ފޮނި އެއްޗެހި ކާހިތްވާ ފަރާތްތަކަށް ޗީޒް ކޭކް ވަރެއް ނޯވެއެވެ. މި ކޭކަކީ ފިހަން ނުޖެހޭ ފަސޭހައިން ތައްޔާރުކޮށްލެވިދާނެ ކޭކެކެއެވެ.

ބޭނުންވާ ތަކެތި‪:‬‬‬‬

  • 90ގ ބިސްކޯދު ( ހިމުންކޮށްފައި)
  • 45ގ މެލްޓެޑް ބަޓަރ
  • 200ގ ކްރީމް ޗީޒް
  • 100ގ ގްރީކް ޔޯގަޓް
  • 100ގ ވިޕިންގ ކްރީމް
  • 60ގ ހަކުރު
  • 3 ސައި ސަމުސާ ލެމަން ޖޫސް
  • 2/1 ޖޯޑު ފެން
  • 5ގ ޖެލަޓިންގ ޕައުޑަރ

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ ބިސްކޯދު ފުނޑުކޮށްލުމަށްފަހު، އޭގެ ތެރެއަށް ބަޓަރު އަޅައިގެން އެއްކޮށްލާށެވެ. އެއަށްފަހު ޓްރޭގެ ތެރެއަށް ފުނޑުކޮށްފައިވާ ބިސްކޯދު ފަތުރައި ރަނގަޅަށް އޮތްބާލާށެވެ. ދެން އައިސްއަލަމާރިއަށްލާ އިރުކޮޅަކު ބަހައްޓާށެވެ.

ބޯތައްޓެއްގައި ކްރީމް ޗީޒް، ހަކުރު، ޔޯގަޓް، ވިޕިންގ ކްރީމް، ލެމަން ޖޫސް އަޅައިގެން ހޭންޑް މިކްސަރުން އޮމާންވަންދެން ރަނގަޅަށް އެއްކޮށްލާށެވެ. ދެން ކުޑަ ބޯތައްޓަކަށް ފެން އެޅުމަށްފަހު، އޭގެ ތެރެއަށް ޖެލެޓިން ޕައުޑަރ އަޅާލާށެވެ. 20 ނޫނީ 30 ސިކުންތު ވަންދެން މައިކްރޯވޭވް އަށް ލާށެވެ.

އެއަށްފަހު، އޭގެ ތެރެއަށް މިކްސްކުރި ކްރީމް ޗީޒްއިން 2 ސަމުސާ އަޅައިގެން ގިރާލާށެވެ. ގިރާ ނިމުމުން ކްރީމް ޗީޒް ތެރެއަށް އަޅާލުމަށްފަހު، ރަނގަށް އެއްކޮށްލާށެވެ. ކުރިން ތައްޔާރު ކުރި ބިސްކޯދު ޓްރޭގެ ތެރެއަށް ކްރީމްގަނޑު އަޅާލުމަށްފަހު، 20 މިނިޓް ނޫނީ 30 މިނިޓްވަންދެން ފިނިކޮށްލާށެވެ.

- ކޮމެންޓް