ކ. މާލެ
|
5 މެއި 2020 | އަންގާރަ 03:11
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް
ސައުދީ ގެޒެޓް
ކޮވިޑް-19: އެމެރިކާގެ ޙާލަތު
އެމެރިކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު އެއްލައްކައަށް އަރާފާނެ: ޑޮނާލްޑް ޓްރަމްޕް
 
ކޮވިޑް-19އަށް ޕޮޒިޓިވްވީ މިހުންގެ އަދަދު ވަނީ 1,208,036ށް އަރާފަ
 
ޓްރަމްޕް ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން ވެކްސިނެއް އުފެއްދޭނެކަމަށް
 
އެމެރިކާއިން މިހުން މަރުވާނެކަމަށް ޓްރަމްޕް އަންދާޒާ ކުރައްވާ މިންވަރު ދުވަހުން ދުވަހަށް ގެންދަވަނީ ބަދައްލުކުރައްވަމުްން

އެމެރިކާގައި ނޮވެލް ކޮރޯނާވައިރަސް(ކޮވިޑް-19) ޖެހިގެން މަރުވާ މީހުންގެ ޢަދަދު 100،000ށް އަރާފާނެކަމަށް ވިދާޅުވެ، އެޤައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިންޒާރުދެއްވާފައެވެ.

އެމެރިކާގެ ފޮކްސް ނިއުސްއިން އިންތިޒާމުަކޮށްގެން ވަގުތުން ދުރަށްދެއްކި ދެގަޑިއިރުގެ "ޓައުން ހޯލް" ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެމެރިކާއިން 100،000 މީހުން މަރުވާނެކަމަށް ބެލެވޭކަމަށެވެ. އެެމެރިކާގެ އެއްވެސް ރައްޔިތަކު ކޮވިޑް-19ގައި ދުނިޔެއާއި ވަކިވެގެން ދިއުމަކީ ބޭނުންވާގޮތެއް ނޫންކަމަށާއި، މީހަކު މަރުވުމަކީ ކުރިމަތިލާން ވަރަށް ދަތި އުނދަގޫކަމެއް ކަމަށެވެ. އެހެންނަމަވެސް ޓްރަމްޕްވަނީ އެމެރިކާ ސަރުކާރުން ކޮވިޑް-19ގެ ކަންތައްތަކުގައި ޢަމަލުކުރީ މާލަހުންކަމަށް ބުނެ ފެންމަތިވަމުންދާ ވާހަކައަށް ދެކޮޅުހައްދަވާފައެވެ.

ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ޓްރަމްޕް ގެންދަވަނީ އެކި ފަހަރު އެކި ގޮތްގޮތައް ވާހަކަފުުޅު ދައްކަވަމުންނެވެ. މިދިޔަ ހުކުރު ދުވަހު ޓްރަމްޕް ވިދާޅުވީ އެމެރިކާއިން ވައިރަސްގައި މަރުވާނީ އެއްލައްކައަށް ވުރެ މަދުމީހުން ކަމަށެވެ. އަދި މިދިޔަ ހަފުތާގައި 60،000 އާއި 70،000 ގާތްކުރާ ޢަދަދަކަށް މީހުން މަރުވާނެކަމަށް ވިދާޅުވެފައިވާއިރު، އެޕްރީލްމަހުގެ 20 ވަނަ ދުވަހު ބުނެފައިވަނީ 40،000 އާއި 60،000 އާއި ދެމުދުގެ ޢަދަދަކަށް މީހުން މަރުވާނެކަމަށެވެ.

"ޓައުން ހޯލް" ގައި ޓްރަމްޕް ވަނީ އެޤައުމުން ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމަށް ކުރަމުންގެންދާ މަސައްކަތާއި ބެހޭގޮތުންވެސް ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން، މިއަހަރު ނިމޭ އިރު ވެކްސިން ނިމޭނެކަމަށް ވިދާޅުވެފައެވެ. ޓްރަމްޕް މިހެން ވިދާޅުވިނަމަވެސް، ވެކްސިން އުފެއްދުމުގައި ޙަރަކާތްތެރިވާ ޞިއްޙީ ފަންނީ މާހިރުން ވިދާޅުވެފައިވަނީ ވެކްސިނެއް އުފައްދަން 12 މަހާއި 18 މަހާއި ދެމެދުގެ މުއްދަތެއް ނަގާނެކަމަށެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން ވިލަރެސްކުރާ އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސް ގެ ކޯޑިނޭޓިންގް ޓީމުގެ ޑޮކްޓަރ ޑެބޯރާ ބަރކްސް މިދިޔަ އާދީއްތަ ދުވަހު ވިދާޅުވީ އެެމެރިކާއިން 100،000އާއި 240,000 އާއި ދެމެދު އަދަދަކަށް މީހުން މަރުވާނެކަމަށް އަންދާޒާކުރެވޭނެކަމަށެވެ. އަދި މިދަނޑިވަޅުގައި ރައްކާތެރިކަމުގެ ގޮތުން އެޅޭނެ ފިޔަވަޅަކީ އިޖްތިމާޢި ގައިދުރުކުރުންކަމަށެވެ.

އެމެރިކާއިން ހޯމަދުވަހު އެކަނިވެސް 19,914 މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު، ވައިރަސްއަށް ޕޮޒިޓިވްވީ މިހުންގެ އަދަދު ވަނީ 1,208,036ށް އަރާފައެވެ. ހޯމަދުވަހު 786 މީހުން މަރުވެ، މަރުވީ މީހުންގެ ޖުމުލަ އަދަދު ވަނީ 69,384ށް އަރާފައެވެ. އަދި ފަރުވާދީގެން 182,490 ފަސޭހަކޮށްފައިވާއިރު، 956,162 މީހުންނަށް ދަނީ ފަރުވާދެމުންނެވެ. މީގެތެރެއިން 16,043 މީހެއްގެ ޙަލު ވަރަށް ސީރިއަސްކަމަށް ރިޕޯޓުތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
100%
0%
0%
0%
0%
0%
ކޮމެންޓް