ގެރިކިރު ގޭގައި ތައްޔާރުކޮށްލާނީ ކިހިނެއް؟
3 މެއި 2020 | އާދީއްތަ 09:57
ގެރިކުރު ނުވަތަ ކޮންޑެންސްޑް މިލްކް
ގެރިކުރު ނުވަތަ ކޮންޑެންސްޑް މިލްކް
އާޓިމެޑަން.ކޮމް

ގެރިކިރު ތައްޔާރުކުރަން ބޭނުންވަނީ ތިން ބާވަތެކެވެ.

ބޭނުންވާ ތަކެތި‪:‬‬‬‬

  • 2 ޖޯޑު ކިރު (ފުލް ފެޓް ނޫނީ ޓޯންޑް މިލްކު)
  • 2/1 ޖޯޑު ހަކުރު
  • 1 ކުޑަ ސަމުސާ ބޭކިންގ ސޮޑާ

ތައްޔާރުކުރާނެ ގޮތް:

ތެއްޔަކަށް ކިރާއި ހަކުރު އެޅުމަށްފަހު ކައްކަން އުދާލާށެވެ. ހަކުރު އެއްކޮށް ދިޔާވަންދެން ހުއްޓާނުލާ ހަލަމުން ކައްކާށެވެ. ހަކުރުތައް އެއްކޮށް ދިޔާވުމުން ކިރުގެ ކުލައަށް ބަދަލެއް އަންނާނެއެވެ. ގިނި ގަދަކޮށް ބޮކިޖަހަންދެން، ކިރު ކެކެމުންދާ ވަރަކަށް މަޑު މުށިކުލައެއް އަރަމުންދާނެއެވެ.

ގެރިކިރު ތައްޔާރުކުރަނީ

ކިރު ކެކޭ ވަރަކަށް ހިނދެމުންދާނެއެވެ. ނަމަވެސް އެއްކޮށް ހިނދެންދެން ނުބަހައްޓާށެވެ. ކިރުގެ ތެރެއަށް ބޭކިންގ ސޮޑާ އެޅުމަށްފަހު، އެއްކޮށްލާށެވެ. ހަލަމުންދާވަރަކަށް ބޮކި ޖަހާ އޮލަވަމުންދާނެއެވެ. ގަދަ ގިނީގައި 4 މިނިޓް ނުވަތަ 5 މިނިޓް ހުއްޓާނުލާ ހަލަމުންދާ ވަރަކަށް ތުނިވަމުންދާނެއެވެ. ކުލަ އެއްކޮށްބަދަލުވެ އޮލަވުމުން އުނދުންމަތިން ބާލާށެވެ.

މިހާރު މިހިރީ ކޮންޑެންސްޑް މިލްކު ނުވަތަ ގެރިކިރު ތައްޔާރުކޮށް ނިމިފައެވެ.

- ކޮމެންޓް