށް ސަރުކާރުން ގެންދަނީ އެކި ޖެއްސުންތައްކޮށް، ބިރުދައްކަމުންނެވެ. އެގޮތުން އެ ވޯޓަށް ފަހު ސަރުކާރުގެ ސުޕަ މެޖޯރިޓީ ގެއްލުނުކަން އެނގުމުން، އިސްލާހީ މަސައްކަތާ ގުޅިފައިވާ ފަރާތްތައް ފުލުހަށް ހާޒިރުކޮށް ބިރުދައްކަމުންދާ ކަމަށް އެމްޑީޕީން ބުންޏެވެ.

ސައުދު ވިދާޅުވެފައިވަނީ ޕީޕީއެމްގެ ރައީސަކީ އަދިވެސް ރައީސް މައުމޫން ކަމަށާއި ރައީސް މައުމޫނާއެކު ސާބިތުކަމާއެކު ހުންނަވާނެ ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް