ކ. މާލެ
|
1 މެއި 2020 | ހުކުރު 17:17
ގައިން ގަޔަށް އަރާ ބަލިތަކުގެ ޚާއްސަ ޑޮކްޓަރ ޑރ. އެންތަނީ ފައުޗީ
ގައިން ގަޔަށް އަރާ ބަލިތަކުގެ ޚާއްސަ ޑޮކްޓަރ ޑރ. އެންތަނީ ފައުޗީ
ސްޓްރެއިޓް ޓައިމްސް
ކޮވިޑް-19 އަށް ވެކްސިންއެއް ތައްޔާރުކުރުން
ކަންކަން ރަނގަޅަށް ހިނގަމުންދާނަމަ، ޖެނުއަރީ މަހު ވެކްސިންއެއް ތައްޔާރުކުރެވިދާނެ: ފައުޗީ
 
އާ ބައްޔަކަށް ވުމުން ވެކްސިންއެއް ތައްޔާރު ކުރުމަކީވެސް އުނދަގޫ ކަމެއް
 
ކޮންމެ ވެކްސިންއެއް ކާމިޔާބުނުވެދާނެ: ފައުޗީ
 
މިހާރުވެސް ވެކްސިންއެއް ތައްޔާރު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން

މިހާރު މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އަށް ވެކްސިން އުފެއްދުމުގެ މަސައްކަތްތައް ރަނގަޅަށް ކުރިއަށްދާނަމަ، ޖެނުއަރީ މަހު ކޮވިޑް-19 ވައިރަހަށް ވެކްސިންއެއް ތައްޔާރުކުރެވިދާނެ ކަމަށް އެމެރިކާގެ ގައިން ގަޔަށް އަރާ ބަލިތަކުގެ ޚާއްޞަ ޑޮކްޓަރެއް ކަމަށްވާ ޑރ. އެންތަނީ ފައުޗީ ވިދާޅުވެއްޖެއެވެ.

ބޭރުގެ މީޑިއާއެއް ކަމަށްވާ ސީއެންއެން އަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި ފައުޗީ ވިދާޅުވީ ވެކްސިންތައް ތައްޔާރުކުރުމަކީ ތަޖުރިބާ ކުރެވިފައިވާކަމެއް ކަމަށެވެ.

ތައްޔާރު ކުރާ ކޮންމެ ވެކްސިންއެއް ކާމިޔާބުނުވާ ކަން ފާހަގަކުރައްވާ ފައުޗީ ވިދާޅުވީ މިހާރުވެސް ވެކްސިންއެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ފައުޗީ ވިދާޅުވީ ޖެނުއަރީ މަހު ކޮވިޑަށް ވެކްސިންއެއް ތައްޔާރުކުރެވިދާނެ ކަމަށެވެ.

ކޮވިޑް-19 އަކީ މުޅިން އާ ބައްޔަކަށް ވުމުން ވެކްސިންއެއް ތައްޔާރު ކުރުމަކީވެސް އުނދަގޫ ކަމެއް ކަމަށެވެ. އެއީ ރިސްކު ބޮޑު ބައްޔަކަށްވެފައި، އޭގެ ސަބަބުން ގިނަ ބައެއްގެ ފުރާނައަށް ނުރައްކާވަމުންދާތީ އެ ބައްޔަށް އަވަސް ފަރުވާއެއް ހޯދަންޖެހޭ ކަމަށް ފައުޗީ ވިދާޅުވިއެވެ.

ޗައިނާއިން ފެނުނު މި ވައިރަސް ދުނިޔޭގެ 217 ޤައުމު/ޓެރިޓަރީސް އަކުން ފެނިފައިވާއިރު، މުޅި ދުނިޔެއިންވެސް ވައިރަސްއަށް އެންމެ ގިނަ ޢަދަދެއްގެ މީހުން ޕޮޒިޓިވްވެފައިވަނީވެސް އަދި މަރުވެފައިވަނީވެސް އެމެރިކާއިންނެވެ. އެގޮތުން އެމެރިކާއިން މިލިއަނަކަށްވުރެ ގިނަ މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ