ކ. މާލެ
|
30 އޭޕްރިލް 2020 | ބުރާސްފަތި 20:09
ޖަޕާނުގެ ވެރިރަށް ޓޯކިޔޯގެ ރޭލް ސްޓޭޝަނެއްގައި ވައިރަސް އިން ރައްކާތެރި ވުމަށް މާސްކް އަޅައިގެން ތިބި ބަޔަކު ހިނގާފައި ދަނީ
ޖަޕާނުގެ ވެރިރަށް ޓޯކިޔޯގެ ރޭލް ސްޓޭޝަނެއްގައި ވައިރަސް އިން ރައްކާތެރި ވުމަށް މާސްކް އަޅައިގެން ތިބި ބަޔަކު ހިނގާފައި ދަނީ
އޭޕީ
ކޮވިޑް-19 ޖަޕާން
ޖަޕާނުން ކޮރާނާވައިރަސް އިމަޖެންސީގެ މުއްދަތު އިތުރު ކުރަނީ
 
މަސް ދުވަހަށް މުއްދަތު އިތުރު ކުރާނެ ކަމަށް ބެލޭ

ނޮވެލް ކޮރޯނާވައިރަސް އާ ގުޅިގެން ޖަޕާނުގައި އިއުލާނު ކޮށްފައިވާ އިމަޖެންސީ ގެ މުއްދަތު އިތުރު މަސްދުވަހަކަށް ދަންމަން ޖަޕާނުގެ ސަރުކާރުން ވިސްނަމުންދާ ކަމަށް ރޮއިޓާސް އިން ބުރާސްފަތި ދުވަހު ބުނެފިއެވެ.

ޖަޕާނުގައި މިހާރު އިއުލާނު ކޮށްފައިވާ އިމަޖެންސީގެ މުއްދަތު ނިމޭނީ މެއި މަހުގެ 6 ވަނަ ދުވަހަށެވެ.

މިހާރު ކަނޑައަޅާފައިވާ ތާރީޚަށް އާއްމު ދިރިއުޅުމަކަށް ބަދަލު ވުމަށް ދަތި ވާނެ ކަމަށް ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ރިޕޯޓަރުން ގާތު ވާނީ ވިދާޅުވެފައެވެ.

މެއި މަހުގެ 7 ގައި އާއްމު ދިރިއުޅުމަކަށް އެނބުރޭން އަދި ދަތިވާނެ
ޖަޕާނުގެ ބޮޑުވަޒީރު

ވެރިރަށް ޓޯކިޔޯ ހިމެނޭ ގޮތުން ޖަޕާނުގެ 7 ސަރަހެއްދެއްގައި އިމަޖެންސީ ހިންގުމަށް ބޮޑުވަޒީރު އިއުލާން ކުރެއްވީ އޭޕްރީލް މަހުގެ 7 ވަނަ ދުވަހުއެވެ.

އިމަޖެންސީ އިއުލާން ކުރުމާއެކު، ރައްޔިތުން ގޭގައި ތިބުމަށް އަމުރު ކުރުމަށާއި، ވިޔަފާރިތައް ބަންދު ކުރުމަށް އަމުރު ކުރުމުގެ ބާރު ސަރުކާރަށް ލިބެއެވެ. ނަމަވެސް މިއިން ކަމަކާ ޚިލާފު ވިޔަސް އަދަބެއް ދެވޭ ގޮތެއް ގާނޫނީ ގޮތުން ޖަޕާނުގައި ހަމަޖެހިފައެއް ނޯވެއެވެ.

ޖަޕާނުގައި މިހާތަނަށް 14،000 (ސާދަ ހާސް) މީހުންނަށް ކޮރޯނާވައިރަސް ޖެހިފައިވާއިރު ބަލީގައި 436 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ޕަބްލިކް ބްރޯޑްކާސްޓަރ އެން.އެޗް.ކޭ އިން ހާމަ ކޮށްފައިވެއެވެ. މިއީ ޔޫރަޕް އާއި އެމެރިކާ އަށް ބަލާއިރު ދަށް އަދަދުތަކެއް ކަން ފާހަގަ ކުރެވެއެވެ.

ބައްޔަށް ޕޮސިޓިވް ވެފައިވާ މީހުންގެ ތެރެއިން 4،000 މީހުން ނިސްބަތްވަނީ ވެރިރަށް ޓޯކިޔޯ އަށެވެ. ބުރާސްފަތި ދުވަހު އަލަށް 46 މީހުންނަށް ކޮވިޑް-19 ރޯގާ ޖެހިފައިވާ ކަން ރިޕޯޓު ކޮށްފައި ވެއެވެ.

ކޮރޯނާވައިރަސްގެ ސަބަބުން ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަތަކުން އަރައިގަތުމަށް ޖަޕާނު ސަރުކާރުން 1 ޓްރިލިއަން ޑޮލަރުގެ ޕްރޮގްރާމެއް ވަނީ ފަށާފައެވެ.

ޖަޕާނުގެ ކޮންމެ ރައްޔިތަކަށް 100،000 (އެއް ލައްކަ) ޔެން ނުވަތަ 938 ޑޮލަރުގެ އެހީ ސަރުކާރުން ދޭ ގޮތައް ވަނީ ހަމަޖައްސާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި