ކ. މާލެ
|
5 މެއި 2020 | އަންގާރަ 15:33
ފުރަންދުކޮށްފައިވާ އިންޑިއާގެ ވިޔަފާރި މަރުކަޒީރަށް \"މުމްބާއީ\"ގެ މަގުމަތި ފެންނަނީ ފަޅުކޮށް
ފުރަންދުކޮށްފައިވާ އިންޑިއާގެ ވިޔަފާރި މަރުކަޒީރަށް "މުމްބާއީ"ގެ މަގުމަތި ފެންނަނީ ފަޅުކޮށް
އެންޑީޓީވީ
ކޮވިޑް-19: އިންޑިއާގެ ޙާލަތު
އިންޑިއާގައި ކޮވިޑް-19ށް ޕޮޒިޓިވްވީ މީހުންގެ އަދަދު 46،000ށް އަރައިފި
 
އެންމެ ގިނަ ކޭސް ރިޕޯޓުކޮށް އެންމެ ނުރައްކާތެރި ފައްތަރެއްގައި އޮތީ މަހާރާޝްތުރާ ސްޓޭޓް
 
1،568 މީހުން މަރުވެފައިވާއިރު، ފަރުވާދީގެން 12،726 މީހުން ވަނީ ރަނގަޅުކޮށްފަ
 
ވައިރަސްއަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދުވަނީ 46،433ށް އަރާފަ

އިންޑިއާގައި ނޮވެލް ކޮރޯނާވައިރަސް(ކޮވިޑް-19) އަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދު 46,000ށްވުރެ މައްޗަށް އަރައިފިއެވެ.

އިންޑިއާގެ ޞިއްޙަތާބެހޭ ވުޒާރާއިން އަންގާރަ ދުވަހު ހެދުނު ޢާންމު ކުރި ކޮވިޑް-19 ގެ ޑޭޓާއަށް ބަލާއިރު، އެޤައުމުގައި ވައިރަސްއަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދުވަނީ 46،433ށް އަރާފައެވެ. ވައިރަސްގައި 1،568 މީހުން މަރުވެފައިވާއިރު، ފަރުވާދީގެން 12،726 މީހުން ވަނީ ރަނގަޅުކޮށްފައެވެ، މިހާރުވެސް 32،138 މީހުންނަށް ފަރުވާދެމުން އަންނަ ކަމަށްވެސް އިންޑިއާގެ ޞިއްޙަތާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

އިންޑިއާގައި ވައިރަސް ފެތުރެމުންދާޒާތައް ބަލާއިރު، އެންމެ ގިނަ ކޭސް ރިޕޯޓުކޮށް އެންމެ ނުރައްކާތެރި ފައްތަރެއްގައި އޮތީ މަހާރާޝްތުރާ ސްޓޭޓެވެ. އެ ސްޓޭޓުން 14،541 މީހުން ވައިރަސްއަށް ޕޮޒިޓިވްވެ،583 މީހުން ވަނީ މަރުވެފައެވެ. އަދި 2،465 މީހުން ވަނީ ރަނގަޅުކޮށްފައެވެ.

ދެވަނަޔަށް އެންމެ ގިނަ ކޭސް ރިކޯޑުކުރެވިފައިވަނީ ގުޖުރާތު ސްޓޭޓުންނެވެ. އެއީ 5،804 ކޭސްއެވެ. ތިންވަނަޔަށް އެންމެ ގިނަ ކޭސް ރިކޯޑުކުރެވިފައިވަނީ ވެރިރަށް ނިއު ދިއްލީންނެވެ. އެއީ 4،898 ކޭސްއެވެ. ނުރައްކާ މިންވަރަށް ވައިރަސް ފެތުރެމުން އަންނަ އެހެން ސްޓޭޓްތަކުގެ ތަފުޞީލަށް ބަލާއިރު މަދުޔާ ޕްރަދޭޝް (2،942 ކޭސް)، ރާޖެސްތާން (3،061 ކޭސް)، ޓެމިލްނާޑޫ (3،550 ކޭސް)، އުއްތަރު ޕްރްދޭޝް (2،766 ކޭސް) ހިމެނެއެވެ،

ކޮވިޑް-19 ޖެހިގެން އެންމެ ގިނަ ޢަދަދަކަށް މީހުން މަރުވެފައިވަނީވެސް މަހާރާޝްތުރާ ސްޓޭޓުންނެވެ. އެ ސްޓޭޓުން 583 މީހުން ވަނީ މަރުވެފައެވެ. ގިނަ މީހުން މަރުވި އެހެން ސްޓޭތްތަކައް ބަލާއިރު ގުޖުރާތު ސްޓްޓް (319)، މަދުޔަ ޕްރަދޭޝް (165)، ރާޖެސްތާން (77) އަދި ނިއުދިއްލީން (64) މީހުން މަރުވެފައިވެއެެވެ.

ދިވެހިން އެންމެ ގިނައިން ދަތުރުކޮށް އުޅޭ އިންޑިއާގެ ސްޓޭޓްތަކައް ބަލާއިރު ކަރްނާޓަކާ ސްޓޭޓުން 651 މީހުން ޕޮޒިޓިވްވެ 27 މީހުން ވަނީ މަރުވެފައެވެ. ކެރަަލާ ސްޓޭޓުގައި 500 މީހުން ޕޮޒިޓިވްވެ، 4 މީހުން ވަނީ މަރުވެފައެވެ. ޓެމިލް

0%
0%
0%
0%
0%
0%
ކޮމެންޓް