ކ. މާލެ
|
5 މެއި 2020 | އަންގާރަ 05:10
ޑަބްލިއުއެޗްއޯގެ ޗީފް ޑރ. މައިކަލް ރަޔަން، އަދި އެ ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް، ޓެޑްރޯސް އަދެނޯމް ހޯމަދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި
ޑަބްލިއުއެޗްއޯގެ ޗީފް ޑރ. މައިކަލް ރަޔަން، އަދި އެ ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް، ޓެޑްރޯސް އަދެނޯމް ހޯމަދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި
ޓައިމް މަޖައްލާ
ކޮވިޑް-19: ޑަބްލިއުއެޗްއޯ
ކޮވިޑް-19 އުފެދިގެން އައިގޮތުގެ އެއްވެސް ހެއްކެއް އެމެރިކާއަކަށް ނުދެއްކޭ: ޑަބްލިއުއެޗްއޯ
 
ކޮވިޑް-19 އަކީ ގުދުރަތީ ގޮތުން އުފެދިފައިވާ އެއްޗެއް: އެންމެ ފަހުގެ މައުލޫމާތުތައް
 
ޓްރަމްޕް ވިދާޅުވެފައިވަނީ ޑަބްލިއުއެޗްއޯ އަކީ ޗައިނާގެ ޕަބްލިކް ރިލޭޝަންސް އޭޖެންސީއެއް ކަމަށް
 
އެމެރިކާއަށް ލިބިފައިވާ މައުލޫމާތުތައް އެގައުމުން ބޭނުންވާނަމަ ހިއްސާ ކުރެވިދާނެ

ކޮވިޑް-19 އުފެދިގެން އައިގޮތާއި މެދު އެމެރިކާއަކަށް އެއްވެސް ހެއްކެއް ދެއްކިފައި ނުވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

ހޯމަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ޖަމިއްޔާގެ އިމަރޖެންސީ ޗީފް ޑރ. މައިކަލް ރަޔަން ވިދާޅުވީ ކޮވިޑް-19 އަކީ ޗައިނާގެ ވުހާން ސިޓީގެ ލެބަކުން އުފެއްދި އެއްޗެއް ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި، ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ދެއްކެވި ވާހަކަފުޅުތައް ސާބިތު ކުރެވޭނެ ހެއްކެއް ނެތް ކަމަށެވެ.

އަދި މިކަމާއި ގުޅިގެން އެމެރިކާއަށް ލިބިފައިވާ މައުލޫމާތުތައް ޑަބްލިއުއެޗްއޯ އާ ހިއްސާ ކުރުމަށް ވެސް ގޮވާލެއްވި އެވެ.

އެމެރިކާގެ ރައީސް ޑޮނާލްޓް ޓްރަމްޕް ގެންދަވަނީ ޗައިނާ އަށާއި އދ ގެ ހެލްތު އޭޖެންސީ އަށް، ވައިރަހުގެ ނުރައްކާތެރިކަން ފޮރުވި ކަމަށް ތުހުމަތުކޮށް، ފާޑުވިދާޅުވަމުންނެވެ. އަދި ޑަބްލިއުއެޗްއޯ އަށް ވެސް ޓްރަމްޕްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު ޓްރަމްޕް ވިދާޅުވެފައިވަނީ އެ ޖަމިއްޔާއަކީ ޗައިނާގެ ޕަބްލިކް ރިލޭޝަންސް އޭޖެންސީއެއް ކަމަށެވެ.

ރަޔަން އިތުރަށް ވިދާޅުވީ އދ.ގެ ހެލްތު އޭޖެންސީއަށް މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާލާއިރު، ކޮވިޑް-19 އަކީ ގުދުރަތީ ގޮތުން އުފެދިފައިވާ އެއްޗެއް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
100%
0%
0%
ކޮމެންޓް