ކ. މާލެ
|
2 މެއި 2020 | ހޮނިހިރު 19:47
ކޮވިޑް-19އާ ގުޅިގެން މެލޭޝިއާ ވަނީ ލޮކްޑައުންކޮށްފައި
ކޮވިޑް-19އާ ގުޅިގެން މެލޭޝިއާ ވަނީ ލޮކްޑައުންކޮށްފައި
ގޫގުލް
ކޮވިޑް-19: މެލޭޝިޔާގެ ޙާލަތު
މެލޭޝިއާގައި ގަވާއިދާ ހިލާފަށް އުޅޭ މީހުން ހައްޔަރުކުރަނީ!
 
ހައްޔަރުކުރި މީހުންގެ ތެރޭގައި ކުޑަ ކުދިން ވެސް ހިމެނޭ
 
ހަައްޔަރުކުރާ މީހުން ގެންދަނީ ވަކި ޚާއްސަ ސަރަހައްދަކަށް
 
700ށް ވުރެ ގިނަ މީހުން މިހާރު ވެސް ވަނީ ހައްޔަރުކޮށްފައި

މެލޭޝިއާ ސަރުކާރުން އެޤައުމުގެ އެކި ޞަރަޙައްދުތަކުގައި ޤަވާއިދާ ޚިލާފަށް ދިރިއުޅޭ އެހެން ޤައުމުތަކުގެ މީހުން ހައްޔަރު ކުރުމުގެ ޚާއްޞަ އޮޕަރޭޝަނެއް ފަށައިފިއެވެ.

މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، 700ށް ވުރެ ގިނަ މީހުން މެލޭޝިއާގެ ވެރިރަށް ކުއާލާލަމްޕޫރުން ހައްޔަރުކޮށްފައިވެއެވެ. އަދި މި 700 މީހުންގެ ތެރޭގައި ކުޑަކުދިންނާއި، ރޮހިންގާ ދަރިކޮޅުގެ މުސްލިމުންނާއި މިޔަންމާއަށް ނިސްބަތްވާ އެހެން މީހުން ހިމެނެއެވެ.

އެޤައުމުގެ ޕޮލިސް އިންސްޕެކްޓަރ ޖެނަރަލް ޢަބްދުލްހާމިދު ބަދޫރު ވިދާޅުވެފައިވަނީ މިއޮޕްރޭޝަންގެ މައިގަނޑު މަޤުޞަދަކީ ކޮވިޑް-19އާ ގުޅިގެން މެލޭޝިއާ ފުރަބަންދުކޮށްފައިވާތި ޤަވާއިދާ ޚިލާފަށް އުޅޭ އެހެން ޤައުމުތަކުގެ މީހުން މަސައްކަތް ހޯދުމަށް އެއްތަނުން އަނެއް ތަނަށް ދަތުރުކުރާ ކުރުން ހުއްޓުވުމެވެ.

މީގެ އިތުރުން އެމީހުންނަކީ ސަރުކާރުގެ އެއްވެސް އިދާރާއެއްގައި ރަޖިސްޓްރީ ވެފައިވާ ބަޔަކަށް ނުވާތީ ކޮންޓެކްޓް ޓްރޭސިންގެ ފަދަ މަސައްކަތްތައް ކުރުމަށް އެމީހުން އެއް ތަނެއްގައި ތިބުމުން ފަސޭހަވާނެތީއެވެ. އަދި ހައްޔަރުކުރާ މީހުން ބައިތިއްބާނީ އެމީހުންނަށް ޚާއްޞަކޮށްފައިވާ ވަކި ޞަރަޙައްދެއްގައި ކަމަށް ޕޮލިސް އިންސްޕެކްޓަރ ވިދާޅުވިއެވެ.

ކޮވިޑް-19 ފެތުރެމުންދާތީ މެލޭޝިއާ ސަރުކާރުން ވެސް ވަނީ ރައްކާތެރިވުމުގެ ގޮތުން ހަރުކަށި، ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް