ކ. މާލެ
|
6 މެއި 2020 | ބުދަ 08:44
ޑަބްލިޔުއެޗްއޯ
ޑަބްލިޔުއެޗްއޯ
ރޮއިޓަރސް
ކޮވިޑް-19 އާ ގުޅިގެން ޑަބްލިޔުއެޗްއޯގެ ވާހަކަތައް
ގައުމުތަކުން އެންމެ ފުރަތަމަ ފެނުނު ކޮވިޑް-19 ގެ ކޭސްތައް ތަހުގީގުކުރުމަށް ޑަބްލިޔުއެޗްއޯއިން އެދެފި
 
ފްރާންސްގެ ހޮސްޕިޓަލެއްގައި ޑިސެމްބަރު މަހު 27 ވަނަ ދުވަހު ނިއުމޯނިއާ އަށް ފަރުވާ ހޯދި މީހަކު ކޮރޯނަވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށް އޭނާގެ ޑޮކްޓަރު ވަނީ ބުނެފައި
 
މިކަމުގެ ސަބަބުން ވައިރަސް ފެތުރޭގޮތް ދެނެގަތުމަށް އިތުރު ގޮތްތަކެއް ހޯދިއްޖެކަމަށް ކްރިސްޓިއަން ވިދާޅުވި
 
ޑަބްލިޔުއެޗްއޯއިން ބުނެފައިވަނީ ފްރާންސުން ޑިސެމްބަރ މަހު ކޮވިޑް-19 ގެ ކޭސްއެއް ފެނުމަކީ ހައިރާންވާކަމެއް ނޫން ކަމަށް

ޑިސެމްބަރ މަހު ފްރާންސްގެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަން ހާމަވުމާ ގުޅިގެން ގައުމުތަކުގައި އެންމެ ފުރަތަމަ ފެނިފައިވާ ކޮވިޑް-19 ގޭ ކޭސްތައް ތަހުގީގުކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން ގައުމުތަކުގެ ކިބައިން އެދެފިއެވެ.

ޑަބްލިޔުއެޗްއޯއިން ބުނެފައިވަނީ ފްރާންސުން ޑިސެމްބަރ މަހު ކޮވިޑް-19 ގެ ކޭސްއެއް ފެނުމަކީ ހައިރާންވާކަމެއް ނޫންކަމަށެވެ. ކޮވިޑް-19 ގެ ކޭސްއެއް އެންމެ ފުރަތަމަ ޑަބްލިޔުއެޗްއޯއަށް ރިޕޯޓްކޮށްފައިވަނީ ޗައިނާއިންނެވެ. އެއީ މިދިޔަ އަހަރުގެ ޑިސެންބަރ މަހުގެ 31 ވަނަ ދުވަހުއެވެ. އޭގެ ކުރިން ޔޫރަޕގައި މިވައިރަސް އުޅެފައިވާނެކަމަށް އަދި މިހާތަނަށް އައިއިރު ޤަބޫލު ކުރެވިފައެއް ނުވެއެވެ.

ފްރާންސްގެ މިރިޕޯޓާއި ގުޅިގެން ޑަބްލިޔުއެޗްއޯގެ ސްޕޯކްސްމަން ކްރިސްޓިއަން ލިންޑްމިއަރް އދ ޖެނީވާގައި އޮތް އދ ގެ ބައްދަލުވުމުގައި ވިދާޅުވިފައިވަނީ މިކަމުގެ ސަބަބުން މިހާރު މުޅިން އައު މަންޒަރެއް ފެންނަމުންދާ ކަމަށެވެ. މިކަމުގެ ސަބަބުން ވައިރަސް ފެތުރޭގޮތް ދެނެގަތުމަށް އިތުރު ގޮތްތަކެއް ހޯދިއްޖެކަމަށް ކްރިސްޓިއަން ވިދާޅުވިއެވެ.

ފްރާންސްގެ ހޮސްޕިޓަލެއްގައި ޑިސެންބަރު މަހު 27 ވަނަ ދުވަހު ނިއުމޯނިއާއަށް ފަރުވާ ހޯދި މީހަކު ކޮރޯނަވައިރަސްއަށް ޕޮޒިޓިވްވެފައިވާ ކަމަށް އޭނާގެ ޑޮކްޓަރު ވަނީ ބުނެފައެވެ. ފްރާންސްގެ ސަރުކާރުން އެޤައުމުގައި ކޮވިޑް-19 ޖެހިފައިވާ މީހެއް ހުރިކަން ހާމަކޮށްފައިވަނީ އޭގެ މަސްދުވަސް ފަހުންނެވެ.

މިހާތަނަށް އައިއިރު ކޮވިޑް-19 ޗައިނާގެ ވުހާން ސިޓީ ނޫން އެހެންތާކުން ފެނިފައިވާކަން އެނގިފައެއް ނުވެއެވެ. އެހެންކަމުން މިހާރު ބެލެވެނީ ފްރާންސުން ޕޮޒިޓިވްވި މީހާއަކީ ޗައިނާއިން ވައިރަސް ފެނުނުކަން ހާމަކުރުމުގެ ކުރިން ވުހާން ސިޓީއަށް ގޮސްފައިވާ މީހަކާއި ގުޅުމެއް ހުރި މީހެއްކަމަށެވެ.

އެހެންނަމަވެސް ފްރާންސްގެ މިމީހާއަކީ ޗައިނާއަށް ސީދާ ގުޅުމެއް އޮތް މީހެއް ނޫންކަމަށާއި އޭނާ އެއްވެސް ތާކަށް އޭގެކުރީގެ ހިސާބެއްގައި ދަތުރު ކޮށްފައިވެސްނުވާ ކަމަށެވެ. އެހެންކަމުން ކަމާބެހޭ މާހިރުން ބުނާގޮތުގައި ފްރާންސްގެ މިމީހާގެ ކަންތައް އަދި ރަނގަޅަށް ބަލަންޖެހެއެވެ.

އެހެންކަމުން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ޑަބްލިޔުއެޗްއޯގެ ސްޕޯކްސްމަން ވަނީ ޤައުމުތަކުން މިދިޔަ އަހަރުގެ ފަހުކޮޅު ފެނިފައިވާ ނިއުމޯނިއާ ކޭސްތައް އަދި އިތުރަށް ބެލުމަށް އެދިފައެވެ. އެކަމުގެ ސަބަބުން މިކަން އިތުރަށް ސާފުވެގެންދާނެކަމަށް ސްޕޯކްސްމަން ވިދާޅުވިއެވެ. ޑަބްލިޔުއެޗްއޯގެ ސްޕޯކްސްމަން އިތުރަށް ވިދާޅުވީ ވައިރަސް އުފެދިގެން އައިގޮތް ހޯދުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ.

ވައިރަސް އުފެދިގެން އައި ގޮތާއި ގުޅޭގޮތުން އެމެރިކާ އިން ތަކުރާރުކޮށް ބުނަމުން އަންނަނީ އެއީ ވުހާން

ގެ ލެބޯޓްރީއެއްގައި އުފެއްދި އެއްޗެއްކަމަށެވެ. ނަމަވެސް ޑަބްލިޔުއެޗްއޯއިން ބުނަމުން އަންނަނީ ވައިރަސް އުފެދިފައިވަނީ ޖަނަވާރުންގެ ފުށުން ކަމަށެވެ. އަދި މިކަން އިތުރަށް ބަލަމުން އަންނަކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް