ކ. މާލެ
|
30 އޭޕްރިލް 2020 | ބުރާސްފަތި 14:37
އިރާނުގެ ޖަލެއް
އިރާނުގެ ޖަލެއް
ސައުދީ ގެޒެޓް
ކޮވިޑް-19އާ ގުޅޭގޮތުން ދޮގު ވާހަކަ ފެތުރުން
ކޮވިޑް-19އާ ގުޅޭގޮތުން ދޮގުވާހަކަ ފެތުރި 3،000ށް ވުރެ ގިނަ މީހުން އީރާނުން ހައްޔަރުކޮށްފި
 
ދޮގު ޚަބަރު ފަތުރާ ދުޝްމަނުންނަށް ސަމާލުކަން ނުދިނުމަށް ޢާންމުންނަށް ވަނީ އިލްތިމާސްކޮށްފަ
 
ރިވޮލިއުޝަނަރީ ގާޑުން ސިފަކޮށްފައިވަނީ މިއީ "ނަފުސާނީ ހަނގުރާމަ" އެއްގެ ގޮތުގަ
 
ދޮގު ޚަބަރު ފަތުރާ މައްސަލައިގައި 3،600 މީހުން ވަނީ ހައްޔަރުކޮށްފައި

ނޮވެލް ކޮރޯނާވައިރަސް(ކޮވިޑް-19)އާ ގުޅޭގޮތުން ދޮގު ވާހަތައް ފެތުރި 3،000ށްވުރެ ގިނަ މީހުން އީރާނުން ހައްޔަރުކޮށްފިއެވެ.

އީރާނުގެ އަސްކަރިއްޔާގެ ތަރުޖަމާނު އަބޫލްފަޒުލް ޝޭކަރްޗީއާއި ޙަވާލާދީ އެޤައުމުގެ ދައުލަތުގެ މީޑިއާއިން ޚަބަރުފަތުރާގޮތުގައި، ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯރމްތައް ބޭނުންކޮށްގެން ކޮވިޑް-19އާ ގުޅޭގޮތުން ދޮގު ޚަބަރުތަކާއި، މަޢުލޫމާތު ފަތުރަމުންދިޔަ 3،600 މީހަކު އެޤައުމުގެ ސަލާމަތީ ބާރުތަކާއި، ފުލުހުންކުރި މަސައްކަތުން މިހާތަނަށް ވަނީ ހައްޔަރުކޮށްފައެވެ.

އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑުން ބުނެފައިވަނީ ދޮގުވާހަކަތައް ފެތުރި މީހުން ހައްޔަރުކުރަމުންދާކަމަށާއި، މިހާރު ކުރަމުންދަނީ މިކަމުގެ ފަހަތުގައި މިކަމަށް ހިތްވަރުދޭ މީހުން ހޯދުމުގެ މަސައްކަތްކުރުންކަމަށެވެ. ދޮގު ޚަބަރައި މަޢުލޫމާތު ފަތުރަން މަސައްކަތްކުރަމުންދާ މީހުންގެ ޢަމަލުތައް ރިވޮލިއުޝަނަރީ ގާޑުން ސިފަކޮށްފައިވަނީ "ނަފުސާނީ ހަނގުރާމަ" އެއްގެ ގޮތުގައެވެ. ރިވޮލިއުޝަނަރީ ގާޑުން ވަނީ އެއީ ދުޝްމަނުންގެ ގޮތުގައި ސިފަކޮށް އެމީހުންގެ ޢަމަލުތަކައް ސަމާލުކަން ނުދިނުމަށް ޢާންމު ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

އިރާނުގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ފަތުރަމުންދާ ވާހަކަތަކައް ބަލާއިރު، އެންމެ ގިނައިީ އެޤައުމުގެ ސަރުކާރުން ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންނާއި މަރުވާ މީހުންގެ ޞައްޙަ މަޢުލޫމާތު ހާމަނުކުރާކަމަށް ބުނެ ތުހުމަތުކޮށް ފަތުރާފައިވާ ވާހަކަތަކެވެ. އަދި ކޮވިޑް-19 އާއި ދެކޮޅަށް ސަރުކާރުން އެކަށީގެންވާ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައިނުވާކަމަބުނެ ފޭސްބުކާއި، ޓްވިޓަރގެ އިތުރުން، ވަޓްސްއެޕް ފަދަ ސޯޝަލް މީޑިއާ އެޕްތަކުގައި ޚަބަރު ފަތުރާފައިވެއެވެ. އިރާނުގެ ސަލާމަތީ ބާރުތަކާއި މަދަނީ ފުލުހުން އެކުވެ މިމީހުން ހައްޔަރުކުރި ނަމަވެސް އެމީހުންނަށް ދޭނެ އަދަބެއް އަދި ހާމަކޮށްފައެއް ނުވެއެެވެ.

އިރާނު ސަރުކާރުން ހާމަކޮށްފައިވާ ޑޭޓާތަކައް ބަލާއިރު އެޤައުމުން މިހާތަނަށް 93،657 މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެ 5،957 މީހުން ވަނީ މަރުވެފައެވެ.

0%
0%
0%
100%
0%
0%
ކޮމެންޓް