ކ. މާލެ
|
30 އޭޕްރިލް 2020 | ބުރާސްފަތި 14:32
ޔަމަނުގެ ސަނާގެ މަގުމައްޗަށް ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް ބޭސް ޖަހަނީ، އޭޕްރީލް 28، 2020
ޔަމަނުގެ ސަނާގެ މަގުމައްޗަށް ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް ބޭސް ޖަހަނީ، އޭޕްރީލް 28، 2020
ރޮއިޓަރސް
ކޮވިޑް-19، ޔަމަންގެ ހާލަތު
ޔަމަނުގައި ކޮވިޑް-19 ޖެހިގެން ފުރަތަމަ 2 މަރު
 
ދާޚިލީ ހަމަނުޖެހުން ތަކުގެ ސަބަބުން ބަލި ކޮންޓްރޯލް ކުރުމަށް ބޮޑެތި ގޮންޖެހުންތައް ވަނީ ކުރިމަތިވެފައި

ޔަމަނުގައި ކޮވިޑް-19 ޖެހިގެން ދެ މީހުން މަރުވެއްޖެ ކަމަށް އެ ގައުމުން ހާމަ ކޮށްފިއެވެ. މިއީ ކޮރޯނާވައިރަސް ބަލި ޖެހިގެން މަރުވި ކަމަށް އެ ގައުމުން ހާމަ ކުރި ފުރަތަމަ ފަހަރެވެ.

އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ޔަމަނުގެ ދެކުނުގެ ސަރަހައްދެއްގައި ކޮރޯނާވައިރަސް ބަލި އުޅޭ ކަމަށް ފުރަތަމަ ރިޕޯޓު ކުރުމާ ގުޅިގެން، އެތައް މިލިއަން ބަޔަކު ބަނޑުހައި ހޫނު ކަމާ ކުރިމަތި ލާން ޖެހިފައިވާ އަދި ބޭސް ފަރުވާގެ ހާލަތު ދަށް ޔަމަނުގައި ހަލުއި ކަމާއެކު ބަލި ފެތުރިދާނެ ކަމުގެ ބިރު އޮތް ކަމަށް އ.ދ އިން ވަނީ ބުނެފައެވެ.

ބަލީގެ ނުރައްކަލާ ޔަމަނުން ކުރިމަތި ލާއިރު، ބައިނަލްއަގްވާމީ މުޖްތަމައުން ބަލައިގެންފައިވާ ޔަމަނުގެ ވަގުތީ ސަރުކާރު، ހޫތީން ވައްޓާލުމާއެކު އެ ގައުމުގައި އުފެދުނު ހަމަ ނުޖެހުން ތަކަށް އަދި ވެސް ނިމުމެއް ނާދެއެވެ. ހިނގަމުންދާ ދާޚިލީ ހަމަ ނުޖެހުންތަކާއެކު ޔަމަނުގެ ސިއްހީ ނިޒާމު މުޅިންހެން ވަނީ ފުނޑިފައެވެ.

ހޫތީންގެ ބާރުގެ ދަށުގައި އޮތް ވެރިރަށް ސަނާ ގައި ކޮވިޑް ބަލި އުޅޭ ކަމަށް އިތުބާރު ކުރެވޭ މަސަދަރުތަކާ ހަވާލާދީ ރޮއިޓާސް އިން ބުނެފައިވެއެވެ. ނަމަވެސް ސަނާ ގައި އޮތް ހޫތީ ސަރުކާރުން ބުނަމުން އަންނަނީ ސަނާގައި ބަލި ނޫޅޭ ކަމަށާއި ޓެސްޓް ކުރާ އެންމެން ނެގެޓިވް ކަމަށެވެ. ކޮވިޑް-19 ބަލީގެ މައުލޫމާތު ހޫތީން ސިއްރު ކުރާ ކަމުގެ ތުހުމަތު ވަނީ ކުރެވިފައެވެ.

ކޮވިޑް-19 ޖެހިގެން ދެ މީހުން މަރުވި ކަމަށް ރިޕޯޓު ކުރި އަދަން ސަރަހައްދުގައި އޮތީ ވަކި ސަރުކާރެއް އުފައްދާފައެވެ. އެ ސަރުކާރު ހިންގަނީ ސަދަން ޓްރާންސިޝަނަލް ކައުންސިލުންނެވެ. މި ކައުންސިލްގެ ދަށުން އުފައްދާފައިވާ އެމަޖެންސީ ކޮރޯނޯވައިރަސް ކޮމިޓީން ބުނެފައިވަނީ، ހޫތީންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުގައި ކޮވިޑް-19 އުޅޭ ކަމަށް ހޫތީން އެއްބަސް ނުވަނީ ކަމަށެވެ.

ޔަމަނުގެ އާބާދީ ބޮޑެތި ސަރަހައްދުތަކުގެ ކޮންޓްރޯލް އޮތީ އީރާނުން މަދަދުވެރިވާ ހޫތީންގެ އަތުގައެވެ.

ސައުދީ އަރަބިއްޔާ އިން މަދަދު ދޭ ޔަމަނުގެ ސަރުކާރުގެ ސިއްހަތާ ބެހޭ ވަޒީރު ޔަމަން ޓީވީ އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވި ކަމަށް ރޮއިޓާސް އިން ބުނީ، އަދަން އިން ކޮވިޑް-19، ފަސް މީހަކަށް ޖެހި އަދި ދެ މީހުން ބަލީގައި މަރުވެފައިވާ ކަމަށެވެ. ސިއްހަތާ ބެހޭ ވަޒީރު ވިދާޅުވީ، އެއްކަހަލަ ނިޝާންތައް ފެންނަ ޑެންގޫ ފަދަ ބަލިތައް ޔަމަނުގައި އުޅޭތީ ޓެސްޓް ކުރުމުގެ ގާބިލް ކަމެއް ނެތި ކޮވިޑް-19 ބަލި ދެނެގަންނަން ދަތިވާ ކަމަށެވެ.

ބުދަ ދުވަހު އ.ދ. އިން ބުނެފައިވަނީ ޔަމަންގައި ބަލި ފެތުރެމުން ދާ ކަމަށް ބެލޭނެ ހަގީގީ ފުރުސަތު އެބަ އޮތް ކަމަށެވެ.

ޔަމަނުގައި ބަލި ހަލުއި ކަމާއެކު ފެތުރިގެން ހިނގައިދާނެ ކަމަށް ސިއްހީ އޮފިޝަލުން އެންމެ ބޮޑަށް ކަންބޮޑުވާ އެއް ސަބަބަކީ ރައްޔިތުންނަށް ކުރިމަތިވެފައިވާ ފަގީރު ކަމާއި ބަނޑުހައި ހޫނު ކަމެވެ. އެ ގައުމުގެ އާބާދީގެ 24 މިލިއަން މީހުންގެ ތެރެއިން 80 އިން ސައްތަ މީހުންނަކީ ބޭރުން ލިބޭ އެހީއަށް ބަރޯސާ ވެގެން ދިރިއުޅޭ މީހުންނެވެ. ބަނޑުހައިހޫނު ކަމުގެ ބިރު ކުރިމަތިވެފައިވާ މީހުންގެ އަދަދު 10 މިލިއަނަށް ވުރެ މައްޗެވެ.

ކޮވިޑް-19 އާ ގުޅިގެން، ސައުދީގެ ވެރިކަމުގައި ދަށުގައި އޮތް ލަޝްކަރުން ހަމަލާ ބަދަލު ކުރުން މެދުކަނޑާލަން ނިންމާފައެވެ. ނަމަވެސް ހޫތީން އެކަން ގަބޫލު ކޮށްފައި ނުވުމާއެކު ބަލިމަޑުކަމާ އެކުވެސް ހަމަޖެހުމެއް ޔަމަނަށް އައިސްފައެއް ނުވެއެވެ. އަނެއް ކޮޅުން ސައުދީން މަދަދުވެރިވާ ކޯލިޝަންގެ ތެރޭގައި ވެސް މިހާރުވަނީ ބައިބައިވުން އުފެދިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
0%
0%
0%
0%
ކޮމެންޓް