ކ. މާލެ
|
5 މެއި 2020 | އަންގާރަ 11:24
ކާފިއުގެ އަމުރު ހިންގާފައިވާ މަގުތައް ބަންދުކޮށް ސިފައިން ދަނީ ހަތިޔާރާއެކު ފޯރި މަރަމުން
ކާފިއުގެ އަމުރު ހިންގާފައިވާ މަގުތައް ބަންދުކޮށް ސިފައިން ދަނީ ހަތިޔާރާއެކު ފޯރި މަރަމުން
ކޮވިޑް-19: ސްރީލަންކާގެ ޙާލަތު
ކާފިއުގެ އަމުރާ ޚިލާފުވެގެން ސްރީލަންކާގަ ސާޅީސް ހާހަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފި
 
ނުރައްކާ ބޮޑު ބައެއް ޞަރަހައްދުތަކުގައި އަދިވެސް ދަނީ 24ގަޑީއިރުގެ ކާފިއު ހިންގަމުން
 
12،000 އެއްގަމު އުޅަނދެއްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ
 
ކާފިއުގެ އަމުރާއި ޚިލާފުވެގެން 46،284 މީހުން ހައްޔަރުކޮށްފައިވޭ

ކޮވިޑް-19ގެ ޚާއްޞަ ޙާލަތާއި ގުޅިގެން ސްރީލަންކާ ސަރުކާރުން އިޢުލާނުކޮށްފައިވާ ކާފިއުގެ އަމުރާއި ޚިލާފުވެގެން މިހާތަނަށް ސާޅީސްހާހަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފިއެވެ.

ސްރީލަންކާގެ ފުލުހުންގެ އިދާރާއިން ޢާންމުކުރި ބަޔާނެއްގައި ވަނި މިހާރު ތަންފީޒުކުރަމުންދާ ކާފިއުގެ އަމުރާއި ޚިލާފުވެގެން އާދީއްތަދުވަހާއި ހަމަޔަށް 46،284 މީހުން ހައްޔަރުކޮށްފައިވާކަމަށެވެ. މަރޗްމަހުގެ 20 ވަނަ ދުވަހުން ފެށިގެން އެޤައުމުގެ ގިނަ ޞަރަޙައްދުތަކުގައި ކާފިއުގެ އަމުރު އިޢުލާނުކޮށްފައިވާއިރު، އޭގެ ދަށުން ޢާންމު ފަރުދުން ޢަމަލުކުރަން ޖެހޭ ގިނަ ކަންތައްތަކެއް ވެއެވެ.

ފުލުހުންގެ ބަޔާނުގައި ބުނާގޮތުންނަމަ، ގިނަ މީހުން ހައްޔަރުކޮށްފައިވަނީ އިޖްތިމާޢީ ޙަރަކާތްތައް ހިންގައިގެންނާއި، އެއްވެސް ބޭނުމަކާއި ނުލާ މަގުމައްޗަށް ނިކުތުމާއި، އެއްގަމު އުޅަނދު ދުއްވުމާއި، ރެސްޓޯރެންޓް ހުޅުިވައިގެން ހުއްދަނެތި ޚިދުމަތް ދިނުމާއި، ވިޔަފާރިކުރަން ހުއްދަ ދޭވަގުތުތަކުގައި އާންމު އިޖްތިމާޢީ މިންގަޑާއި ޚިލާފުވުމުގެ ސަބަބުންނެވެ. ހައްޔަރުކުރެވުނު މީހުންނާއި، ފުލުހުންގެ ބެލުމުގެ ދަށާށް ގެނައި 12،000 އެއްގަމު އުޅަނދުގެ ވެރިންގެ މައްސަލަ ކޯޓާއި ހިސާބަށް ގެންދާނެކަމަށް ސްރީލަންކާ ފުލުހުން ވަނީ ބުނެފައެވެ.

ކޮވިޑް-19 ގެ ފުރުޞަތު ކުޑަ ސިޓީތަކުގައި މިހާރު ވަނީ ކަފިއު އުވާލާފައެވެ. އެހެންނަމަވެސް ނުރައްކާ ބޮޑު ބައެއް ޞަރަހައްދުތަކުގައި އަދިވެސް ދަނީ 24ގަޑީއިރުގެ ކާފިއު ހިންގަމުންނެވެ. މީގެތެރޭގައި ވެރިރަށް ކޮލޮމްބޯއާޢި، ގަމްޕަހާ އަދި ކަލުތަރައިގެ ބައެއް ސިޓީތަކާއި ކޭންޑީގެ މެދުތެރޭ ބައެއް އަވަށްތައް ހިމެނެއެވެ.

ސްރީލަންކާގައި 700ށްވުރެ ގިނަމީހުންނަށް ކޮވިޑް-19 ޖެހިފައިވާްއިރު، 194 މީހުން ވަނީ ރަނގަޅުވެފައެވެ. 8 މީހުން މަރުވެފައިވާއިރު މިހާރުވެސް 500ށްވުރެ ގިނަ މީހުންނަށް ދަނީ ފަރުވާދެމުންނެވެ. އަދި އެތައްހާސް މީހުންނެއް ކަރަންޓީން މަރުކަޒުތަކާއި، ގޭގައި ކަރަންޓީންކޮށްގެން ޞިއްޙީ ޚިދުމަތްތެރިން ދަނީ މޮނިޓަރ ކުރަމުންނެވެ.

ސްރީލަންކާގައި މިހާރު ވައިރަސްގެ ނުރައްކާ އެންމެ ބޮޑީ އެޤައުމުގެ ކަނޑުގެ އަސްކަރިއްޔާގެ ތެރޭގައެވެ. އެއީ އެޤައުމުގެ އެންމެ ބޮޑު ކްލަސްޓަރވެސް މެއެވެ. ވައިރަސްޖެހިފައިވަނިކޮށް އެކަން ނޭގި ބައެއް އޮފިސަރުން ޗުއްޓީއަށް ދިއުމާއެކު އެމީހުންގެ ފުށުން ގިނަ ބަޔަކަށް ޖެހޭނަކަމަށް ސްރީލަންކާގެ ޞިއްޙަތާބެހޭ އިސް މަސްއޫލުވެރިން ވިދާޅުވެއެވެ. އެހެންކަމުން އެމީހުންނާއި އެކި ޙައްޞިއްޔަތުތަކުން ދިމާވި މީހުން ހޯދުމަށް މިހާރުވަނީ ސަރވައިލެންސް ޕްރޮގުރާމެއް ފަށާފައެވެ. ކޮވިޑް-19އަށް ޕޮޒޮޓިވްވި އޮފިސަރުންނަށް ފަރުވާ ދެމުންދަނީ ކަނޑުގެ އަސްކަރިއްޔާގެ މައި މަރުކަޒުގައި ހުންނަ ހޮސްޕިޓަލުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި