ކ. މާލެ
|
1 މެއި 2020 | ހުކުރު 00:04
ރަޝިއާގެ ބޮޑު ވަޒީރު މީޚާއީލް މިޝުޓްސްޓިން
ރަޝިއާގެ ބޮޑު ވަޒީރު މީޚާއީލް މިޝުޓްސްޓިން
ރޮއިޓަރސް
ދުނިޔެ
ރަޝިއާގެ ބޮޑުވަޒީރު ކޮވިޑް-19 ށް ޕޮސިޓިވް ވެއްޖެ
 
ބަލީގައި މިހާތަނަށް 1073 މީހުން ރަޝިއާގައި މަރުވެއްޖެ
 
ބުރާސްފަތި ދުވަހު 7099 މީހުން ބައްޔަށް ޕޮސިޓިވްވި
 
ބޮޑު ވަޒީރުގެ ޒިންމާތައް ބޮޑުވަޒީރުގެ ނައިބް އާ ހަވާލު ކޮށްފި

ރަޝިޔާގެ ބޮޑުވަޒީރު މީޚާއީލް މިޝުޓްސްޓިން ކޮވިޑް-19 ށް ޕޮސިޓިވް ވެއްޖެއެވެ.

ރަޝިޔާގެ ބޮޑުވަޒީރު ބައްޔަށް ޕޮސިޓިވް ވީ ކަން ހާމަ ކުރެއްވީ، ރައީސް ޕުޓިން އާ އެކު ބޭއްވެވި ވީޑިއޯ ކޮންފަރެންސެއްގައެވެ.

ކޮވިޑް-19 އަށް ޕޮސިޓިވް ވުމާއެކު އެކަރިދިރިއުޅުއްވުމެއް އުޅުއްވަން ޖެހޭތީ، ބޮޑުވަޒީރުގެ ޒިންމާތައް ބޮޑު ވަޒީރުގެ ނައިބަށް ހަވާލު ކޮށްދެއްވުމަށް ބޮޑުވަޒީރު ވަނީ ރަޝިއާގެ ރައީސްގެ އަރިހުގައި ދަންނަވާފައެވެ.

ބޮޑުވަޒީރުގެ އެދި ވަޑައިގަތުމާ އެއް ގޮތައް ބޮޑުވަޒީރުގެ ނައިބު އަންދްރޭ ބެލޫސޯވް އާ ބޮޑުވަޒީރުގެ މަސްއޫލިއްޔަތު ތައް ވަގުތީ ގޮތުން ހަވާލު ކުރެއްވުމަށް ރައީސް ޕުޓިން މިހާރު ވަނީ ގަރާރެއް ނެރުއްވާފައެވެ.

މިއީ ރަޝިއާގެ އެންމެ މަތީ ފެންވަރުގެ ވެރިއަކަށް ކޮވިޑް-19 ޕޮސިޓިވް ކަމަށް ކުރެވުނު ފުރަތަމަ ރިޕޯޓުކަން ފާހަގަ ކުރެވެއެވެ.

ބޮޑުވަޒީރު ވަނީ ބުދަ ދުވަހު ބޭއްވުނު ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ރަޝިއާ ގައި އުފައްދާފައިވާ ކޯޑިނޭޓިންގ ކައުންސިލްގައި ބައިވެރިވެ ވަޑައިގެންފައެވެ. އެ ބައްދަލު ވުމުގައި ކޮވިޑް-19 ގެ ސަބަބުން ބަންދުކޮށްފައިވާ ރަޝިއާގެ ބޯޑަރު އަލުން ހުޅުވާލެވޭނެ ދުވަހެއް އަދި އެނގިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާފައި ވެއެވެ.

ބުރާސްފަތި ދުވަހާ ހަމައަށް ރަޝިއާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 100،000 (އެއް ލައްކަ) ށް ވުރެ މައްޗަށް ގޮސްފައެވެ. އަދި އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ މީހުން ބައްޔަށް ޕޮސިޓިވް ވި ދުވަސް ކަމަށް ވެސް ބުރާސްފަތި ދުވަސް ވަނީ ވެފައެވެ. ބުރާސްފަތި ދުވަހު 7099 (ހަތްހާސް ނުވަދިހަ ނުވައެއް) މީހުންނަށް ކޮވިޑް-19 ޖެހިފައިވެއެވެ.

ބަލީގައި މިހާތަނަށް 1073 (އެއްހާސް ހަތްދިހަ ތިނެއް) މީހުން ރަޝިއާގައި މަރުވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
100%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ