ކ. މާލެ
|
30 އޭޕްރިލް 2020 | ބުރާސްފަތި 13:28
ސްރީލަންކާގެ ކަނޑުގެ އަސްކަރިއްޔާގެ ޓީމުން ޑިސްއިންފެކްޓް ކުރުމުގެ މަަަސައްކަތުގައި ޙަރަކާތްތެރިވަނި
ސްރީލަންކާގެ ކަނޑުގެ އަސްކަރިއްޔާގެ ޓީމުން ޑިސްއިންފެކްޓް ކުރުމުގެ މަަަސައްކަތުގައި ޙަރަކާތްތެރިވަނި
އިންޑިއަން އެކްސްޕްރެސް
ސްރީލަންކާގަ ކާފިއު އިޢުލާނުކުރުން
ސްރީލަންކާގައި ކޮވިޑް-19 ގެ ނުރައްކާބޮޑުވެ ކާފިއުގެ އަމުރު އަލުން އިޢުލާނުކޮށްފި
 
ސްރީލަންކާއިން 649 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި
 
ކާފިއުގެ މުއްދަތު ހަމަވާނީ މެއި މަހުގެ 4 ވަނަ ދުވަހުގެ ހަވީރު 05:00 ޖަހާއިރު
 
ކާފިއުގެ އަމުރަށް ޢަމަލުކުރަން ފަށާނީ މިރޭ 08:00 ޖަހާއިރު

ސްރީލަންކާ ސަރުކާރުން، ކޮވިޑް-19އިން ރައްކާތެރިވުމަށް އަޅަމުންގެންދާ ފިޔަވަުތަކުގެ ތެރެއިން އަނެއްކާވެސް، ވައިރަސްގެ ނުރައްކާބޮޑު ކާފިއުގެ ޢަމުރު އަލުން އިޢުލާނުކޮށްފިއެވެ.

ސަރުކާރުގެ މި ނިންމުން އިޢުލާނުކުރައްވާ އެޤައުމުގެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޢާންމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ ކާފިއުގެ ޢަމުރު އަލުން އިޢުލާނުކުރީ ވެރިރަށް ކޮލޮމްބޯ، ގަމްޕަހާ، ކަލުތަރަ އަދި ޕުއްތަލަމްގެ އަވަށްތަކުގައި ކަމަށެވެ. އަދި އަލުން އިޢުލާނުކުރި ކާފިއުގެ އަމުރު ހިނގަންފަށާނީ ނުވަތަ ތަންފީޒުކުރަން ފަށާނީ ބުރާސްފަތި ދުވަހު(މިއަދު)ގެ ރޭގަނޑު 08:00 ޖަހާއިރުގައި ކަމަށެވެ.

ސްރީލަންކާ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި އަލަށް އިޢުލާނުކުރި ކާފިއުގެ ޢަމުރުގެ ތަންފީޒު ކުރާނީ މޭއި މަހުގެ 4 ވަނަ ދުވަހުގެ ހަވީރު 5:00ގެ ނިޔަލަށެވެ. އަދި މިމުއްދަތުގައި ކޮންމެ ދުވަހެއްގެވެސް 24 ގަޑިއިރު ކާފިއުގެ އަމުރު ތަންފީޒުކުރަމުންދާނެކަމަށާއި، އަމުރާ ޚިލާފުވާ ފަރާތްތަކައް ފިޔަވަޅު އަޅާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މީގެ އިތުރުންވެސް މިއަދު ހަވީރު 05:00 ޖަހާއިރަށް ކާފިއު ހަމަވާ ނުރައްކާބޮޑު އެހެނިހެން އަވަށްތަކުގައިވެސް މިރެ 08:00 ފެށިގެން އަލުން ކާފިއުގެ އަމުރު ހިންގާނެކަމަށް ސްރީ ލަންކާ ސަރުކާރުން ވަނީ ބުނެފައެވެ.

ސްރީލަންކާ ސަރުކާރުން ކާފިއުގެ ޢަމުރެއް އަލުން އިޢުލާނުކުރީ އެޤައުމުގެ ކަނޑުގެ އަސްކަރިއްޔާގެ ސިފައިން ކޮވިޑް-19 ޖެހިފައިވަނިކޮށް ޗުއްޓީއަށް ދިއުމާއި ގުޅިގެން ވައިރަސް ފެތުރިދާނެކަމުގެ ބިރު ހީވެފައިވާތީ ރައްކާތެރިކަމެއްގެ ފިޔަވަޅެއްގެ ގޮތުންނާއި، އެމީހުންނާއި އެކި ޙައިޞިއްޔަތުތަކުން ދިމާވެފައިވާ މީހުން ހޯދުމުގެ ބޭނުމުގައެވެ.

ސްރީލަންކާއިން 649 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ، 07 މީހުން ވަނީ މަރުވަފައެވެ. އަދި 139 މީހަކުވަނިީ ފަރުވާދީގެން ރަނގަޅުކޮށްފައެވެ. މިހާރުވެސް، 503 މީހަކަށް ފަރުވާދެމުންދާއިރު 02 މީހެއްގެ ޙާލަތު ވަރަށް ސީރިއަސްކަމަށް ރިޕޯޓުތައް ބުނެއެވެ.

0%
0%
92%
8%
0%
0%
ކޮމެންޓް