ކ. މާލެ
|
5 މެއި 2020 | އަންގާރަ 15:10
ބޭސް އިތުރަށް އުފެއްދުމުގެ ހުއްދަ ދީފައިވަނީ ޖިލީޑް ސައިންސަސް އިންކް ކިޔާ ކުންފުންޏަކަށް
އަލްއަރަބިއްޔާ
ކޮވިޑް-19އަށް ދެމުންދާ ފަރުވާތައް
އެބޯލާ ވައިރަސްއަށް ބޭނުންކުރި ބޭސް ކޮވިޑް-19ގެ ފަރުވާއަށް ބޭނުން ކުރުމަށް ހުއްދަދީފި
 
ބޭހުގެ އަގުބޮޑު މައްސަލަ ފެންމަތިވެފައިވޭ
 
ޕޭޝަންޓަކު ނަގާ 10 ދުވަހުގެ ފަރުވާއަށް 4500 ޑޮލަރު ބޭނުން ކުރަން ޖެހޭ

އެބޯލާ ވައިރަސްއަށް ބޭނުންކުރި ބޭސް ކޮވިޑް-19ގެ ފަރުވާއަށް ބޭނުން ކުރުމަށް ހުއްދަދީފިއެވެ.

މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާގޮތުގައި އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ ރެންޑިސިވިއާ ނަމަކަށް ކިޔާ މިބޭސް ކޮވިޑް-19ގެ ފަރުވާއަށް ބޭނުން ކުރުމަށްޓަކައި ޖިލީޑް ސައިންސަސް އިންކް ކިޔާ ކުންފުންޏަކަށް ބޭސް އިތުރަށް އުފެއްދުމުގެ ހުއްދަ ދީފައެވެ.

މިކުންފުންޏާ ޙަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި، މިބޭސް ބޭނުން ކޮށްގެން ކޮވިޑް-19ގެ ބަލި މީހަކު ނަގާ 10 ދުވަހުގެ ފަރުވާއަކަށް ހަތަރުހާސް ފައްސަތޭކަ ޑޮލަރު ބޭނުން ކުރަން ޖެހެއެވެ. އެހެންކަމުން އާދައިގެ ބަލިމީހަކަށް މިވަރުގެ ބޮޑު ހޭދައެއް ކުރުން އުދަނގޫ ވާނެތީ، ބޭސް މާ އަގުބޮޑު ކަމަށް ބުނެ ފާޑު ކިޔުންތައް ވަނީ އަމާޒުވެފައެވެ.

މިބޭސް ވިއްކާގެން ޖިލީޑް ސައިންސަސް އިންކްއަށް ގާތްގަނޑަކަށް ދެބިލިއަން ޑޮލަރުގެ ފައިދާއެއްވާނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ހަތަރުހާސް ފައްސަތޭކަ ޑޮލަރަކީ އިންސްޓިއުޓް ފޮރ ކްލިނިކަލް އެންޑް އިކޮނޮމިކް ރިވިއުއިން މިބޭސް ވިއްކުމަށް ކަނޑައަޅާފައިވާ އެންމެ މަތީ އަގެވެ. ނަމަވެސް ޖިލީޑް ސައިންސަސް އިންކް އިން މިބޭސް ވިއްކާނެ ސީދާ އަގެއް ހާމަކޮށްފައި ނުވެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޖިލީޑް ސައިންސަސް އިންކްއަކީ މީގެ ކުރިންވެސް މިފަދަ ބޭނުންތެރި ބޭސް އަގުބޮޑުކޮށް ވިއްކާކަމުގެ ރިކޯޑު އޮތް ކުންފުންޏެކެވެ. އެގޮތުން އެޗްއައިވީއަށް އުފެއްދި ބޭސް އެކުންފުނިން އަގުބޮޑުކޮށް ވިއްކިކަމަށް ރިޕޯޓުކޮށްފައިވެއެވެ.

އައިސީއީއާރުން ބުނާ ގޮތުގައި ޖިލީޑް ސައިންސަސް އިންކްއިން ހަމައެކަނި ފައިދާއަށް ނުވިސްނާ ބޭސް ވިއްކާނަމަ ދިހަ ދުވަހުގެ ފަރުވާގެ މިބޭސް ދިހަ ޑޮލަރަށް އެމީހުންނަށް ވިއްކޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
25%
13%
63%
0%
0%
ކޮމެންޓް
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި