ކ. މާލެ
|
5 މެއި 2020 | އަންގާރަ 15:02
ކޮވިޑް-19އާ ދެކޮޅަށް ސައުދީ ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން
އަލްއަރަބިއްޔާ
ކޮވިޑް-19އާ ދެކޮޅަށް ސައުދީން އަޅަމުންދާ ފިޔަވަޅުތ
ސައުދީގައި 100ށްވުރެ ގިނަ ސިއްހީ ޚިދުމަތް ދޭ ތަންތަން ބަންދުކޮށް ޖުރިމަނާ ކޮށްފި
 
ލައިސެންސް ބާތިލް ކުރަންޖެހިދާނެ ކަމުގެ އިންޒާރު ދީފައިވޭ
 
ބައެއް ފެސިލިޓީތައް ތިންލައްކަ ސައުދީ ރިޔާލުން ޖޫރިމަނާ ކޮށްފައިވޭ
 
55 މެޑިކަން ކޮންޕްލެކްސް ބަންދުކޮށްފައިވަނީ މޮނިޓަރ ކުރުމަށްފަހު

ސަޢުދީ ޢަރަބިއްޔާގައި 100ށްވުރެ ގިނަ ޞިއްޙީ ޚިދުމަތް ދޭ ތަންތަން ބަންދުކޮށް ޖުރިމަނާ ކޮށްފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ކޮވިޑް-19އާ ގުޅިގެން ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ހެލްތުން އަޅަން ބުނެފައިވާ ފިޔަވަޅުތައް ފުރިހަމަ ނުކޮށް ހިންގަމުންދިޔަ 100ށްވުރެ ގިނަ ޞިއްޙީ ޚިދުމަތްދޭ ތަންތަން އެޤައުމުގެ ސަރުކާރުން ބަންދުކޮށް ޖުރީމަނާ ކޮށްފައިވާ ކަމަށެވެ.

އެގޮތުން. 55 މެޑިކަން ކޮންޕްލެކްސް ބަންދުކޮށްފައިވަނީ ހެލްތު މިނިސްޓްރީގެ ޓީމަކުން އެތަންތަން ބަލާ މޮނިޓަރ ކުރުމަށްފަހުއެވެ. އަދި ބައެއް ފެސިލިޓީތައް ތިންލައްކަ ސައުދީ ރިޔާލުން ޖޫރިމަނާކޮށް ރަނގަޅު ކުރަން ބުނި ކަންކަން ރަނގަޅު ނުކުރާނަމަ، ބަންދު ކުރަން ޖެހޭނެކަން ވަނީ އަންގާފައެވެ.

މިގޮތަށް ޢަމަލު ނުކޮށްފިނަމަ ޚިދުމަތް ދިނުމުގެ ލައިސަންސް ބާޠިލު ކުރަންޖެހިދާނެކަމުގެ އިންޒާރު ހެލްތު މިނިސްޓްރީން ދީފައިވެއެވެ.

ކޮވިޑް-19އާ ގުޅިގެން ސަޢުދީ ޢަރަބިއްޔާގެ ހެލްތު މިނިސްޓްރީން ދަނީ ޤަވާއިދުތަކާ އެއްގޮތަށް ނުހިންގާ ތަންތަން ބަލާ ފިޔަވަޅު އެޅުމުގެ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ފާމަސީތަކާއި، ހޮސްޕިޓަލްތަކާ އަދި އެހެނިހެން ޞިއްޙީ ޚިދުމަތްދޭ ތަންތަން މިނިސްޓްރީގެ ޓީމުތަކުން ނުކުމެދަނީ ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
100%
0%
0%
ކޮމެންޓް