ކ. މާލެ
|
30 އޭޕްރިލް 2020 | ބުރާސްފަތި 17:09
ލުބްނާނުގެ ބެއިރޫތުގައި، ހިޒްބުﷲ ޖަމާޢަތުން ބޭއްވި ޕެރޭޑެއްގެ ތެރެއިން
ލުބްނާނުގެ ބެއިރޫތުގައި، ހިޒްބުﷲ ޖަމާޢަތުން ބޭއްވި ޕެރޭޑެއްގެ ތެރެއިން
އަލްއަރަބިއްޔާ
ހިޒްބުﷲ ޓެރަރިސްޓު ގްރޫޕެއްގެގޮތުގައި ކަނޑައެޅުން
ހިޒްބުﷲ ޖަމާޢަތަކީ ޓެރަރިސްޓު ޖަމާޢަތެއްގެ ގޮތުގައި ޖަރުމަންވިލާތުން ކަނޑައަޅައިފި
 
ޖަރުމަން ފުލުހުން ދަނީ އަލް-އިރުޝާދު މިސްކިތް ކައިރީ ފޯރިމަރަމުން
 
ޖަރުމަންވިލާތުގައި ތިބެގެން 1،050 މީހުން ހިޒްބުﷲއަށް ވާގިވެރިވެދޭ
 
ޖަރުމަނުގެ ފަސްގަނޑުގައި ހިޒްބުﷲ ޖަމާޢަތުގެ ޙަރަކާތްތައް ހިންގުން މަނާ

އީރާނުން ވާގިވެރިވެދޭކަމަށް ބުނާ ޙިޒްބުﷲ ޖަމާޢަތަކީ ޓެރަރިސްޓު ޖަމާޢަތެއްގެގޮތުގައި ޖަރުމަންވިލާތުން ކަނޑައަޅައިފިއެވެ.

ޖަރުމަންވިލާތުގެ ދާޚިލީ ވުޒާރާއިން މިކަން ހާމަކޮށް ޢާންމުކުރި ބަޔާނުގައި ބުނެފައިވަނީ ބުރާސްފަތި ދުވަހުން ފެށިގެން، ހިޒްބުﷲ ޖަމާޢަތް ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގައި ކަނޑައަޅާ، އެޤައުމުގެ ފަސްގަނޑުގައި އެޖަމާޢަތުގެ ޙަރަކާތްތައް ހިންގުން މަނާކުރާކަމަށެވެ. ހަރުކަށި ވިސްނުުމުގެ ޝިޢީންގެ ގްރޫޕެއް ކަމަށްވާ ޙިޒްބުﷲގެ ސިޔާސީ ގޮފިވެސް މީގެކުރިން ޖަރުމަންވިލާތުންވަނީ "ބްލެކްލިސްޓް" ކޮށްފައެވެ. އެއީ އަރަބި އިންތިފާޟާގައި އެޤައުމުގެ ސަރުކާރާއި ދެކޮޅަށް ހިންގި ހަރުކަށި ޢަމަލުތަކުގެ ސަބަބުންނެވެ.

ޖަރުމަންވިލާތުގެ ފުލުހުން ވަނީ ބުރާސްފަތިދުވަހުގެ ފަތިހު އެޤައުމުގެ ހަތަރު ޞަރަޙައްދެއްގައި ހުންނަ މިސްކިތްތައް "ރެއިޑް" ކޮށްފައެވެ. އެ މިސްކިތްތަކަކީ ޙިޒްބުﷲއިން އެހީތެރިވެނޭ މިސްކިތްތަކެއް ކަމަށް ޖަރުމަންވިލާތުގެ ސަރުކާރުން ބުނެއެވެ. އެޤައުމުގެ ދާޚިލީ ވުޒާރާއިން ބުނާ ގޮތުގައި ޖަރުމަންވިލާތުގައި ތިބެގެން 1،050 މީހުން ހިޒްބުﷲގެ ހަރުކަށި ގްރޫޕަށް ވާގިވެރިވެދެއެވެ.

ޙިޒްބުﷲ ޖަމާޢަތަކީ ޓެރަރިސްޓު ޖަމާޢަތެއްގެގޮތުގައި ޖަރުމަންވިލާތު ސަރުކާރުން ނިންމުމާއި ގުޅިގެން އެޤައުމުގެ ފުލުހުންދަނީ ވެރިރަށް ބަރލިންގެ މެދުތެރޭގައި ހުންނަ އަލް-އިރުޝާދު މިސްކިތް ކައިރީ ފޯރިމަރަމުންނެވެ.

ޖަރުމަންވިލާތާއި ހުޅަނގުގެ ޤައުމުތަކުން ދެކޭގޮތުގައި، ހިޒްބުﷲ ޖަމާޢަތަކީ، އީރާނު ސަރުކާރާއި އަދި ލުބްނާނުގެ މިހާރުގެ ބޮޑު ވަޒީރު ޙަސަން ދިއާބަށް ވާގިވެރިވެދޭ ޖަމާޢަތެކެވެ. އެމެރިކާއިން މީގެ ކުރިން ވަނީ އެޖަމާޢަތް ބްލެކްލިސްޓުކޮށް، ޖަރުމަންވިލާތުންވެސް އެގޮތައް ޢަމަލުކުރުމަށް ގޮވާލާފައެވެ.

ވިލާތު އިއްތިހާދުންވެސް ވަނީ ހިޒްބުﷲގެ އަސްކަރީ ގޮތްޕަކީ ޓެރަރިސްޓް ގުރޫޕެއްގެ ގޮތުގައި ކަނޑައަޅާފައެެވެ. އެހެންނަމަވެސް ސިޔާސީ ގޮތްޕާއިމެދު ގޮތެއް ކަނޑައަޅާފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
50%
50%
0%
ކޮމެންޓް
ގުޅުންހުރި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ