ކ. މާލެ
|
6 މެއި 2020 | ބުދަ 00:52
ފިނޭންސް މިނިސްޓަރ އަމީރު އަދި ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔަރ
ފިނޭންސް މިނިސްޓަރ އަމީރު އަދި ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔަރ
ބީއެމްއެލް
ކޮވިޑް-19 ރިކަވަރީ ސްކީމް
ރިކަވަރީ ސްކީމްގެ ދަށުން ވިޔަފާރިތަކަށް 45 މިލިއަން ރުފިޔާ ދޫކޮށްފި
 
ބީއެމްއެލްއިން ލޯނު ދޫކުރަނީ ރިސޯޓްތަކަށާއި 10 މިލިއަނަށް ވުރެ އިތުރު އާމްދަނީއެއް ލިބޭ ވިޔަފާރިތަކަށް
 
އޭގެ ތެރެއިން މިހާތަނަށް ފައިސާ ދޫކޮށްފައިވަނީ 34 ވިޔަފާރިއަކަށް
 
ޖުމްލަ 63 ވިޔަފާރިއަކަށް ވަނީ ފިނޭންސުން އެޕްރޫވަލް ދީފައި

ކޮވިޑް-19 އާ ގުޅިގެން ބޮޑެތި ވިޔަފާރިތަކަށް ހާއްސަކޮށްގެން ސަރުކާރުން ގާއިމްކޮށްފައިވާ ރިކަވަރީ ސްކީމްގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިހާތަނަށް 45 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.

ރިކަވަރީ ސްކީމްގެ ތެރެއިން 45 މިލިއަން ރުފިޔާ ބީއެމްއެލްއިން ދޫކޮށްފައިވަނީ 34 ވިޔަފާރިއަކަށެވެ. ބޭންކުގެ އިވެލުއޭޝަން މަރުހަލާ ނިމުމަށްފަހު، ފިނޭންސް މިނިސްޓްރީން ވަނީ 63 ވިޔަފާރިއަކަށް ލޯން އެޕްރޫވަލް ދީފަ އެވެ. ބާކީ ހުރި ވިޔަފާރިތަކަށް ފައިސާ ލިބިފައި ނުވަނީ، އެ ވިޔަފާރިތަކުން ބޭންކަށް ފޮނުވަން ޖެހޭ ލިޔެކިޔުންތައް ނުފޮނުވައިގެންނެވެ.

ބީއެމްއެލްއިން ވަނީ ބޭންކަށް އަނބުރާ ފޮނުވަން ޖެހޭ ލިޔެކިޔުންތައް ފޮނުވުމާއެކު، ފައިސާ ދޫކުރުމުގެ މަރުހަލާ ނިމޭނެކަން ފާހަގަކޮށްފަ އެވެ. އަދި މިހާތަނަށް އެޕްރޫވަލް ލިބިފައިވާ ވިޔަފާރިތަކުން ވީހާވެސް އަވަހަކަށް މި ލިޔުންތައް ފޮނުވުމަށް ބޭންކުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށް ދިމާވެފައިވާ މާލީ ހީނަރުކަމުން އަރައިގަތުމަށް ސަރުކާރުން ގާއިމްކޮށްފައިވާ ރިކަވަރީ ސްކީމްގެ ދަށުން، ބީއެމްއެލްއިން ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ރިސޯޓްތަކަށާއި އަހަރެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި 10 މިލިއަނަށް ވުރެ މަތީގެ އަދަދެއް ހޯދާފައިވާ ވިޔަފާރިތަކަށެވެ.

10 މިލިއަނަށް ވުރެ ދަށުން އާމްދަނީ ލިބޭ ވިޔަފާރިތަކަށް ލޯނު ދޫކުރަން ހަމަޖެހިފައިވަނީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށެވެ. އެސްޑީއެފްސީ މެދުވެރިކޮށް ދޫކޮށްފައިވާ ފައިސާގެ ތަފުސީލެއް މިހާތަނަށް ހިއްސާކޮށްފައެއް ނުވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
100%
0%
0%
ކޮމެންޓް
6 މެއި 2020 | ބުދަ 04:40
ޕެނޑަމިކް
ގެއްލުން ހަމަ އެކަނި ލިބެނީ މި ޕެންޑަމިކް ހާލަތުގައި މިލިޔަނުން ވިޔަފާރިކުރަމުން އަންނަ މީހުނަށް އެކަނިތޯ....
6 މެއި 2020 | ބުދަ 01:13
ކިންގް
އެސްޑީއެފްސީގަ ކޮރަޕްޝަން އިންތިހާއަށް. މުޅި ޑިރެކްޓަރ ބޯޑުންވެސް ކަޓްނަގާ. ހެސްކިޔާފަ ކޮރަޕްޝަން. ހުވާ