ކ. މާލެ
|
6 މެއި 2020 | ބުދަ 08:49
ެއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
ެއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އަލްޖަޒީރާ
ކޮވިޑް-19: އެމެރިކާގެ ހާލަތު
ލޮކްޑައުން އުވާލުމުން މަރުވާ މީހުންގެ އަދަދު އިތުރުވެދާނެ: ޓްރަމްޕް
 
މަރުވި މީހުންގެ އާއިލާތަކަށް ޓްރަމްޕް ވިދާޅުވީ، "ބުނަން ބޭނުންވަނީ ވަރަށް ލޯބިވެއޭ"
 
ސިއްހީ އާލާތްތަކުގެ ސްޓޮކް އިތުރުނުކުރެއްވި ސަބަބު އެއްސެވުމުން ސީދާ ޖަވާބެއް ނުދެއްވާ
 
އަތް ދޮވުމާއި އިޖުތިމާއީ ގައިދުރުކަން ބަހައްޓަން އިލްތިމާސްކުރެއްވި

އެމެރިކާގެ ބައެއް ޞަރަޙައްދުތަކުގައި އިޢުލާންކޮށްފައިވާ ލޮކްޑައުން އުވާލުމުން، މަރުވާ މީހުންގެ ޢަދަދު އިތުރުވުމުގެ ފުރުޞަތު އެބައޮތްކަމަށް އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ އޭބީސީ ނޫހަށް ދެއްވި ޚާއްޞަ ބަސްތީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ، ގެއެއްގެ ތެރޭގައި ނުވަތަ އެޕާޓްމަންޓެއްގެ ތެރޭގައި ބަންދުވެފައި ނެތުމުން (މަރުވާ މީހުންގެ ޢަދަދު) އިތުރުވުމުގެ ފުރުޞަތު އެބައޮތް ކަމަށެވެ. ލޮކްޑައުން އުވާލި ނަމަވެސް، އަތް ދޮވުމާއި އިޖުތިމާޢީ ގައިދުރުކަން ރައްޔިތުން ބަހައްޓާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ވެރިކަމުގައި ހުންނަވާތާ ތިން އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، ޞިއްޙީ އާލާތްތަކުގެ ސްޓޮކް އިތުރުކުރުމަށް ކުރި މަސައްކަތާއި ގުޅޭގޮތުން ސުވާލު ކުރުމުން ޓްރަމްޕް ވަނީ އެ މަނިކުފާނާ ދެކޮޅަށް ކޮށްފައިވާ ބައެއް ތަޙުޤީޤތަކުގެ ވާހަކަ ދައްކަވާފައެވެ. އެގޮތުން އިންތިޚާބު ކާމިޔާބުކުރުމުގައި ރަޝިއާގެ އެހީތެރިކަން ލިބުނުކަމަށް ބުނާ މައްސަލައިގެ ތަޙުޤީޤާއި ވެރިކަމުން އަޒުލުކުރުމަށް ކޮންގްރެސްއިން ހިންގި ތަޙުޤީޤު ފާހަގަކުރެއްވި އެވެ.

ކޮވިޑް-19 ޖެހިގެން މަރުވީ 70،000ށް ވުރެ ގިނަ މީހުންގެ ޢާއިލާތަކަށް ދެއްވާނެ މެސެޖެއް އޮތްތޯ ސުވާލު އެއްސެވުމުން ޓްރަމްޕް ވިދާޅުވީ، "ބުނަން ބޭނުންވަނީ ވަރަށް ލޯބިވާ" ކަމަށެވެ.

މުޅި ދުނިޔެއަށް ބަލާލި ކަމުގައިވީ ނަމަވެސް، ކޮވިޑް-19 ގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އެމެރިކާއަށެވެ. މިލިއަނަކަށް ވުރެ ގިނަ ކޭސް އެ ޤައުމުން ފެނިފައިވާއިރު، ބަލި ފެތުރުން ހުއްޓުވަން އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިފައިނުވާކަމަށް ބުނެ، ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ ޓްރަމްޕަށް ޢަމާޒުވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
75%
25%
0%
0%
ކޮމެންޓް
6 މެއި 2020 | ބުދަ 19:01
ކުޑޭ
ބޯގޯސް