ކ. މާލެ
|
4 މެއި 2020 | ހޯމަ 18:43
ފިލިޕިންސްގެ ޖަލުތަކުގެ ހާލަތު ގޯސް
ފިލިޕިންސްގެ ޖަލުތަކުގެ ހާލަތު ގޯސް
އަލްޖަޒީރާ
ފިލިޕިންސްގެ ޖަލުތަކުގެ ހާލަތު
ފިލިޕިންސްގެ ތޮށްޖެހިފައިވާ ޖަލުތަކުގައި ކޮވިޑް-19 ފެތުރެނީ
 
ޖަލުތަކުން ދިހަހާހަށްވުރެ ގިނަ މީހުން ދޫކުރުމަށް ނިންމާފައިވޭ
 
ޖަލުގައި މަސައްކަތް ކުރާ ގިނަ ބަޔަކު ވައިރަސްއަށް ޕޮޒިޓިވްވެފައިވޭ
 
ޖަލުތަކުން 300ށް ވުރެ މީހުން ޕޮޒިޓިވްވެފައިވޭ

ފިލިޕިންސްގެ ތޮށްޖެހިފައިވާ ޖަލުތަކުގައި ކޮވިޑް-19 ފެތުރެން ފަށައިފިއެވެ.

ޕިލިޕިންއަކީގެ ޖަލުތަކަކީ އެންމެ ބާރުބޮޑުކޮށް، ތޮށްޖެހޭ ވަރަށް ކުށްވެރިން ގެންގުޅޭ އެއްގައުމެވެ.

އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މިހާތަނަށް ޕިލިފިންގެ ސެބޫގެ ޖަލުތަކުން 300ށް ވުރެ ގިނަ މީހުން ކޮވިޑް-19ށް ވަނީ ޕޮޒިޓިވްވެފައެވެ. އަދި މިހާތަނަށް ހަތަރު މީހަކު ވަނީ މަރުވެފައިއެވެ.

މީގެއިތުރުން ޖަލުގައި މަސައްކަތް ކުރާ ގިނަ ބަޔަކު ވައިރަސްއަށް ޕޮޒިޓިވްވެފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

މިމައްސަލައާ ގުޅިގެން މީޑިއާތަކަށް މައުލޫމާތުދެމުން ޕިލިފިންސްގެ އެސޯސިއޭޓް ސްޕްރިމް ކޯޓުގެ އެސޯސިއޭޓް ޖަސްޓިސް މާރިއޯ ވިކްޓޯ ވިއޮނަން ވިދާޅުވީ ޖަލުތަކުން ދިހަހާހަށްވުރެ ގިނަ މީހުން ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތަށް ދޫކުރާ މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނާއި، ހަ މަހަށްވުރެ ކުޑަ މުއްދަތަށް ޖަލަށްލާފައިވާ މީހުން ދޫކޮށްލާކަމަށް އޭނާ ވިދާޅުވިއެވެ.

ޕިލިފިންސްގައި ވެސް ކޮވިޑް-19 ދަނީ ހަލުވި މިނެއްގައި ފެތުރެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
100%
0%
ކޮމެންޓް