ކ. މާލެ
|
5 މެއި 2020 | އަންގާރަ 15:15
ފަލަޞްޠީނުގެ ޣައްޒާގެ ޢާއިލާއެއް ރޯދަ ވީއްލަނީ
ފަލަޞްޠީނުގެ ޣައްޒާގެ ޢާއިލާއެއް ރޯދަ ވީއްލަނީ
ޒިންހުއާ
ކޮވިޑް-19: ފަލަޞްޠީނުގެ ޙާލަތު
ފަލަޞްޠީނުގައި ކުއްލި ޙާލަތުގެ މުއްދަތު އިތުރުކޮށްފި
 
ކުއްލި ޙާލަތުގެ ޢަމުރުގެ ދަށުން ޖަމާޢަތުގައި ނަމާދުކުރުމާއި، ތަރާވީސްކުރުން މަނާކޮށް މިސްކިތްތައް ވަނީ ބަންދުކޮށްފަ
 
ފަލަޞްޠީނުގައި 532 މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެ، 2 މީހުން މަރުވި
 
ކުއްލި ޙާލަތުގެ ޢަމުރު ދިގުދަންމާލީ ޖޫންމަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް

ކޮވިޑް-19 އާއި ގުޅިގެން ސަލާމަތާއި ރައްކާތެރިކަމެއްގެ ފިޔަވަޅެއްގެ ގޮތުން އިޢުލާނުކޮށްފައިވާ ކުއްލި ޙާލަތުގެ އަމުރުގެ މުއްދަތު އިތުރުކޮށްފިއެވެ.

ފަލަޞްޠީނުގެ ރައީސް މަޙްމޫދު އައްބާސް ކުއްލި ޙާލަތު ޢަމުރު އިތުރުކޮށްފައިވަނީ ބޮޑު ވަޒީރު މުޙައްމަދު އިޝްތިއްޔާގެ އިރުޝާދުގެ މަތިންނެވެ.

ފަލަޞްޠީނުގައި ކޮވިޑް-19ގެ ނުރައްކާ ބޮޑުވުމާއި ގުޅިގެން ވައިރަސް ފެތުރުން ހުއްޓުވުމަށް ކުރި މަސައްކަތުގެ ދަށުން އެންމެ ފުަރަތަމަ ކުއްލި ޙާލަތުގެ ޢަމުރު އިޢުލާނުކުރީ މަރޗްމަހުގެ ފަސްވަނަ ދުވަހުއެވެ. މިފަހަރު ކުއްލި ޙާލަތުގެ ޢަމުރު ދިގުދަންމާލީ ޖޫންމަހުގެ 5 ވަނަ ދުވަހުއެވެ. ކުއްލި ޙާލަތުގެ ޢަމުރުގެ ދަށުން މީހުން މަގުމައްޗަށް ނިކުތުމާއި، ޖަމާޢަތުގައި ނަމާދުކުރުމާއި، ތަރާވީސްކުރުން މަނާކޮށް މިސްކިތްތައް ވަނީ ބަންދުކޮށްފައެވެ.

ފަލަޞްޠީނުގައި 532 މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާއިިރު، ދެ މީހުން ވަނީ މަރުވެފައެވެ. 102 މީހުން ފަރުވާދީގެން ރަނގަޅު ކޮށްފައިވާއިރު، އަދިވެސް އިތުރު 258 މީހުންނަށް ދަނީ ފަރުވާދެމުންނެވެ.

ފަލަޞްޠީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގައި މި ރަމަޟާންމަހު މުސްލިމުން ދިރިއުޅެމުންދަނީ ވަރަށް ދަތި ޙާލުގައެވެ. އެއީ ގައްޒާގެ ގިނަ ބައެއްގެ ދިރިއުޅުން ބިނާވެފައިވަނީ ރަމަޟާންމަހު މިސްކިތްތަކުން ލިބޭ ޞަދަޤާތުގެ މައްޗަށް ވެފައި، އަދި ރޯދަވީއްލުމަށް މިސްކިތްތަކުގައްޔާއި، ޖަމްޢިއްޔާ ޖަމާޢަތްތަކުން ބާއްވަމުން އަންނަ ރޯދަ ވީއްލުންތައް މިފަހަރު ނުބާއްވާތީއެވެ. މިކަންކަން ހުއްޓާލާފައިވަނީ ފަލަޞްޠީނު ސަރުކާރުން ޢަމަލުކުރަމުންދާ ޖިސްމާނީ އަދި ނަފުސާނީ ގައިދުރުކަން ތަންފިޒުކުރުމުގެ ގޮތުންނެވެ.

0%
0%
100%
0%
0%
0%
ކޮމެންޓް