ކ. މާލެ
|
1 މެއި 2020 | ހުކުރު 17:03
ގިނަ ކުށްވެރިން ދޫކޮށްލަނީ މަޖުބޫރުވެގެން
ގިނަ ކުށްވެރިން ދޫކޮށްލަނީ މަޖުބޫރުވެގެން
އަލްޖަޒީރާ
އަފްގާނިސްތާނުގައު ކޮވިޑް-19 ފެތުރިގެން ދިއުން
ކޮވިޑް-19އާ ގުޅިގެން އަފްޣާނިސްތާން ޖަލުގައި ތިބި ކުށްވެރިން ދޫކޮށްލަނީ
 
އެގައުމުގެ ސިއްހީ ނިޒާމު ވަނީ ވަރަށް ބޮޑަށް ހީނަރުވެފައި
 
ޖަލުގައި ވައިރަސް ފެތުރިދާނެ ކަމުގެ ބިރުވަނީ ހީވެފައި
 
ޖަލުގައި އާދަޔާ ހިލާފަށް ކުށްވެރިން ގިނަ

ކޮވިޑް-19އާ ގުޅިގެން އަފްޣާނިސްތާން ޖަލުގައި ތިބި ކުށްވެރިން ދޫކޮށްލަން އެޤައުމުގެ ސަރުކާރަށް މަޖުބޫރު ވެއްޖެއެވެ.

އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ކުށްވެރިން ދޫކޮށްލަން މަޖުބޫރުވީ ޖަލުތަކުގައި އާދަޔާ ޚިލާފަށް ގިނަ ޢަދަދެއްގެ ކުށްވެރިން ބަންދުކޮށްފައި ތިބުމާ ގުޅިގެންނެވެ. އަދި މިކަމުގެ ސަބަބުން ޖަލުގައި ވައިރަސް ފެތުރިއްޖެނަމަ، ޖަލުގައި ތިބި ގިނަ ބަޔަކަށް ކޮވިޑް-19 ޖެހުމުގެ ފުރުޞަތު ބޮޑުވެފައިވާތީއެވެ.

އަފްޣާނިސްތާންގެ ޞިއްޙީ ނިޒާމު އޮތީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. އެޤައުމަކީ އަބަދު ވެސް ދާޚިލީ ހަނގުރާއާއި، ސިޔާސީ ހަމަނުޖެހުން ވަރަށް ބޮޑަށް އޮންނަ ޤައުމެއް ކަމަށްވާތީ، ޞިއްޙީ ނިޒާމުގެ އިތުރުން އެހެން ދާއިރާތަކުން ތަރައްޤީ ކުރުމަށް ކުރަމުންދާ މަސައްކަތައް ވަނީ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައެވެ.

އަފްޣާނިސްތާނުގައި ކޮވިޑް-19 ހަލުވިމިނެއްގައި ފެތުރެމުންދާއިރު، މިހާރު ވެސް އެޤައުމުގެ ހޮސްޕިޓަލްތައް ވަނީ ފުރިބާރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
100%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ