ކ. މާލެ
|
4 މެއި 2020 | ހޯމަ 08:12
ބްރެޒިލް: ސިފައިންގެ މީހެއް އެނާގެ އަންގި ޑިސްއިންފެކްޓް ކުރަނީ
ބްރެޒިލް: ސިފައިންގެ މީހެއް އެނާގެ އަންގި ޑިސްއިންފެކްޓް ކުރަނީ
ވީއޯއޭ ނިއުސް
ކޮވިޑް-19، ބްރެޒިލް
ބްރެޒިލް އިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް!
 
ކޭސްތަކުގެ ޖުމުލަ އަދަދު ވަނީ 101،147ށް އަރާފަ
 
ފާއިތުވި 24 ގަޑިއިރު ތެރޭގައި 4588 ކޭސް ރިޕޯޓުކޮށްފައިވޭ
 
މި ބަލި ޖެހިގެން ބްރެޒިލްއިން 7000 ށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ

ބްރެޒިލް އިން ކޮވިޑް-19 ޖެހުނު މީހުންގެ ޢަދަދު ލައްކައަކަށް ވުރެ މައްޗަށް އަރައިފިއެވެ.

ބްރެޒިލްގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ އެޤައުމުން ރިޕޯޓުކުރެވުނު ކޭސްތަކުގެ ޢަދަދު ލައްކައަކަށް ވުރެ މައްޗަށް އަރާފައިވާ ކަމަށެވެ. ފާއިތުވި 24 ގަޑިއިރު ތެރޭގައި 4588 ކޭސް ރިޕޯޓުކޮށްފައިވާއިރު ކޭސްތަކުގެ ޖުމުލަ ޢަދަދު ވަނީ 101،147ށް އަރާފައެވެ. މިހާތަނަށް މި ބަލި ޖެހިގެން ބްރެޒިލްއިން 7000 ށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ބްރެޒިލްގެ ޙާލަތު ގޯސްވަމުން އަންނައިރު، ބްރެޒިލްގެ ރައީސް ޖެއަރ ބޮލްސޮނާރޯ ވިދާޅުވަމުން ގެންދަވަނީ މި ވައިސްއަކީ އާދައިގެ ރޯގާއެއް ކަމަށެވެ. ބޮލްސޮނާރޯ ގެންދަވަނީ އޭނާގެ އެޑްވައިޒަރުންނާއި، ސައިންޓިސްޓުން ދެއްވާ އިރުޝާދުތަކައް އިންކާރުކުރައްވާ ގޮންޖައްސަވަމުންނެވެ.

މީގެ އިތުރުން، ބްރެޒިލްގެ ހެލްތު މިނިސްޓަރ މަޤާމުން ވަކި ކުރައްވާ ބޮލްސޮނާރޯ ގެންދަވަނީ ބްރެޒިލްގެ ލޮކްޑައުން އުވާލުމަށް ގޮވާލައްވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
100%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސަރުކާރުން ދަނީ ގަސްތުގައި މައުލޫމާތު ހިފަހައްޓައި، ސިއްރުކޮށް، މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަމުން: އެމްޑީޕީ
ބިންވެރިޔާ ސްކީމްގެ ދަށުން މިހާތަނަށް ހުޅުމާލެއިން 500ށް ވުރެ ގިނަ ގޯތި ދޫކޮށްފި
ސޯޝަލް މީޑިއާގައި ފާޅުގައި އެއްޖިންސުން ގުޅުން ހިންގުމާއި ބޭއަދަބީ ކަންކަން ޕްރޮމޯޓް ކުރަމުންދާއިރު، އިދާރާތަކުގެ ހިލަމެއް ނެތް
ހުޅުމާލޭ ފަޅުތެރޭގައި އޮތް ޑްރެޖަރެއްގައި މަސައްކަތް ކުރަނިކޮށް، އަނިޔާވެގެން ބިދޭސީއަކު މަރުވެއްޖެ
ފިރިހެނުންނަށް ވަރިކުރުމުގެ ބާރު ދީފައިވަނީ ކޮންމެ ވަގުތަކު އަނބިމީހާއަށް އެބަހުން އިންޒާރުދޭކަށް ނޫން: ޚުތުބާ
ފުނަދޫގައި ސިހުރު ހެދިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
ދޮގާއި ތެދު ހިމެނޭހެން މަޢުލޫމާތު އޮހެމުންދާ މި ޒަމާނުގައި، ލިބޭ ކޮންމެ ޚަބަރަކާމެދު ފުންކޮށް ވިސްނަވާ: ރައީސް
އަޑިނޭނގޭ އަނދަވަޅަކަށް ވެއްޓިފައިވާ ލުބުނާނުގެ އިޤްތިޞާދު ކޮޅަށްޖެހުމަށް އީޔޫއިން އެހީވަނީ