ކ. މާލެ
|
4 މެއި 2020 | ހޯމަ 07:26
ފްރާންސްގެ ބަންދުކޮށްފައިވާ ތަނެއްގެ ކައިރިން މީހަކު ހިނގާފައިދަނީ.
ފްރާންސްގެ ބަންދުކޮށްފައިވާ ތަނެއްގެ ކައިރިން މީހަކު ހިނގާފައިދަނީ.
ރޮއިޓަރސް
ކޮވިޑް-19 ފްރާންސްގެ ހާލަތު
ފްރާންސްގައި ކޮވިޑް ޓްރޭސިންގ އެޕް ޓެސްޓް ކުރެވެން ފެށޭނީ އަންނަ ހަފުތާގައި
 
ގިނަ ގައުމުތަކަކުން މިހާރު އަންނަނީ މިފަދަ އެޕްތައް އުފެއްދުމުގެ މަސައްކަތްތައް ކުރަމުން
 
ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށް ފަށާނީ މެއި މަހުގެ 11 ވަނަ ދުވަހު

ފްރާންސްގެ ސަރުކާރުން އިސްވެގެން އުފައްދާފައިވާ "ސްޓޮޕް ކޮވިޑް" ކޮންޓެކްޓް ޓްރޭސިންގ އެޕް ޓެސްޓް ކުރުމަށް އަންނަ ހަފުތާގައި ފަށާނެކަމަށް އެޤައުމުގެ ސަރުކާރުން ބުނެފިއެވެ.

ފްރާންސްގައި ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށް ފަށާނީ މެއި މަހުގެ 11 ވަނަ ދުވަހުއެވެ. އެހެންކަމުން އަންނަ ހަފުތާތެރޭގައި އެ އެޕް ޓެސްޓް ކުރަން ފެށި ބޭނުންކުރަން ފެށުމަކީ މުހިންމު ކަމެއްކަމަށް ފްރާންސްގެ ސަރުކާރުން ހާމަކުރެއެވެ.

ފްރާންސްގެ ޑިޖިޓަލް އެފެއަރޒް މިނިސްޓަރުކަން ކުރައްވަމުން ގެންދަވާ އަދި އެޤައުމެގެ ރައީސް އެމަނުއަލް މެކްރަންގެވެސް އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކެޑްރިއޯ ވިދާޅުވީ މި އެޕަކީ އެޤައުމު މިކަމުން ސަލާމަތްކުރުމަށް ކަމާބެހޭ އިދާރާތަކަށް މުހިންމު އެޕަކަށް ވާނެ ކަމަށެވެ. މިއެޕަކީ ވަކި ޖާދޫއެއް ނޫންކަމަށާއި، އެހެންނަމަވެސް މިއެޕްގެ ސަބަބުން ފަސޭހަތަކެއްވާނެ ކަމަށް ކެޑްރޯ ވަނީ ވިދާޅުވެފައެވެ. އަދި މި އެޕްގެ ފައިދާ އެންމެ ބޮޑަށް ކުރާނީ ބައިނަލްއަޤުވާމީ ޞިއްޙީ ނިޒާމާއި ގުޅުވާލެވުމުން ކަމަށް ކެޑްރޯ ވިދާޅުވިއެވެ.

ގިނަ ޤައުމުތަކަކުން މިހާރު އަންނަނީ މިފަދަ އެޕްތައް އުފެއްދުމުގެ މަސައްކަތްތައް ކުރަމުންނެވެ. އެއީ ވައިރަސް ޖެހިފައިވާ މީހާ ދެނެގަނެ އެމީހާ އާއި އެންމެ ކައިރިން ކޮންޓެކްޓްވެފައިވާ މީހުން ދެނެގަތުން އަވަސް ކުރުމަށްޓަކައެވެ. އޭގެ ސަބަބުން ވައިރަސް ފެތުރުން ކޮންޓްރޯލް ކުރެވިގެންދާނެއެވެ.

ޔޫރަޕުގެ އެހެން ޤައުމުތަކެކޭ އެއްގޮތަށް ފްރާންސުންވެސް މިއެޕްގައި ބޭނުން ކޮށްފައިވަނީ ބްލޫޓޫތެވެ. އެންމެ ކައިރީގައި ހުންނަ މީހާ ދެނެގަތުމަށްޓަކައި ބްލޫޓޫތް ބޭނުންކުރާއިރު މީހާ ހުންނަ ޞަރަޙައްދު ދެނެގަތުމަށް މިއެޕަކުން މަސައްކަތެއް ނުކުރާނެއެވެ. އެފަދަ އެޕްތައް ޢާންމުކޮށް އުފައްދަމުން ދަނީ އޭޝިޔާ ޞަރަޙައްދުގެ ޤައުމުތަކުންނެވެ. އެއާއެކު މީހުންގެ ޒާތީ މަޢުލޫމާތު ސަރުކާރުން އެއްކުރާ ކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން ތަކެއްވެސް އޭޝިޔާ ޞަރަޙައްދުގެ ޤައުމުތަކުގައި ވަނީ އުފެދިފައެވެ.

މިހާރު ފްރާންސްގައި އެންމެ ބޮޑަށް ކުރެވެމުންދާ ބަހުޘަކީ މިހާރު ހުރި ކޮންޓެކްޓްސްތައް ޢާންމުންގެ ޑިވައިސްތަކަށް ލުން ނުވަތަ ސެންޓަރަލް ސަރވަރ އަކަށް ލައިގެން މަސައްކަތް ކުރާނީތޯއެވެ. މިހާރު ކޮންޓެކްޓް ޓްރޭސިން ޓީމުތަކުން މީހުންގެ ފޯނަށް ގުޅައިގެން ނުވަތަ މީހުންގެ ގޭގޭގެ ދޮރުގައި ޓަކި ޖަހައިގެން ވައިރަސްގެ އަސަރު އެންމެ ބޮޑަށް ކޮށްފާނެ މީހުންނަށް އަންނަނީ އެކަން އަންގަމުންނެވެ. އެހެންކަމުން ސެންޓްރަލް ސަރވަރ އަކަށް މިހާރު ހުރި ކޮންޓެކްޓްސް ތައް އަޅާ އެކަން ބަލަމުން ދާކަމަށްވާނަމަ ކޮންޓެކްޓް ޓްރޭސިންގ ޓީމުތަކަށް ފަސޭހަވެގެންދާނެ އެވެ.

ފްރާންސުން މިހާރު އެޕްލިކޭޝަން އުފައްދާފައިވާ ގޮތުން އައިފޯން ބޭނުންކުރާ މީހުންނަށް ސެޓިންގ ބަދަލުކުރަން ޖެހޭނެއެވެ. ސްމަރޓް ފޯން އުފައްދާ ފަރާތްތަކުން ވަނީ އެގޮތަށް ސެޓިންގ ބަދަލުކޮށްގެން އެޕްލިކޭޝަން ފޯނަށް އެޅުމަށް ފުރުޞަތު ނުދޭން ނިންމާފައެވެ. ނަމަވެސް މިކަމާއި ގުޅޭގޮތުން އެމެރިކާގެ ކުންފުންޏަކާއެކު މަޝްވަރާކުރަމުންދާ ކަމަށް ކެޑްރޯ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް