ކ. މާލެ
|
2 މެއި 2020 | ހޮނިހިރު 13:55
ކޮވިޑް-19 އާއި ގުޅިގެން ސައުދީޢަރަބިއްޔާއިން ވަނީ އުމުރާކުރުން މެދުކަނޑާލާފައި
ކޮވިޑް-19 އާއި ގުޅިގެން ސައުދީޢަރަބިއްޔާއިން ވަނީ އުމުރާކުރުން މެދުކަނޑާލާފައި
ސައުދީ ގެޒެޓް
އުމްރާގެ އަޅުކަން
2019 ވަނަ އަހަރު 19 މިލިއަނަށްވުރެ ގިނަ މީހުން އުމްރާގެ އަޅުކަން އަދާކުރި: ސައުދީ ސަރުކާރު
 
އުމުރާވެރިން އެވްރެޖްކޮށް ދެހަފުތާ ސައުދީގައި ހޭދަކޮށްފައިވޭ
 
7،457،663 މީހުން ދުނިޔޭގެ އެހެން ޤައުމުތަކުން އުމުރާކުރަން މިދިޔަ އަހަރު ސައުދީއަށް ޒިޔާރަތްކޮށްފައިވޭ
 
މިދިޔަ އަހަރު 19،158،031 މީހުން ޢުމުރާގެ މަތިވެރި އަޅުކަން އަދާކޮށްފައިވޭ

ނަވާރަ މިލިއަނަށްވުރެ ގިނަ މީހުން 2019 ވަނަ އަހަރު އުމްރާގެ މަތިވެރި އަޅުކަން އަދާކުރި ކަމަށް ސައުދީޢަރަބިއްޔާ ސަރުކާރުން ހާމަކޮށްފިއެވެ.

ދަ ޖެނެރަލް އޮތޯރިޓީ ފޮރ ސްޓެޓިސްޓިކްސް(ގޭސްޓެޓް) އިން ހާމަކުރި ތަފާސް ހިސާބުތައް ދައްކާގޮތުން 19،158،031 މީހުން ޢުމުރާގެ މަތިވެރި އަޅުކަން އަދާކޮށްފައިވެއެވެ. މީގެތެރެއިން، 11،700،368 މީހުންނަކީ ސައުދީގެ ރައްޔިތުންނާއި، ސައުދީގައި ދިރިއުޅޭ އެހެން ޤައުމުތަކުގެ ރައްޔިތުންނެވެ. ބާކީ 7،457،663 މީހުންނަކީ ދުނިޔޭގެ އެހެން ޤައުމުތަކުގެ މީހުންނެވެ.

ސަޢުދީޢަރަބިއްޔާގެ މިނިސްޓްރީ އޮފް އުމްރާ އެންޑް ހައްޖުން ބުނާގޮތުގައި، ސައުދީންނާއި ސައުދީގައި ދިރިއުޅޭ އެހެން ޤައުމުތަކުގެ މީހުން އުމުރާގެ އަޅުކަން އަދާ ކުރި ގޮތައް ބަލާއިރު، ސައުދީ މީހުންގެ ނިޞްބަތަކީ %45.4 އަދި އެހެން ޤައުމުތަކުގެ މީހުންގެ ނިޞްބަތަކީ %54.6 އެވެ. މިއީ 2018 ވަނަ އަހަރާއި އަޅާ ބަލާއިރު %4.67 ގިނަ ޢަދަދެކެވެ.

މިދިޔަ އަހަރު، އެންމެ ގިނަ ޢަދަދެއްގެ މީހުން އުމުރާގެ އަޅުކަން އަދާކޮށްފައިވަނީ ރަމަޟާންމަހުގައި ކަމަށް އެމިނިސްޓްރީން ބުނެފައިވެއެވެ. މުސްލިމް އެހެން ޤައުމުތަކުން އުމުރާގެ އަޅުކަން އަދާކުރުމަށް ސަޢުދީޢަރަބިއްޔާއަށް ޒިޔާރަތްކުރި މީހުން އެވްރެޖްކޮށް ހޭދަކޮށްފައިވަނީ ދެހަފުތާގެ މުއްދަތެއްކަމަށާއި، އަދި ދަތުރުކުރުމަށް ގިނައިން ބޭނުންކޮށްފައިވަނީ ޕްރަައިވެޓް ވެހިކަލް ކަމަށް މިނިސްޓްރީ އޮޕް އުމްރާ އެންޑް ހައްޖުން ބުނެފައިވެއެވެ. އަދި އެންމެ ގިނައިން އުމުރާގެ އަޅުކަން އަދާ ކުރުމަށް ސައުދީޢަރަބިއްޔާއަށް ޒިޔާރަތްކުރި އުމުރާވެރިންނަކީ އުމުރުން 30-39 އަހަރުގެ މީހުންކަން އެމިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ސައުދީޢަރަބިއްޔާގައި ކޮވިޑް-19 ފެތުރުމާއި ގުޅިގެން، އެހެން ޤައުމުތަކުގެ މީހުން އުމުރާއަށް ދިއުން ވަނީ ވަގުތީ ގޮތުން ހުއްޓުވާފައެވެ. އަދި މިއަހަރުގެ ޙައްޖުގެ އިންތިޒާމުތައްވެސް މަޑުޖައްސާލަން ސައުދީ ސަރުކާރުން ވަނީ މުސްލިމް ޤައުމުތަކަށް އަންގާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
50%
0%
50%
0%
0%
ކޮމެންޓް
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި