ލަޒާނިއާ އަކީ ދިވެހިންގެ މެދުގައި މަޤުބޫލު ކާއެއްޗެކެވެ. ބްރެޑް ލަޒާނިއާ ތައްޔާރުކުރާއިރު، ގޭގައި މީހުން ތިބޭ ޢަދަދަށް ބަލާފައި ބޭނުންވާ ތަކެތީގެ ޢަދަދު ގިނަކޮށްލެވިދާނެއެވެ.

ބޭނުންވާނެ ތަކެތި

  • 1 ކުޑަ ޕާން
  • 1 ބޮޑު ފިޔާ (ކުދިކޮށް ހިމުންކޮށް ކޮށާފައި)
  • 2 ދަޅު މަސް (ތެޔޮ)
  • 1 މޭޒުމަތީ ސަމުސާ ލޮނުމެދު (ގާނާފައި)
  • 10 ފޮތި ޗީޒް ސްލައިސް
  • 1 ސައިސަމުސާ މާޖަރިން
  • 1 ކެޕްސިކަމް (ކުދިކޮށް ކޮށާފައި)
  • 1 ގިތެޔޮ މިރުސް (ހިމުންކޮށް ކޮށާފައި)
  • ކުޑަ އެއް ސަމުސާ އަސޭމިރުސް
  • ލޮނު (ރަހަލާވަރަށް)
  • 2 ދަޅު ޓޮމާޓޯ ޕޭސްޓް
  • 1 ކުޑަ ސަމުސާ އޮރިގާނޯ
  • 1 ކުޑަ ސަމުސާ ލެމަންގްރާސް

ތައްޔާރުކުރާނެ ގޮތް

މަސްގަނޑު ތައްޔާރުކޮށްލުމަށް، ފިޔާ، ލޮނުމެދު، މިރުސް، އަޅައިގެން ހަނާކޮށްލާށެވެ. ފިޔާކޮޅު މޯޅިވުމުން އޭގެ ތެރެއަށް ކެޕްސިކަމް، މަސްދަޅު، ޓޮމާޓޯ ޕޭސްޓު، އަސޭމިރުސް، ލޮނު، ދެ ފޮތި ޗީޒް އަޅައިގެން ހަނާކޮށްލާށެވެ.

ދެން ޕާނުގެ ކައިރިފަށް ކަފާލުމަށްފަހު، ޓްރޭއެއްގެ ތެރޭގައި ޕާންފޮތިތައް އަތުރާލާށެވެ. ޕާން ފޮތި އަތުރާލުމުގެ ކުރިން ޓްރޭގައި މާޖިރީން ހާކާލާށެވެ. ދެން ފުރަތަމަ ލޭޔާރުގެ މައްޗަށް ތައްޔާރުކުރި މަސް ސޯސްގަނޑު އަޅާލުމަށްފަހު، ޗީޒް ފޮތި އަތުރާލާށެވެ. މިގޮތަށް ދެ ލޭޔަރަށް ރިޕީޓްކޮށްލާށެވެ. މިގޮތަށް ދެ ލޭޔަރު އަޅާލުމަށްފަހު އެންމެ ފަހު ލޭޔަރުގެ މައްޗަށް އޮރިގާނޯ، ލެމަންގްރާސް ބުރުވާލުމަށްފަހު، ޓޯމާޓޯ ފޮތިކޮށް ކޮށާފައި އަތުރާލާށެވެ. ދެން 30 މިނިޓު ވަންދެން އަވަނުގައި ފިހެލާށެވެ. އޭރުން ހުންނާނީ ބްރެޑް ލަޒާނިއާ ތައްޔާރުވެފައެވެ.

- ކޮމެންޓް