ކ. މާލެ
|
30 އޭޕްރިލް 2020 | ބުރާސްފަތި 13:59
ޤާޠިފް އަވަށުގެ މަގުމަތިން އެއްވެސް މީހަކު ނުފެނޭ
ޤާޠިފް އަވަށުގެ މަގުމަތިން އެއްވެސް މީހަކު ނުފެނޭ
ސައުދީ ގެޒެޓް
ސައުދީގައި ފުރަނަންދުގެ ހާލަތު ލުއިކުރުން
ސައުދީގެ ޤާޠިފް އަވަށުގައި ފުރަބަންދުގެ ހާލަތު ލުއިކޮށްފި
 
ބޭރަށް ނިކުތުމުގެ ހުއްދަދިނީ ހެދުނު ނުވަޔަކުން ހަވީރު ފަހެއްޖެހުމާއި ހަމަޔަށް
 
ދުވާލުގެ ގަޑިތަކުގައި ޤާޠިފުން އަރާފޭބުން މިހާރު ހުއްދަ
 
ފުރަބަންދުގެ ޙާލަތު ލުއިކޮށްފައިވަނީ ޞިއްހީ އޮފިޝަލުންގެ އިރުޝާދުގެމަތިން

ސައުދީޢަރަބިއްޔާގެ ޤާޠިފް ޞަރަޙައްދުގައި އިޢުލާނުކޮށްފައިވާ ފުރަބަންދުގެ މުއްދަތު އެޤައުމުގެ ސަރުކާރުން ލުއިކޮށްފިއެވެ.

ޤާޠިފްގެ ޞަރަޙައްދީ އޮފީހުން ގެނައި ލުއިތަކުގެ ތެރޭގައި ދުވާލުގަޑީގައި އެއަވަށުން އަރާފޭބުން ހުއްދަކުރުމާއި، ދުވާލުގަޑީގައި ޢާންމުން ޒަރޫރީ ބޭނުންތަކައް ނިކުންނަން ހުއްދަ ދިނުން ހިމެނެއެވެ. ޢާންމުން ބޭރަށް ނިކުތުމުގެ ހުއްދަދީފައިވަނީ ހެދުނުގެ ނުވަޔަކުން ހަވީރު ފަހެއްޖެހުމާއި ހަމަޔަށެވެ.

ސައުދީޢަރަބިއްޔާގެ ދާޚިލީ ވުޒާރާއާއި ޙަވާލާދީ އެޤައުމުގެ ދައުލަތުގެ މީޑިއާއިން ބުނެފައިވަނީ، ޤާޠިފް އަވަށުގައި ފުރަބަންދުގެ ޙާލަތު ލުއި ކުރީ ޞިއްޙީ އޮފިޝަލުންގެ އިރުޝާދުގެ މަތިން ކަމަށެވެ. އަދި ފުރަބަންދުގެ ޙާލަތު ލުއިކުރިނަމަވެސް ޢާންމުން ބޭރަށް ނިކުމެ އުޅޭއިރު އެމީހުންގެ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޢަމަލުކުރާނެ އުޞޫލެއްވަނީ ހާމަކޮށްފައެވެ. މި އުޞޫލާއި ޚިލާފުވާ ވަކި ވަކި ފަރުދުންގެ މައްޗަށް ތަންފީޒުކުރާނެ އަދަބުތަކެއް ދާޚިލީ ވުޒާރާއިން ވަނީ މަދަނީ ފުލުހުންނަށް އަންގާފައެވެ.

ޤާޠިފް އަވަށުގެ ޢާންމުން ޢަމަލުކުރަން ޖެހޭ އުޞޫލުތަކުގެ ތެރޭގައި އިޖުތިމާޢީ އަދި ނަފުސާނީ ގައިދުރުކަން ދެމެހެއްޓުމާއި، މާސްކް އެޅުމާއި، މިސްކިތްތަކައް ނުވަނުމާއި، އެއްވުންތައް ނުބޭއްވުން ހިމެނެއެވެ. އަދި ޒަރޫރީ ބޭނުމެއް ނެތި ބޭރަށް ނިކުމެ އުޅުން މަނަލެވެ.

ޤާޠިފް ޞަރަޙައްދުގައި ކޮވިޑް-19 ފެތުރުމާއި ގުޅިގެން ސައުދީ ރަސްކަމުގެ ދަރުބާރުން އެ ޞަރަަޙައްދު ފުރަބަންދުކުރީ މާރޗްމަހުގެ 8 ވަނަ ދުވަހުއެވެ. ފުރަބަންދުން ލުއި ދީފައި މިވަނީ އެޞަރަޙައްދުގައި ވައިރަސް ފެތުރޭމިންވަރު މަދުވުންނާއި، އަދި އެޤައުމުގެ ސަރުކާރުން ކުރިޔަށްގެންދާ "ފީލްޑް ޓެސްޓިންގ" ޕްރޮގުރާމުގެ ދަށުން، އެޞަރަޙައްދު ޓެސްޓްކޮށް ނިމުމުންނެވެ.

ސައުދީޢަރަބިއްޔާގައި ރޭގެ 12 ޖެހުމާއި ހަމަޔަށް ލިބިފައިވާ ޑޭޓާތަކައް ބަލާއިރު 21،402 މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވެއެވެ. އިއްޔެ އެކަނިވެސް 1،325 މީހުން ވައިރަސްއަށް ޕޮޒިޓިވްވިއެވެ. ސައުދީޢަރަބިއްޔާގައި އެންމެ ނުރައްކާ ބޮޑީ މައްކާގައެެވެ. އެންމެ ގިނަ ޢަދަދަކަށް ވައިރަސް ފެތުރޭ ސިޓީތަކުގެ ތެރޭގައި ވެރިރަށް ރިޔާދާއި، މަދީނާ އާއި ދައްމާމް ސިޓީ ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް