ކ. މާލެ
|
2 މެއި 2020 | ހޮނިހިރު 20:58
އިރާނުގެ ޞިއްހީ ޚިދުމަތްތެރިއަކު ކޮވިޑް-19 ބަލިމީހަކަށް ފަރުވާދެނީ
އިރާނުގެ ޞިއްހީ ޚިދުމަތްތެރިއަކު ކޮވިޑް-19 ބަލިމީހަކަށް ފަރުވާދެނީ
ސައުދީ ގެޒެޓް
ކޮވިޑް-19: އިރާނުގެ ޙާލަތު
ކޮވިޑް-19 ޖެހިގެން އިރާނުން 6،000 އަށް ވުރެ ގިނަ މަރު
 
މިހާތަނަށް އާއިރު، 96،448 މީހުން ވަނީ ވައިރަސްއަށް ޕޮޒިޓިވްވެފަ
 
މަރުވި މީހުންގެ ޢަދަދު ވަނީ 6،156 އަށް އަރާފަ
 
ފާއިތުވީ 24 ގަޑީއިރުގެ ތެރޭގައި އިރާނުން 65 މީހުން މަރުވި

އިރާނުން ކޮވިޑް-19 ޖެހިގެން މަރުވީ މީހުންގެ ޢަދަދު 6،000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެއެވެ.

އިރާނުގެ ޞިއްޙަތާބެހޭ ވުޒާރާއާއި ޙަވާލާދީ ޤަލްފުގެ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި ފާއިތުވީ 24 ގަޑީއިރުގެ ތެރޭގައި އެޤައުމުން 65 މީހުން މަރުވެ، ވައިރަސް ޖެހިގެން މަރުވި މީހުންގެ ޢަދަދު ވަނީ 6،156 އަށް އަރާފައެވެ.

އެޤައުމުގެ ޞިއްހަތާބެހެ ވުޒާރާގެ ތަރުޖަމާނު، ކިއާނޫޝް ޖަހާންޕޫރާއި ޙަވާލާދީ މީޑިއާތަކުން ރިިޕޯޓުކޮށްފައިވާ ގޮތުގައި، މިހާތަނަށް އާއިރު، 96،448 މީހުން ވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައިވެއެވެ. މީގެތެރެއިން 2،787 މީހުންގެ ޙާލަތު ވަރަށް ސީރިއަށް ކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.

އީރާނުގައި ނުރައްކާތެރި މިންވަރަކަށް ކޮވިޑް-19 ފެތުރެމުންދާތީ އެޤައުމުގެ ސަރުކާރުން ދަނީ ވަރަށް ހަރުކަށި ފިޔަވަޅުތައް ތަންފީޒުކުރަމުންނެވެ. އޭގެ ތެރޭގައި މައި ސިޓީތައް ފުރަބަންދުކުރުމާއި، ވައިރަސްގެ ނުރައްކާ ބޮޑު އަވަަށްތަކުގައި ކާފިއުގެ ޢަމުރުވަނީ އިޢުލާނުކޮށްފައެވެ. އަދި އެއްވެ އުޅުން މަނާކޮށްފައިވާއިރު، ޒަރޫރީ ބޭނުމެއްގައި ޚާއްޞަ ހުއްދައަކާއެކު ނޫނީ ބޭރަށް ނިކުމެ އުޅުން ވަނީ މަނާކޮށްފައެވެ.

އިޤުތިޞާދީ، ސިނާޢީ ޙަރަކާތްތައް ހުއްޓާލާފައިވާއިރު، ޒަރޫރީ ތަކެތި ވިއްކާ ތަންތަން ފިޔަވަައި އެހެނިހެން ވިޔަފާރި ޙަރަކާތްތައް ވެސް ވަނީ މެދުކަނޑާލާފައެވެ. މީގެ އިތުރުން މަދަނީ އަދި ބައިނަލްއަޤުވާމީ އުދުހުންތައް ހުއްޓާލާފައެެވެ. މިހާރު އެޤައުމުން އުދުހުންތައް ކުރިޔަށްގެންދަނީ ކާގޯ އުފުލުމަށާއި، އެހެން ޤައުމުތަކުގައި ތިބި އެޤައުމުގެ މީހުން އަނބުރާ ޤައުމަށް ގެނައުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި