ކ. މާލެ
|
30 އޭޕްރިލް 2020 | ބުރާސްފަތި 15:42
ޖަރުމަނުގެ މަގުތައް
ޖަރުމަނުގެ މަގުތައް
ގޫގުލް
ކޮވިޑް-19 ދުނިޔޭގެ ހާލަތު
ހަފުތާއެއްގެ ތެރޭގައި 8 ލައްކައަށް ވުރެ ގިނަ ޓެސްޓު ކުރުމުގެ ކެޕޭސިޓީ އެބަހުރި: ޖަރމަނީ
 
ފާއިތުވި ހަފްތާގައި ޖަރުމަނުން ކޮށްފައިވަނީ 467,137 ޓެސްޓު
 
ފާއިތުވެ ދިޔަ 24 ގަޑިއިރު ތެރޭގައި 173 މީހުން މި ބަލީގައި މަރުވެފައިވޭ
 
ހަފްތާއެއްގެ ތެރޭގައި 860,494 ޓެސްޓު ހެދޭނެ

ހަފުތާއެއްގެ ތެރޭގައި ކޮވިޑް-19 އަށް 8 ލައްކައަށް ވުރެ ގިނަ ޓެސްޓު ކުރުމުގެ ކެޕޭސިޓީ އެބަހުރި ކަމަށް ޖަރުމަނުގެ ނެޝަނަލް ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އިން ބުނެފިއެވެ.

ކޮވިޑް-19 އަށް ޓެސްޓުކުރުން އިތުރުކުރުމަކީ މުހިންމުކަމެއް ކަމަށް ވާއިރު، ޖަރުމަނުގެ ލެބުތަކުން ވަނީ އެޤައުމުގައި ކޮވިޑް-19 އަށް ޓެސްޓު ކުރެވޭ ކެޕޭސިޓީ އިތުރުކޮށްފައެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 141,815 ޕީސީއާރު ޓެސްޓު ހެދުމުގެ ކެޕޭސިޓީ އެބަހުރިކަމަށެވެ.

ދުވާލެއްގެ މައްޗަށް އެއް ލައްކަ އަށް ވުރެ ގިނަ ޓެސްޓު ހެދޭއިރު ހަފުތާއެއްގެ ތެރޭގައި 860,494 ޓެސްޓު ހެދޭނެ ކަމަށެވެ.

ޖަރުމަނުގެ ލެބުތަކުން ޓެސްޓު ކުރެވޭ ކެޕޭސިޓީ އިތުރުކޮށްފައިވާއިރު ފާއިތުވި ހަފުތާގައި ޖަރުމަނުން ކޮށްފައިވަނީ 467,137 ޓެސްޓެވެ. ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ޖަރުމަނުން ރިޕޯޓުކޮށްފައިވަނީ 1478 ކޭސްއެވެ. އަދި ފާއިތުވެ ދިޔަ 24 ގަޑިއިރު ތެރޭގައި 173 މީހުން މި ބަލީގައި މަރުވެފައިވެއެވެ.

ޖަރުމަނުން ވަނީ މި ބަލި ކޮންޓްރޯލް ކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. މި ކުރިއެރުމުގެ ފަހަތުގައި ވަނީ ޓެސްޓު ކުރެވޭ މިންވަރު އިތުރުކުރުން ކަމަށް އެޤައުމުން ބުނެއެވެ.

ބަލި ކޮންޓްރޯލް ކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާއިރު، ޖަރުމަނު ސަރުކާރުން ވަނީ ކޮވިޑް-19 އާއި ގުޅިގެން އެޤައުމުގައި އަޅާފައިވާ ފިޔަވަޅުތަކެއް ލުއިތަކެއް ދިނުމަށް ވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު