ކ. މާލެ
|
2 މެއި 2020 | ހޮނިހިރު 13:17
ކޮވިޑް-19 އަށް ޓެސްޓު ކުރުމުގައި ސިއްހީ އޮފިޝަލުންތަކެއް ހަރަކާތްތެރިވަނީ
ކޮވިޑް-19 އަށް ޓެސްޓު ކުރުމުގައި ސިއްހީ އޮފިޝަލުންތަކެއް ހަރަކާތްތެރިވަނީ
އޭއެފްޕީ
ކޮވިޑް-19: ސްރީލަންކާގެ ޙާލަތު
ސްރީ ލަންކާގައި ޕޮޒިޓިވްވި މީހުންގެ އަދަދު 700 އާ ގާތަށް
 
އަލުން ކާފިޔު ހިންގަން ވަނީ ފަށާފައި
 
172 މީހަކު ވަނީ ބަލިން ފަސޭހަވެފައި
 
ޓެސްޓުތައް ހަދާ އަދަދު ވަނީ އިތުރު ކޮށްފައި

އަވަށްޓެރި ސްރީލަންކާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 690 އަށް އަރާފައިވާ ކަމަށް އެ ޤައުމުގެ ސަރުކާރުން ހާމަކޮށްފިއެވެ.

ސްރީލަންކާގެ ހެލްތު މިނިސްޓްރީން އެންމެ ފަހުން ހާމަކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ހުކުރު ދުވަހު ރިޕޯޓު ކުރެވުނު 25 ކޭސްއާއެކު ޕޮޒިޓިވްވި މީހުންނާ އެކު ޖުމުލަ ޢަދަދު 690 އަށް އަރާފައިވާ ކަަމަށެވެ. ހޮނިހިރު ދުވަހުގެ އަދި މިހާތަނަށް ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ. ބަލިން ރަނގަޅުވެފައިވާ މީހުންގެ ޢަދަދު ވަނީ 172 އަށް އަރާފައެވެ.

ސްރީލަންކާއިން ވަނީ ކޮވިޑް-19 އަށް މިހާތަނަށް 20،000 އަށްވުރެ ގިނަ ޕީސީއާރް ޓެސްޓު ހަދާފައެވެ. ބަލިން ރައްކާތެރިވުމަށް އަޅަމުންގެންދާ ފިޔަވަުތަކުގެ ތެރެއިން ވައިރަސްގެ ނުރައްކާ ބޮޑު ޞަރަޙައްދުގައި އަނެއްކާވެސް ކާފިއުގެ ޢަމުރުވަނީ އިޢުލާނު ކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ، ވެރިރަށް ކޮލޮމްބޯ، ގަމްޕަހާ، ކަލުތަރަ އަދި ޕުއްތަލަމްގެ އަވަށްތަކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް