ކ. މާލެ
|
5 މެއި 2020 | އަންގާރަ 16:49
ސްވިޓްޒަރލޭންޑުގައި ހުންނަ ނެސްލޭގެ މައި މަރުކަަޒު
ސްވިޓްޒަރލޭންޑުގައި ހުންނަ ނެސްލޭގެ މައި މަރުކަަޒު
ޒިންހުއާ
ނެސްލޭ ކުންފުނިން އެފްރިކާ ބައްރަށް އެހީވަނީ
ކޮވިޑް-19އާއި ދެކޮޅަށް އެފްރިކާގެ ޤައުމުތަކުން ކުރަމުންދާ ހަނގުރާމައަށް ނެސްލޭ ކުންފުނިން 3.4 މިލިއަން ޑޮލަރުގެ އެހީއެއް
 
ބުރްކީނާ ފާސޯގެ އިންޓެންސިވް ކެއަރ ޔުނިޓަށް 3 ވެންޓިލޭތަރ ހަދިޔާ ކުުރުމަށްވެސް ނެސްލޭ ކުންފުނިން ވަނީ ނިންމާފަ
 
ކުރީ ސަފުގައި ޙަރަކާތްތެރިވާ ޞިއްޙީ ޚިދުމަތްތެރިންނަށް މާސްކައި ރައްކާތެރިކަމުގެ އެހެނިހެން އާލާތްތައް ހަދިޔާކުރާނެ
 
ނާޒުކު ޙާލަތްތަކުގައި ދިރިއުޅުން މަޖުބޫރުވެފައިވާ 850،000ށްވުރެ ގިނަ މީހުންނަށް އެހީތެރިވާނެ

ކާބޯތަކެތީގެ ގިނަ ބާވަތްތައް އުފައްދާ ދުނިޔޭގެ މައި ކުންފުންނެއް ކަމަށްވާ "ނެސްލޭ" އިން އެފްރިކާ ބައްރުގެ ޤައުމުތަކަށް 3.4 މިލިއަން ޑޮަލަރުގެ އެހީއެއް ވެދޭނެކަން އިޢުލާނުކޮށްފިއެވެ.

މިކަން ހާމަަކޮށް އެކުންފުނިން ހޯމަ ދުވަހު ޢާންމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ އެފްރިކާ ބައްރުގެ ހުޅަނގާއި މެދުތެރޭގެ ޤައުމުތަކުގައި ކޮވިޑް-19 ފެތުރި ނާޒުކު ޙާލަތްތަކުގައި ދިރިއުޅުން މަޖުބޫރުވެފައިވާ 850،000ށްވުރެ ގިނަ މީހުން އެބަތިބި ކަމަށާއ، އެޤައުމުތަކުން ވައިރަސްއާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް 3.4 މިލިއަން ޑޮލަރުގެ އެހީއެއްވުމަށް ކުންފުނީގެ އެގްޒެކެޓިވް ބޯޑުން ނިންމާފައިވާކަމަށެވެ.

ނެސްލޭގެ މެދުތެެރެއާއި ހުޅަނގު އެފްރިކާގެ، އެކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ރެމީ އެހެލް ވިދާޅުވީ ކޮވިޑް-19 އާއި ދެކޮޅަށް އެޤައުމުން ކުރަން ޖެހިފައިވަނީ ގޮންޖެހުން ބޮޑު ހަނގުރާމައެއް ކަމަށާއި، އެހަނގުރާމައިގައި ނެސްލޭ ކުންފުނިން އެހީވާން ބޭނުންކަމަށެވެ. ވަކިން ޚާއްޞަކޮށް ވައިރަސްއާއި ގުލީގެން ޙާލުގައި ޖެހި ނިކަމެތި ދުވަސްތަކެއް ތަޙައްމަލުކުރަމުންދާ ޢައިލާތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަމުންދާ މަސައްކަތުގައި އެހީތެރިވާން އެކުންފުނިން ބޭނުންވާކަމަށެވެ.

އެހީގެ ތަފުޞީލު ބަޔާންކުރައްވާ ރެމީ އެހެލް ވިދާޅުވީ، އެންގޯލާ، ބުރްކީނާ ފާސޯ، ކެމަރޫން، ގެބަން، މާލީ، ނައިޖަރ އަދި ނައިޖީރިއާގައި ޙާލުގައި ޖެހި، ބަނޑުހައިހޫނުކަމާއި ހަނގުރާމަކުރަމުންދާ 170،000ޢާއިލާއަކަށް ހަޑިގަނޑަށް ފައިދާހުރި ބުއިމާއި ކާނާގެ ބާވަތްތައް އެކުންފުނިން ހަދިޔާކުރަން ނިންމާފައިވާކަމަށެވެ. އެއީ ގާތްގަނޑަކަށް 850،000 މީހުންކަމަށް އޭނާ ވިދާޅުވިއެެވެ.

އަދި މިޤައުމުތަކުގައި، ކޮވިޑް-19އަށް ފަރުވާދިނުމަށް ކުރީ ސަފުގައި ޙަރަކާތްތެރިވާ ޞިއްޙީ ޚިދުމަތްތެރިންނަށް މާސްކައި ރައްކާތެރިކަމުގެ އެހެނިހެން އާލާތްތައް ހަދިޔާކުރާނެކަމަށެވެ. މީގެއިތުރަށް، މީގެއިތުރުން ބުރްކީނާ ފާސޯއާއި ގާނާ އަދި ސެނެގާލްގައި ހޮސްޕިޓަލްތަކަށް ޞިއްޙީ އާލާތްތައްވެސް ހަދިޔާކުރުމަށް ނިންމާފައިވާކަމަށް ރެމީ ވިދާޅުވިއެވެ. އަދި ބުރްކީނާ ފާސޯގެ އިންޓެންސިވް ކެއަރ ޔުނިޓަށް 3 ވެންޓިލޭތަރ ހަދިޔާ ކުުރުމަށްވެސް ނެސްލޭ ކުންފުނިން ވަނީ ނިންމާފައެވެ.

ނެސްލޭ ކުންފުނީގެ އެހީ އެޤައުމުތަކަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އިންޓަރނޭޝަނަލް ފެޑަރޭޝަން އޮފް ރެޑް ކްރޮސްއާއި ރެޑް ކްރެސެންޓް ސޮސައިޓީސް މެދުވެރިކޮށްނެވެ.

0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި