ކ. މާލެ
|
5 މެއި 2020 | އަންގާރަ 05:01
ނައިޖީރިޔާގެ މަގެއްގެ މަތި
dailypost.ng
ކޮވިޑް-19 ނައިޖީރިޔާ
ނައިޖީރިޔާއިން ލޮކްޑައުން އަށް ދޫދޭން ފަށައިފި
 
ސްކޫލުތަކާއި މިސްކިތްތައް އަދިވެސް ހުރީ ބަންދުކޮށްފައި
 
މާސްކު އެޅުމަށް ވަނީ ބާރުއަޅާފައި

ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެގޮތުން ނައިޖީރިޔާގައި އަޅާފައިވާ ފިޔަވަޅުތަކަށް ދޫދިނުމުގެ ގޮތުން ވެރިރަށް އަބުޖާ، އަދި ލެގޯސްގެ އިތުރުން އޯގެން ސްޓޭޓްގެ ވިޔަފާރީކުރާ ތަންތަން ހޯމަ ދުވަހުން ފެށިގެން ހުޅުވަން ފަށައިފިއެވެ.

ވެރިރަށް ލެގޯސްގެ މަރުކަޒީ ސަރުކާރުން ބުނީ، ކާތަކެތި ނޫން އެެހެން އެއްޗެހި ވިއްކާ ފިހާރަތައް ހޯމަ، ބުދަ އަދި ހުކުރު ދުވަހު ހުޅުވަން ހުއްދަ ދީފައިވާ ކަމަށެވެ. ކާއެއްޗެހި ވިއްކާ ފިހާރަތައް ހުޅުވަން ހުއްދަ ދޭނީ އަންގާރަ، ބުރާސްފަތި ދުވަހުގެ އިތުރުން ހޮނިހިރު ދުވަހުއެވެ.

ފިހާރަތަކާއި، އޮފީސްތަކުގެ އިތުރުން ބާޒަރުތައް ހުޅުވާފައި ހުންނާނީ ހެނދުނު 9:00 ން، 3:00 އަށެވެ.

ސަރުކާރުން ވަނީ އާއްމު ތަންތަނާއި، ފިހާރަތަކުގެ އިތުރުން ޕަބްލިކް ޓްރާންސްޕޯޓް ބޭނުންކުރާ ފަރާތްތަކުން މާސްކު އެޅުމަށް މަޖުބޫރް ކޮށްފައެވެ. ލޮކްޑައުން އަށް ދޫދޭން ފަށާފައިވާއިވީ ނަމަވެސް ސްކޫލުތަކާއި، ސިނަމާތަކުގެ އިތުރުން މިސްކިތްތައް ވަނީ ބަންދުކޮށްފައެވެ.

ފާއިތުވެދިޔަ ހަފްތާގައި ނައިޖީރިއާގައި ކޮވިޑް-19 ގެ ކޭސްތަކުގެ އަދަދުވަނީ އިތުރުވެފައެވެ. ނައިޖީރިޔާގެ 2558 މީހަކަށް ވަނީ ކޮވިޑް-19 ޖެހިފައެވެ. ބަލީގައި 87 މީހަކު މަރުވެފައިވާއިރު، 400 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
100%
0%
0%
0%
0%
0%
ކޮމެންޓް