ކ. މާލެ
|
2 މެއި 2020 | ހޮނިހިރު 21:03
ސައުދީގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ މައި ސިޓީތައް ފުރަބަންދުކޮށް، އެހެން ޞަރަޙައްދުތަކުގައި ވަނީ ކާފިއު ހިންގާފަ
ސައުދީގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ މައި ސިޓީތައް ފުރަބަންދުކޮށް، އެހެން ޞަރަޙައްދުތަކުގައި ވަނީ ކާފިއު ހިންގާފަ
ސައުދީ ގެޒެޓް
ކޮވިޑް-19: ސައުދީގެ ޙާލަތު
ސައުދީން މިއަދު އެކަނިވެސް އެއްހާހަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި
 
ޕޮޒިޓިވްވީ މީހުންގެ ޢަދަދު ވަނީ 25،459ށް އަރާފަ
 
މިއަދު ހަތް މީހުން މަރުވި
 
ސައުދީން މިއަދު 1،326 ޕޮޒިޓިވް ކޭސް ރިޕޯޓުކުރި

ސައުދީޢަރަބިއްޔާއިން ފާއިތުވެދިޔަ 24 ގަޑީއިރުގެ ތެރޭގައި އެއްހާހަށްވުރެ ގިނަ މީހުން ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވެއްޖެއެވެ.

އެޤައުމުގެ ޞިއްޙަތާބެހޭ ވުޒާރާގެ ތަރުޖަމާނާއި ޙަވަލާދީ ގަލްފުގެ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި، އެޤައުމުން ހޮނިހިރު އެކަނިވެސް 1،326 ޕޮޒިޓިވް ކޭސް ރިޕޯޓުކުރެވުނެވެ. މިއާއެކު އެޤައުމުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދު ވަނީ 25،459 އަށް އަރާފައެވެ. ތަރުޖަމާނު ވިދާޅުވެފައިވާ ގޮތުގައި ހޮނިހިރު ދުވަހު ދުވަހު ހަތް މީހުން މަރުވިއެވެ. މިއާއެކު އެޤައުމުން ކޮވިޑް-19 ޖެހި މަރުވީ މީހުންގެ ޢަދަދު ވަނީ 176 އަށް އަރާފައެވެ.

ސައުދީޢަރަބިއްޔާގައި ފާއިތުވެ ދިޔަ ތިން ދުވަހު ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ގިނަވީނަމަވެސް، އެޤައުމުން ފަރުވާދީގެން ރަނގަޅުވަމުން އަންނަ މީހުންގެ ނިޞްބަތް ގިނަ ކަމަށާއި، މަރުވާ މީހުންގެ އަދަދުވެސް މަދުވެފައިވާކަމަށް އެޤައުމުގެ ޞިއްޙަތާބެހޭ ވުޒާރާއާއި ޙަވާލާދީ ޤަލްފުގެ މީޑީއާތަކުން ރިޕޯޓުކޮށްފައިވެއެވެ. ވައިރަސް ޖެހުނު މީހުންގެ ތެރެއިން މަރުވެފައިވަނީ އެންމެ %1 މީހުންނެވެ. ފަރުވާދީގެން ރަނގަޅުވީ މީހުންގެ ޢަދަދަކީ 3،765 އެވެ. އެއީ %15 އެވެ.

ސައުދީން މިހާރު ފަށާފައިވާ "ފީލްޑް ޓެސްޓިންގ" ޕްރޮގުރާމުގެ ދަށުން 1،800 ޞަރަޙައްދަކަށް ޒިޔާރަތްކޮށް ގިނަ ޢަދަދެއްގެ މީހުން އެއްފަހަރާ ޓެސްޓްކޮށްފައިވެއެވެ. މިއީ ފަހަކަށް އައިސް ކޮވިޑް-19 އަށް ގިނަ މީހުން ޕޮޒިޓިވްވިކަން ރިޕޯޓުކުރެވޭ މައިގަނޑު އެއްސަބަބެވެ.

ސައުދީގައި ކޮވިޑް-19ށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ބިދޭސީ މަސައްކަތްތެރިން ހިމެނޭތީ އެޤައުމުގެ ސަރުކާރުން ޚާއްޞަ އަހަމިއްޔަތުކަމެއް ދީގެން ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ މަރުކަޒުތަކައް ޓީމުތައް ގޮސް ޓެސްޓުކުރަމުންދެއެވެ. އެގޮތުން މިހާތަނަށް 170،000 ބިދޭސީ މަސައްކަތްތެރިން ކޮވިޑް-19 އަށް ޓެސްޓުކުރެވިފައިވާކަމަށް ސައުދީގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެއެވެ.

ސައުދީގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ މަރުކަޒުތަކުގައި ތޮތްޖެހިފައިވާތީއާއި، އަދި ބިދޭސީ މަސައްކަތްތެރިންގެ ތެރޭގައި ކޮވިޑް-19 ފެތުރެމުންދާތީ އެޤައުުގެ ސަރުކާރުން ވަނީ ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭނެ ތަންތަން ހަމަޖައްސައިދެމުންނެވެ. މިހާތަނަށް އާއިރު 170،000 ކޮޓަރި ހިމެނޭ ގޮތައް 2000 އިމާރާތެއް ވަނީ ހަމަޖައްސައިދީފައެވެ. އެޤައުމުގެ ސަރުކާރުން ބުނާގޮތުގައި މިއީ، 350،000 މީހުންގެ ޖާގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި