ކ. މާލެ
|
5 މެއި 2020 | އަންގާރަ 21:21
ސްރީލަންކައިން އެއާލައިން
ސްރީލަންކައިން އެއާލައިން
ފްލިކަރ
ސްރީލަންކަން އެއާލައިން ކާގޯ ދަތުރު
ރާއްޖެ ހިމެނޭ ގޮތަށް، ސްރީލަންކަން އިން ކާގޯ ދަތުރުތައް ފަށަނީ
 
ހަފްތާއަކު އެއް ފްލައިޓް

ކޮވިޑް-19 ގެ ސަބަބުން ހީނަރުވެފައިވާ ލަންކާގެ އެކްސްޕޯޓް އިންޑަސްޓްރީއަށް އެހީވެދިިނުމުގެ ގޮތުން، އެ ގައުމުގެ ގައުމީ އެއާލައިން ''ސްރީލަންކަން'' އިން ހާއްސަ ކާގޯ ދަތުރުތަކެއް ބާއްވާގޮތަށް ނިންމައިފިއެވެ.

ސްރީލަންކާން އެއާލައިންގެ ސީއީއޯ އަޝޯކް ޕަތިރަގެ ވިދާޅުވީ، ފާއިތުވެދިޔަ 40 އަހަރުގެ ދިގު މުއްދަތުގައި ދިމާވާ އެކި ކާރިސާތަކުގައި އަބަދުވެސް އެ އެއާލައިނުން އިސްކޮށްފައިވަނީ ރައްޔިތުންގެ މަސްލަހަތު ކަމަށެވެ. ކުންފުންޏަށް ދިމާވެފައިވާ މި އުދަނގޫ ދަނޑިވަޅުގައި ސަރުކާރަށް އެހީވުމަކީ އަމިއްލަ ކަމެއްގެ ގޮތުގައި ދެކިގެން މޭ މަހުގެ 18 ވަނަ ދުވަހުން ފެށިގެން ކާގޯ ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކާގޯ ފްލައިޓްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއަކު އެއް ފަހަރުއެވެ. ދަތުރުތައް ކުރަން ހަމަޖެހިފައިވަނީ ލަންޑަން، ފްރަންފަޓް، ޗައިނާގެ ބެއިޖިން، ގުއަންޒޯ، ޝަންހާއި، އޮސްޓްރޭލިއާގެ މެލްބަން، ސިންގަޕޫރް، ޖަޕާނުގެ ޓޯކިޔޯ، ދޯހާ ދުބާއި، މާލެ، އިންޑިއާގެ ސީޓީތަކުގެ އިތުރުން ބަންގްލަދޭޝްގެ ވެރިރަށް ޑާކާ ހިމެނެއެވެ.

މި ފްލައިޓްތަކުގެ މައިގަނޑު މަގްސަދަކީ ލަންކާގެ އުފެއްދުންތައް ބޭރުގެ އެހެން ގައުމުތަކަށް ފޮނުވަން އެހީތެރިވެ ދިނުމުގެ އިތުރުން އެ ގައުމަށް ބޭނުންވާ މުހިއްމު ތަކެތި ގެންގޮސް ދިނުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
79%
7%
14%
0%
0%
ކޮމެންޓް