މި ދުވަސްވަރަކީ ގޭގައި ތިބެ މަދު ތަކެތި ބޭނުންކޮށްގެން ތަފާތު އެކިވައްތަރުގެ ކާތަކެތި ތަޖުރިބާ ކޮށްލެވިދާނެ ދުވަސްވަރެކެވެ.

ބޭނުންވާ ތަކެތި

  • 1 ޕެކެޓް އޯރިއޯ ބިސްކޯދު
  • ފްރެޝް މިލްކު
  • 250ގ ސްވީޓް ޗޮކޮލެޓް
  • 2 މޭޒުމަތި ސަމުސާ ބަޓަރު
  • ޕީނަޓް

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ އޯރިއޯތައް ޕެކްޓްގައި ބަހައްޓައިގެން ފުނޑުކޮށްލާށެވެ. ދެން ބިސްކޯދު ޕެކެޓްގެ މަތި ރީތިކޮށް ކަތުރުން ކަފާލާށެވެ. އެއަށްފަހު ފެންބޯތައްޓެއްގައި ބަހައްޓައިގެން އޯރިއޯ ޕެކްޓް ތެރެއަށް ކިރު އަޅާލާށެވެ. ދެން އޭގެ ހިފޭގޮތަށް އިލޮށިކޮޅެއް ނުވަތަ ހިފޭ ކޮންމެވެސް އެއްޗެއް ޖަހާލާށެވެ. އެއަށްފަހު ފްރިޖަށްލާ ގަނޑުކޮށްލާށެވެ. އެއަށްފަހު، ޗޮކްލެޓް، ބަޓަރު އަޅައިގެން ދިޔާކޮށްލާށެއެވެ.

ދެން ފެންބޯތައްޓެއްގެ ތެރެއަށް ޗޮކްލެޓް އަޅާލުމަށްފު، އޭގެ ތެރެއަށް ޕީނަޓް އަޅާ މިކްސް ކޮށްލާށެވެ. ދެން ކުރިން ފިނިކުރި އޯރިއޯ ނަގާ ޕެކެޓް ކަފާލާށެވެ. އެއަށްފަހު ދެން ޕީނަޓް އަޅާ މިކްސްކުރި ޗޮކްލެޓްތެރެއަށް އޯރިއޯ ލުމަށްފަހު އަނެއްކާވެސް ފިނިކޮށްލާށެވެ. މިހާރު މިހިރީ މެގްނަމް ތައްޔާރުވެފައެވެ.

- ކޮމެންޓް