ކ. މާލެ
|
5 މެއި 2020 | އަންގާރަ 16:06
އދ ގެ ޞުލްޙަބަލަހައްޓާ ފައުޖުގެ އޮފިސަރަކު \"ބްލޫ ލައިން\" ގައި ޕެޓްރޯލް ކުރަނީ
އދ ގެ ޞުލްޙަބަލަހައްޓާ ފައުޖުގެ އޮފިސަރަކު "ބްލޫ ލައިން" ގައި ޕެޓްރޯލް ކުރަނީ
ޒިންހުއާ
ލުބްނާން-އިސްރާއީލު ބޯޑަރ ހަމަނުޖެހުން
ލުބްނާން-އިސްރާއީލު ގުޅޭ ބޯޑަރުގަ ހިނގައިދިޔަ ހަމަނުޖެހުން އދ އިން ކުށްވެރިކޮށްފި
 
އދ ގެ ސަލާމަތީ މަޖިލީހުގެ ބަޔާން ވަނީ ހޯމަ ދުވަހު ބޭއްވި އެމަޖިލީހުގެ ބައްދަލުވުމުގައި އިއްވާފަ
 
ޞަރަހައްދުގެ ޞުލްޙަ މަސަލަސްކަން ގެއްލޭ ފަދަ ޢަމަލުތަކުން ދުރުހެލިވުމަށް އދ އިން ގޮވާލާ
 
ޙަމަލާ ބަދަލުކުރުން ހުއްޓާލާ އެއްބަސްވުމާއި ޚިލާފު ނުވުމަށް އދ އިން ގޮވާލާ

ލުބްނާނާއި އިސްރާއީލު ގުޅޭ ޞަރަޙައްދީން ކައިރީގައި ދާދިފަހުން ހިނގައިދިޔަ ހަމަނުޖެހުންތައް ކުށްވެރިކޮށް އދ އިން އެކަމާއި ކަންބޮޑުވާކަން ފާޅުކޮށްފިއެވެ.

މިކަން ހާމަކޮށް އދ ގެ ސަލާމަތީ މަޖިލީހުން ޢާންމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ ދެޤައުމު ގުޅޭ ޞަރަޙައްދީ އިމުގައި ހިނގަމުންދާ ކަންކަން ލުބްނާނުގައި ޙަރަކާތްތެރިވަމުންދާ އދ ގެ ފައުޖުތަކުން ވަރަށް ގާތުން ބަލަމުންދާކަމަށެވެ. ވަކިން ޚާއްޞަކޮށް ދެޤައުުމު ގުޅޭ ޞަރަައްދީ އިމުގައި އދ އިން ކަނޑައަޅާފައިވާ "ބްލޫ ލައިން" ގައި ދާދިފަހުން ހިނގައިދިޔަ ހަމަނުޖެހުމަކީ އދ ގެ ސަލާމަތީ މަޖިލީހުގެ 1701 ވަނަ ޤަރާރާއި ޚިލާފަށް އެއްގަމާއި ވައިގެ މަގުން ބަދަލުކުރި ޙަމަލާތަކެއް ކަމަށެވެ. އަދި ޤާރާރާ ޚިލާފުވެ ބަދަލުކުރި މިޙަމަލާތައް ކުށްވެރިކުރާކަމަށެވެ.

"ބްލޫ ލައިން" އަކީ 2000 ވަނަ އަހަރުގެ އޯގަސްޓްމަހު އިސްރާއީލާއި ލުބްނާނުގެ ޙިޒްބުﷲ ޖަމާޢަތާއި ދެމެދު އެއްބަސްވެ އދ މެދުވެރިވެ ދެޤައުމުގެ ގުޅޭ ޞަރަޙައްދީ އިން ވަކިކުރަން ޤާއިމުކޮށްފައިވާ ހުރަހެކެވެ. އެއަށްފަހު އދ ގެ ޞުލްޙަ ބަލަހައްޓާ ފައުޖުންތަކުން ދަނީ މި ޞަރަޙަދުގައި ފޯރިމަރަމުންނެވެ.

ބްލޫ ލައިންގައި ހިނގައިދިޔަ ހަމަނުޖެހުންތަކާއި މެދު ކަންބޮޑުވުން ފާޅުކޮށް، އެކަން ކުށްވެރިކޮށް އދ ސަލާމަތީ މަޖިލީހުން ޢާންމުކުރި ބަޔާނުގައިވަނީ ޞަރަޙައްދީ އިމުގައި ހަމަނުޖެހުން ނަގާލާ އެންމެހައި ކަންކަން ހުއްޓާލުމަށް ގޮވާލާފައެވެ. އަދި ދެޤައުމާއި ޞަރަޙައްދުގެ ޞުލްޙަަ މަސަލަސްކަން ގެއްލޭގޮތައް ނުވަތަ ބުރުއަރާފަދަ ޢަމަލުތަކުން ދުރުހެލިވުމަށް ބަޔާނުގައި ގޮވާލާފައިވެއެވެ. އަދި ޞަރަޙައްދުގެ ހަމަޖެހުމަށް ހުރިހައި ފަރާތްތަކުންވެސް ހިކުމަތްތެރިކަމާއެކު މަސައްކަތްކުރުމަށް ގޮވާލާފައިވެއެެވެ.

އދ މެދުވެރިވެ އެކުލަވާލާފައިވާ ޙަމަލާ ބަދަލުކުރުން ހުއްޓާލާ އެއްބަސްވުން ތަންފީޒުކުރުމަށް އިސްރާއީލާއި ލުބްނާނުގެ އަސްކަރީ ބާރުތަކައްވެސް އދ އިން ވަނީ ގޮވާލާފައެވެ. ވަކިން ޚާއްޞަކޮށް ދެޤައުމު ގުޅޭ ޞަރަޙައްދީ އިމުގައި ޙަރަކާތްތެރިވާ އދ ގެ ޞުލްޙަ ބަލަހައްޓާ ފައުޖުތަކައް ދޭ ޙަމަލާތައް ކުށްވެރިކޮށް އެކަން ތަކުރާރު ނުކުރުމަށް ވަނީ ގޮވާލާފައެވެ.

އދ ގެ ސަލާމަތީ މަޖިލީހުގެ ބަޔާން ވަނީ ހޯމަ ދުވަހު ބޭއްވި އެމަޖިލީހުގެ ބައްދަލުވުމުގައި އިއްވާފައެެވެ. މި ބައްދަލުވުމުގައި އދ އިން ލުބްނާނަށް ކަނޑައަޅާފައި ހުންނަވާ ޚާއްޞަ ކޯޑިނޭޓަރ ހާން ކޫބިސްއާއި އދ ގެ ޞުލްޙައިގެ ކަންކަން ބަލަހައްޓާ އިސް ފަރާތްކަމުގައިވާ ޝޯން-ޕީރް ލެކްރޮއިކްސް ބައިވެރިވަޑައިގެން ލުބްނާނާއި އިސްރާއީލު ގުޅޭ ޞަރަޙައްދީ އިމުގެ ކަންކަން ވަރަށް ތަފުޞީލުކޮށް ސަލާމަތީ މަޖިލީހުގެ މެންބަރުންނާއި ހިއްސާކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި