ކ. މާލެ
|
5 މެއި 2020 | އަންގާރަ 07:54
ޖަރުމަނުގެ މަގެއްގެ މަތި ލޭބަރ ޑޭގައި
ޖަރުމަނުގެ މަގެއްގެ މަތި ލޭބަރ ޑޭގައި
ރޮއިޓަރސް
ކޮވިޑް-19 ޖަރުމަނުގެ ހާލަތު
ޖަރުމަނުގައި ހުރިހާ ފިހާރަތަކެއް ހުޅުވާ ފުޓްބޯޅަ މެޗްތައް ފެށުމުގެ ހުއްދަދޭން ނިންމަނީ
 
މެއި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ޖަރުމަނު ބުންޑަސްލީގާ ގެ މެޗްތައް އަލުން ފަށާނެ
 
ސްޓޭޓް ޕްރިމިއަރސް އިން އެތަންތާންގައި ހުރި ބޮޑެތި ފިހާރަތައްވެސް މެއި މަހުގެ 11 ވަނަ ދުވަހު ހުޅުވުމަށް އާނ ބަސް ބުނާނެކަމަށް ރޮއިޓަރސް އިން ބުނޭ

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ޖަރުމަނުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށް ޖަރުމަނުގެ ސްޓޭޓް ޕްރިމިއަރަސް އާއެކު އެގައުމުގެ ޗާންސެލަރ އެންޖެލާ މާރކެލް ބުދަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޓެލެކޮންފަރެންސްގައި ނިންމަވާނެކަމަށް ރޮއިޓަރސް އިން ބުނެފި އެވެ.

ރޮއިޓަރސްއިން ބުނެފައިވަނީ ލުއިތައް ދިނުމާއި ގުޅޭގޮތުން ވަމުންދާ ތައްޔާރީތަކުގެ މަޢުލޫމާތު އެނގޭ ދެ މީހަކު އެކަން ޔަޤީންކޮށްދޭ ކަމަށެވެ. ސްޓޭޓް ޕްރިމިއަރސް އިން އެތަންތާނގައި ހުރި ބޮޑެތި ފިހާރަތައްވެސް މެއި މަހުގެ 11 ވަނަ ދުވަހު ހުޅުވުމަށް އާނ ބަސް ބުނާނެކަމަށް ރޮއިޓަރސް އިން ބުނެއެވެ. ޔޫރަޕްގެ އެންމެ ބޮޑު އިޤުތިޞާދު އޮންނަ ޖަރމަނުގައި މިހާރުވެސް ކުދި ފިހާރަތައް ހުރީ ހުޅުވާފ އެވެ. އިޖުތިމާޢީ ގައިދުރުކަމާއެކު ޖަރމަނުގައި އަންނަނީ ޢާންމު ޙާލަތަށް ރުޖޫޢަވުމަށް މަސައްކަތްކުރަމުންނެވެ.

މީގެއިތުރުން މެއި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ޖަރުމަނު ބުންޑަސްލީގާ ގެ މެޗްތައް އަލުން ފަށާނެކަމަށް ރޮއިޓަރސް އިން ބުނެއެވެ. ނަމަވެސް އެއީ ސްޓޭޑިއަމްތަކަށް މީހުން ނުވައްދާ ހަމައެކަނި މެޗްތައް ކުޅޭ ގޮތަށެވެ. މީގެ އިތުރުން ސްޓޭޓް ޕްރިމިއަރސް އިން އެތަންތަނުގައި ބޭރުގައި ކުޅޭ ކުޅިވަރުތަކާއި ކުޑަކުދިންނަށް ބޭރަށް ނިކުމެ ކުޅެން އުޅުމުގެ ފުރުޞަތު ދޭނެކަމަށް ރޮއިޓަރސް އިން ބުނެއެވެ.

ޖަރމަނުގެ ސަރުކާރުން ސްކޫލްތަކުގައި އެކި ގްރޭޑްތަކަށް ކިޔަވައިދެން ފަށާނެކަމަށާއި، ނަމަވެސް ކުދިން ސްކޫލަށް އަންނާނީ ކޮންމެ ދުވަހަކު އަންނަން ނުޖެހޭ ގޮތަށް ޝިފްޓު އުޞޫލުން ކަމަށް ރޮއިޓަރސް އިން ބުނެއެވެ. މީގެއިތުރުން ކުދިން ބަލަހައްޓާ ތަންތަންވެސް މަޑުމަޑުން ހުޅުވަން ފަށާނެކަމަށް ރޮއިޓަރސް އިން ވަނީ ރިޕޯޓްކޮށްފަ އެވެ. ޖަރުމަނުން ވަނީ މިޔުޒިޔަމް ތަކާއި، ސެލޫންތައްވެސް ހޯމަ ދުވަހު ހުޅުވާލާފަ އެވެ. ނަމަވެސް އެއީ ވަރަށް ވަރުގަދަ ފިޔަވަޅުތަކާއެކު އެވެ. އަދި ކާރު ފެކްޓްރީތައްވެސް އަލުން ވަނީ ހުޅުވާލާފަ އެވެ.

ކޮވިޑް-19 އިން ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ޖަރުމަނުގައި ކޮންމެހެން ހުޅުވަންޖެހޭ ތަނެއްނޫނީ ނުހުޅުވުމަށް ނިންމާފައިވާތާ މަހަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. އެއާއެކު އެޤައުމުގެ ސިޔާސީ ފަރާތްތަކުގެ މެދުގައި މިކަންކަމަށް ލުއިދޭނެ މިންވަރާމެދު ދަނީ ބަހުޘްތައް ކުރެވެމުންނެވެ. މި ބަހުޘްތައް ކުރަން ފަށާފައިވަނީ ބޮޑެތި ވިޔަފާރިވެރިންނާއި އަދި ބައެއް ޞަރަޙައްދުތައް ހުޅުވާލުމަށް މައި ސަރުކާރަށް އަންނަ ޕްރެޝަރ ތަކާހެދިއެވެ. އެހެންނަމަވެސް ޖަރުމަނުގެ ޗާންސެލަރ ވަނީ އަވަހަށް ލުއި ތަކެއް ދީފިނަމަ ވައިރަސްގެ ދެވަނަ ބުރެ އަތުވެދާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

ޔޫރަޕުގެ ބޮޑެތި އެހެން ޤައުމުތަކާއި ޚިލާފަށް ޖަރުމަނުން ވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާ ކޮންޓްރޯލްކުރުމުގައި ކާމިޔާބީތަކެއް ހޯދާފާއެވެ. ޖަރުމަނުގައި 166,152 މީހުންނަށް ވައިރަސް ޖެހިފައިވާއިރު މަރުވެފައިވަނީ 6,993 މީހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް