ކ. މާލެ
|
5 މެއި 2020 | އަންގާރަ 05:37
ކޮވިޑް-19 ޖެހިފައިވާ މީހަކަށް ފަރުވާދެނީ
ކޮވިޑް-19 ޖެހިފައިވާ މީހަކަށް ފަރުވާދެނީ
ބިޒްނަސް އިންސައިޑަރ
ކޮވިޑް-19، ދުނިޔޭގެ ހާލަތު
ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 250،000ށް ވުރެ މައްޗަށް!
 
މި ބަލި ޖެހުނު މީހުންގެ އަދަދު 3,641,692 އަށް އަރާ
 
ކޮވިޑް-19 ޖެހިގެން 251,960 މީހުން މަރުވެފައިވޭ
 
ރަނގަޅުވި މީހުންގެ އަދަދަކީ 1,193,206

ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ދެ ލައްކައަކަށް ވުރެ އިތުރުވެއްޖެ އެވެ.

ހޯމަ ދުވަހުގެ ނިޔަލަށް ކޮވިޑް-19 ޖެހިގެން 251,960 މީހުން މަރުވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. މި ބަލި ޖެހުނު މީހުންގެ އަދަދު 3,641,692 އަށް އަރާއިރު، ރަނގަޅުވި މީހުންގެ އަދަދަކީ 1,193,206 އެވެ.

މި ބަލި ދުނިޔޭގެ 217 ސަރަހައްދަކުން ފެނިފައިވާއިރު މިހާތަނަށް މި ބަލީގެ އެންމެ ގިނަ ކޭސް ފެނިފައިވަނީ އެމެެރިކާއިންނެވެ. އެމެރިކާގައި 1,212,326 މީހުންނަށް މި ބަލި ޖެހިފައިވާއިރު 69,722 މީހުން ބަލީގައި މަރުވެފައި ވެއެވެ. އަދި މި ބަލި ޖެހުނު 187,283 މީހުން ވަނީ ބަލިން ފަސޭހަވެފަ އެވެ.

ދެވަނައަށް ކޮވިޑް-19 ގެ އެންމެ ގިނަ ކޭސް ރިޕޯޓުކޮށްފައިވަނީ ސްޕެއިން އިންނެވެ. އެގޮތުން ސްޕެއިންގެ 248,301 މީހަކަށް މި ބަލި ޖެހުނުއިރު މި ބަލީގައި 25,428 މީހުން މަރުވެފައިވެ އެވެ. އަދި އެގައުމުގައި 151,633 މީހުން ވަނީ ބަލިން ފަސޭހަވެފަ އެވެ.

ތިންވަނައަށް މި ބަލީގެ އެންމެ ގިނަ ކޭސްތައް ރިޕޯޓުކުރެވިފައިވަނީ އިޓަލީއިންނެވެ. އިޓަލީގައި 211,938 މީހުން ވައިރަހަށް ޕޮޒިޓިވް ވެފައިވާއިރު މި ބަލި ޖެހިގެން 29,079 މީހުން އެގައުމުން މަރުވެފައި ވެއެވެ. އަދި އެގައުމުގައި 82,879 މީހުން ވަނީ ބަލިން ފަސޭހަވެފަ އެވެ.

ހަތަރުވަނައަށް މި ބަލީގެ އެންމެ ގިނަ ކޭސްތައް ރިޕޯޓުކުރެވިފައިވަނީ އިނގިރޭސިވިލާތުންނެވެ. އިނގިރޭސިވިލާތުގައި 190,584 މީހުން ވައިރަހަށް ޕޮޒިޓިވް ވެފައިވާއިރު މި ބަލި ޖެހިގެން 28,734 މީހުން އެގައުމުން މަރުވެފައި ވެއެވެ.

ފަސްވަނައަށް މި ބަލީގެ އެންމެ ގިނަ ކޭސްތައް ރިޕޯޓުކުރެވިފައިވަނީ ފްރާންސުންނެވެ. ފްރާންސުގައި 169,462 މީހުން ވައިރަހަށް ޕޮޒިޓިވް ވެފައިވާއިރު މި ބަލި ޖެހިގެން 25,201 މީހުން އެގައުމުން މަރުވެފައި ވެއެވެ. އަދި އެގައުމުގައި51,371މީހުން ވަނީ ބަލިން ފަސޭހަވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް