ކ. މާލެ
|
1 މެއި 2020 | ހުކުރު 17:50
ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލިސް، ނޭޝަނަލް އެސެމްބްލީގެ ރައީސް އަސަދު ގައިސަރ
ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލިސް، ނޭޝަނަލް އެސެމްބްލީގެ ރައީސް އަސަދު ގައިސަރ
ޑެއިލީސަން.ކޮމް
ކޮވިޑް-19 ޕާކިސްތާން
ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލިހުގެ ރައީސް ކޮރޯނާވައިރަސް އަށް ޕޮސިޓިވް ވެއްޖެ
 
ގައިސަރ ގެ ދެބޭފުޅުން ވެސް ބައްޔަށް ޕޮސިޓިވް
 
ބައެއް މީޑިއާތަކުން ބުނަނީ ގައިސަރ ބަޔަކަށް ދައުވަތު ދެއްވައިގެން ރޯދަ ވީއްލުމެއް ބޭއްވެވި ކަމަށް

ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލިސް، ނޭޝަނަލް އެސެމްބްލީގެ ރައީސް އަސަދު ގައިސަރ ކޮރޯނާ ވައިރަސް އަށް ޕޮސިޓިވް ވެއްޖެ އެވެ.

އެމަނިކުފާނު ބައްޔަށް ޕޮސިޓިވްވި ކަން ހާމަ ކުރައްވާފައިވަނީ އޭނާގެ ޓްވިޓަރ ގައެވެ.

އެމަނިކުފާނު ވިދާޅުވެފައިވަނީ ދަރިކަލުންނާއި ދަރިކަނބަލުން ގެ ޓެސްޓްގެ ނަތީޖާވެސް ޕޮސިޓިވް ވެފައިވާ ކަމަށެވެ.

ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ކޮވިޑް-19 ށް ޕޮސިޓިވް ވީ އިރު، އެ ގައުމުގެ އެހެން އިސް ސިޔާސީ ދެ ބޭފުޅަކުވެސް ވެސް ކޮވިޑް-19 ށް ވަނީ ޕޮސިޓިވް ވެފައެވެ.

މިގޮތުން ސިންދު ޕްރޮވިންސްގެ ގަވަރުނަރު މީގެ ތިން ދުވަސް ކުރިން ވަނީ ކޮވިޑް-19 ށް ޕޮސިޓިވް ވެފައެވެ.

ޕާކިސްތާނުގެ އެކްސްޕްރެސް ޓްރިބިއުން އިން ބުނާ ގޮތުގައި ހުސްވި މަހުގެ 28 ވީ އަންގާރަ ދުވަހު ގައިސަރ ވަނީ ބަޔަކަށް ދައުވަތު ދެއްވައިގެން އޭނާގެ ގެކޮޅުގައި ރޯދަ ވީއްލުމެއްވެސް ބާއްވަވާފައެވެ.

ޕާކިސްތާނުގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 16000 ށް ވުރެ މައްޗަށް ގޮސްފައެވެ. ބަލީގައި ބުރާސްފަތި ދުވަހުގެ ނިޔަލަށް 385 މީހުން ވަނީ މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
0%
0%
0%
0%
ކޮމެންޓް