ރައީސް ޔާމީންގެ ސިޔާސީ އަދި މަޖިލީހުގައި އޮތް ތާއީދުވެސް އެ ދަނީ ފުނޑެމުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅު ވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، ގއ. ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު އިސްލާހީ މަސައްކަތްތަކުގައި އިދިކޮޅު ފަރާތްތަކާއެކު މަސައްކަތް ކުރައްވަން ނިންމެވިކަން އިއުލާން ކުރެއްވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އާދިއްތަ ދުވަހުގެ ރޭ ކުރެއްވި ޓުވީޓެއްގައެވެ.
ރައީސް ނަޝީދުގެ ޓުވީޓުގައި ރައްޔިތުންނާ އެއްކޮޅަށް މަސައްކަތް ކުރައްވަން ނިންމެވީތީ މެމްބަރު ސައުދަށް މަރުހަބާ ދަންނަވާ ކަމަށް ވިދާޅުވެފައިވެއެވެ.
President Yameen's parliamentary and political support at the edge of collapsing. Welcome @SaudVillingili's decision to side with Maldivians
— Mohamed Nasheed (@MohamedNasheed) April 2, 2017
ރައީސް ނަޝީދުއާއި، ރައީސް މައުމޫންއާއި، ޝެއިޚް އިމްރާން އަދި އޮނަރަބަލް ގާސިމް އިބްރާހިމް ގުޅިވަޑައިގެން ފައްޓަވާފައިވާ އިސްލާހީ މަސައްކަތާއެކު މެމްބަރު ސައުދު ކުރިއަށް ވަޑައިގަންނަވަން ނިންމެވިކަން އިއުލާން ކުރެއްވީ އާދިއްތަ ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގައެވެ.