ކ. މާލެ
|
5 މެއި 2020 | އަންގާރަ 16:48
ބޫޓާނުގެ ފިހާރައެއްގައި މީހުން ޒަރުރީ ތަކެތި ގަންަނަން އެއްވެފައި
ބޫޓާނުގެ ފިހާރައެއްގައި މީހުން ޒަރުރީ ތަކެތި ގަންަނަން އެއްވެފައި
އެންޑީޓީވީ
އެޑީބީން ބޫޓާނަށް ލޯނުގެ އެހީދިނުން
ކޮވިޑް-19 އިން ލިބުނު ގެއްލުމުން އަރައިގަތުމަށް އޭޑީބީން ބޫޓާނަށް 20 މިލިއަން ޑޮލަރުގެ ލޯނެއް
 
ބޫޓާނަކީ ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން ކޮވިޑް-19 ކޭސް އެންމެ މަދުން ރިޕޯޓުކުރި ޤައުމު
 
އޭޑީބީގެ އެހީ ބޭނުން ކުރާނީ އިޤުތިޞާދީ ޚާއްޞަ ޙާލަތުން އަރައިގަތުމަށް
 
ކޮވިޑް-19ގެ ކަންކަމުގައި އެހީތެރިވުމަށް މީގެކުރިންވެސް އޭޑީބީން ބޫޓާނަށް 2 ލޯނެއް ދޫކޮށްފައިވޭ

ކޮވިޑް-19ގެ ޙާލަތާއި ގުޅިގެން ބޫޓާނަށް އެކި ދާއިރާތަކުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެޤައުމުގެ ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އެހީ ތެރެވދިނުމުގެ ގޮތުން އޭޝިއަން ޑެވެލޮޕްމަންޓް ބޭންކް(އޭޑިބީ) އިން 20 މިލިއަން ޑޮލަރުގެ ލޯނުއެހީއެއް ވެދީފިއެވެ.

މިކަން ހާމަކޮށް އޭޑީބީން ޢާންމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ، ބޫޓާނަށް ލޯނުގެ އެހީއެއް ދިނުމަށް ނިންމީ ކޮވިޑް-19 ގެ ޙާލަތާއި ގުޅިގެން، އެޤައުމުގެ އިޤުތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށާއި، ޢާންމު ޞިއްޙަތު ރައްކާތެރި ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެ ގޮތުންކަމަށެވެ. އަދި ކޮވިޑް-19 އާއި ގުޅިގެން އެޤައުމުގެ ރައްޔިތުންނަށް އެކި ދާއިރާތަކުން ކުރިމަތިވެފައިވާ ދަތި އުނދަގޫތަކުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކައް އެހީތެރވެދިނުމުގެ ގޮތުންކަމަށެވެ.

އޭޑީބީގެ ބަޔާނުގައި، ކޮވިޑް-19 އެޤައުމުން ފެނުމާއެކު ސަރުކާރުން ޢާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅި ފިޔަވަޅުތަކާއި، ވައިރަސް ފެތުރުން ހުއްޓުުވުމަށް ތަންފީޒުކުރަން ފެށި އުޞޫލުތަކަށް ތަޢުރީފުކޮށްފައިވެއެވެ. ހަމަ އެއާއެކު، ބަލިމަޑުކަމުގެ ހާލަތާއި ގުޅިގެން ޢަމަލުކުރުމަށް އެކުލަވާލި އިޤުތިޞާދީ ކޮންޓިންޖެންސީ ޕްލޭނަށްވެސް އޭޑިބީގެ ރައީސް މަސަޓުގޫ އަސަކާވާ ވަނީ ތަޢުރީފުކުރައްވާފައެވެ.

އޭޑިބީގެ ރައީސް ވިދާޅުވީ އޭޑީބީންދޭ ލޯނުގެ އެހީތެރިކަމާއެކު ކޮވިޑް-19ގެ ޙާލަތާއި ގުޅިގެން ނާޒުކު ޙާލަތްތައް މެދުވެރިވެފައިވާ މީހުންނަށް އެހީވުމަށް ކުރިޔަށްގެންދާ އެކި ޕްލޭންތައް ދައުލަތުގެ ބަޖެޓުގެތެރެއިން ހަމަޖައްސާލެވޭނެއެވެ. އަދި އޭޑީބީން އެޤައުމުގައި ކުރިޔަށްގެންދާ ދިގުރާސްތާ މަޝްރޫއުތައް ކުރިޔަށް ގެންދަން ފަސޭހަވެ، ޢާންމު ޞިއްޙަތު ރައްކާތެރިކުރުން ހަރުދަނާކޮށް، ޞިއްހީ ދާއިރާ ތަރައްޤީ ކުރުމަށް ބާރަކަށް ވެގެންދާނެކަމަށެވެ.

އޭޑީބީގެ "ދަ ކޮވިޑް-19 އެކްޓިވް ރެސްޕޮންސް އެންޑް އެކްސްޕެންޑިޗަރ ސަޕޯޓް" (ކެއަރ) ގެ ދަށުން، ކޮވިޑް-19ގެ ޙާލަތާއި ގުޅިގެން ޢާންމު ދިރިއުޅުން ހަލާކުވެފައިވާ ވަކި ވަކި ފަރުދުންނަށާއި، ވަޒީފާގެއްލުނު ފަރާތްތަކަށާއި، ނާޒުކު ޙާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކަށާއި، ރަސްމީ ވަޒީފާއެއް ނެތި އަމިއްލަ މަސައްކަތުން ޢާމްދަނީ ހޯދައިގެން ދިރިއުޅޭ ފަރާތްތަކައް އެހީތެރިވެދޭނެކަމަށް އޭޑިބީން ބުނެއެވެ. މީގެ އިތުރުން، ބޫޓާންގެ އިޤުތިޞާދަށް އައިސްފައިވާ ހީނަރުކަމުން އަރައިގަތުމަށް "ސްޓިމިއުލަސް ޕެކޭޖް"އެއްގެ ގޮތުގައި ވެސް ބޭނުންކުރެވިދާނެކަމަށް އޭޑީބީން ބުނެއެވެ.

ބޫޓާނުންވަނީ އެކި ދާއިރާތަކުން އެޤައުމަށް ލިބޭ ގެއްލުން ފޫބައްދާނެ، ނުވަތަ އެހީތެރިވެދޭނެ "އިކޮނޮމިކް ކޮންޓިންޖެންސީ ޕްލޭން" އެއް އެކުލަވާލާފައެވެ. މި ޕްލޭންގައި އެންމެ ބޮޑު އަހަމިއްޔަތުކަމެއް ދިފައިވަނި އެޤައުމުގެ އިޤުތިޞާދީ މައިނާރުކަމަށް ވާ ފަތުރުވެރިކަމުގެ ސިނާޢަތައް ލިބޭ ގެއްލުން ކުޑަކުރުމަށެވެ. އެޤައުމުގެ އަމިއްލަ އުފެއްދުންތެރި ކަމުގެ ނިޞްބަތުގައި ފަތުރުވެރިކަމުގެ ސިނާއަތް %13 ހިއްސާ ކުރެއެވެ. ކޮވިޑް-19 އާއި ގުޅިގެން އެޤައުމުގެ ފަތުރުވެރިކަމުގެ ސިނާޢަތައް ސީދާގޮތުންނާއި، ނުސީދާގޮތުން ބޮޑެތި ގެއްލުންތަކެއް ލިބި ގާތްގަނޑަކަށް ސިނާޢަތް ވަނީ ހުއްޓިފައެެވެ. ކޮވިޑް-19 ގެ ޚާއްޞަ ޙާލަތާއި ގުޅިގެން ބޫޓާންގެ ފަތުުރުވެރިކަމުގެ ދާއިރާގެ އިތުރުން ވައިގެ ސިނާއަތާއި، ރެސްޓޯރެންޓް ވިޔަފާރީގައި ޙަަރަކާތްތެރިވި 11،800 މުވައްޒަފުންގެ ވަޒީފާ ގެއްލޭނެކަމަށް ބޫޓާން ސަރުކާރުން އަންދާޒާކޮށްފައިވެއެވެ.

އޭޑީބީން މީގެކުރިންވެސް ވަނީ ބޫޓާނަށް އެހީތެރިވެދީފައެވެ. އެގޮތުން މާރޗް މަހުގެ 27 ވަނަ ދުވަހު ވަނީ ކުއްލި ޙާލަތުގައި ބޭނުންކުރުމަށް 100،000 ޑޮލަރުގެ ކުއްލި އެހީއެއްދީފައެވެ. އެއީ އެޤައުމުން ކޮވިޑް-19 ފެނުމާއި ގުޅިގެން، ބޭހާއި، ޞިއްޙި އާލާތްތަކާއި، ކުރީ ސަފުގައި މަސައްކަތްކުރާ ޞިއްޙީ ޚިދުމަތްތެރިން ކޮވިޑް-19 އަށް ފަރުވާދިނުމަށާއި، ތަހުލީލުކުރުމަށް ސާމްޕަލް ނަގާއިރު ބޭނުންކުރާ ރައްކާތެރިކަމުގެ ޞިއްޙީ އާލާތްތައް ގަތުމަށް ދިން ކުއްލި ލޯނެކެވެ. އޭގެ ފަހުން އެޕްރީލް މަހުގެ 25 ވަނަ ދުވަހު ވަނީ 1.07 މިލިއަން ޑޮލަރުގެ ލޯނެއްވެސް ދޫކޮށްފައެވެ. އެއީ، އިންޓެންސިވް ކެއަރ ޔުނިޓުތަކަށް ބޭނުންވާ ބައެއް ސާމާނު ގަތުމަށް އެހީވުމަށް ދޫކުރި ލޯނެކެވެ.

އޭޝިއަން ޑެވެލޮޕްމަންޓް ބޭންކް(އޭޑިބީ) ވަނީ އެޕްރީލް މަހުގެ 13 ވަނަ ދުވަހު ކޮވިޑް-19 ގެ ޙާލަތާއި ގުޅިގެން މެންބަރު ޤައުމުތަކަށް ލޯނުގެ ގޮތުގައި 20 ބިލިއަން ޑޮލަރުގެ އެހީދޭން ނިންމާފައެވެ. ދަ ކޮވިޑް-19 އެކްޓިވް ރެސްޕޮންސް އެންޑް އެކްސްޕެންޑިޗަރ ސަޕޯޓް(ކެއަރ) ގެ ނަމުގައި އިޢުލާނުކލުރި މިޕްރޮގުރާމުގެ ދަށުން، އޭޝިޔާއާއި އޭޝިޔާ ޕެސިފިކްގެ ގިނަ ޤައުމުތަކަކަށްދަނީ އެހީތެރިވަމުންނެވެ. 1966 ވަނަ އަހަރު ޤާއިމުކުރި އޭޑިބީއަކީ 68 މެންބަރު ޤައުމުން މިލްކުކުރާ ބޭންކެކެވެ. މީގެތެރޭގައި އޭޝިޔާ އަދި އޭޝިޔާ ޕެސިފިކްގެ 49 ޤައުމު ހިމެނެއެވެ.

ބޫޓާނަކީ ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން ކޮވިޑް-19 ކޭސް އެންމެ މަދުން ރިޕޯޓުކުރެވުނު ޤައުމެވެ. ބޫޓާނުން ކޮވިޑް-19އަށް ޕޮޒިޓިވްވީ އެންމެ ހަތް މީހުންނެވެ. އޭގެ ތެރެއިން ފަސް މީހަކުވަނީ ފަރުވާދީގެން ރަނގަޅުކޮށްފައެެވެ. ބާކީ ދެމީހުން ދަނީ ފަރުވާ ހޯދަމުންނެވެ. އެއްވެސް މީހަކު މަރުވެފައެއް ނުވެއެެވެ. ބޫޓާނުން ރިޕޯޓުކުރެވުނު ކޭސްތައް މަދުވީ އެޤައުމުން ދުރާލާ އެޅި ސަލާމަތާއި ރައްކާތެރުކަމުގެ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުންނެވެ. މި ފިޔަވަޅުތަކުގެ ސަބަބުން އެޤައުމުގެ މައި އިޤުތިޞާދީ ހަރަކާތްތަައް ހުއްޓި ބޮޑެތި ގެއްލުންތައް ދަނީ ލިބެމުންނެވެ. އެހެންނަމަވެސް އެޤައުމުގެ ސަރުކާރުގެ ޢާމާޒަކަށްވީ ޤައުމު ފުޑުނަސް ޤައުމުގެ ރައްޔިތުން ސަލާމަތް ކުރުމަށެވެ.

0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި