ކ. މާލެ
|
30 އޭޕްރިލް 2020 | ބުރާސްފަތި 11:03
އިންޑިއާ ސިފައިން މީހުން ދިިރިއުޅޭ ޞަރަޙައްދެއް ޑިސްއިންފެންޚްޓް ކުރަނީ
އިންޑިއާ ސިފައިން މީހުން ދިިރިއުޅޭ ޞަރަޙައްދެއް ޑިސްއިންފެންޚްޓް ކުރަނީ
އިންޑިއަން އެކްސްޕްރެސް
ކޮވިޑް19ގައި އިންޑިއާގެ ޙާލަތު
އިންޑިއާއިން ކޮވިޑް-19ގަ މަރުވި މީހުންގެ އަދަދު 1000 އަށް
 
8,437 މީހުން ވަނީ ފަރުވާ ދީގެން ރަނގަޅުކުރެވިފަަ
 
އިންޑިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 33,050އަށް އަަރާ
 
އިންޑިއާއިން މަރުވީ މީހުންގެ ޢަދަދު 1.079ށް އަރާ

ނޮވެލް ކޮރޯނާ ވައިރަސް(ކޮވިޑް-19)އަށް އިންޑިއާއިން މަރުވީ މީހުންގެ ޢަދަދު 1000ށް ވުރެ މައްޗަށް އަރައިފި އެވެ.

އިންޑިއާގެ ޞިއްޙަތާ ބެހޭ އިސް މަސްއޫލުވެރިންނާއި ޙަވާލާދީ އިންޑިއާގެ ނޫސްތަކުން ޚަބަރު ފަތުރާގޮތުގައި ކޮވިޑް-19 ޖެހިގެން އެޤައުުމުން މަރުވީ މީހުންގެ ޢަދަދު ވަނީ، 1،079ށް އަރާފަ އެވެ.

އިންޑިއާގެ ކަމޭބެހޭ ފަރާތްތަކުން ޢާންމުކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތުތަކައް ބަލާއިރު، އެޤައުމުން 33,050 މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، 8,437 މީހުން ވަނީ ފަރުވާ ދީގެން ރަނގަޅުކުރެވިފަަ އެވެ. މިހާރުވެސް، 23,546ށް ދަނީ ފަރުވާ ދެމުންނެވެ.

އިންޑީއާގައި ވައިރަސް ފެތުރެމުންދާ ޒާތައް ބަލާއިރު، ވައިރަސްގެ ނުރައްކާ އެންމެ ބޮޑީ މަހާރާޝްތުރާ ސްޓޭޓުގައެވެ. އެއީ އެޤައުމުގެ ވިޔަފާރި މަރުކަޒީރަށް މުމްބާއީ (ބޮމްބޭ) އޮންނަ ސްޓޭޓެވެ. އެސްޓޭޓުން މިހާތަނަށް އައިއިރު، 9915 މީހުން ޕޮޒިޓިވްވެ، 432 މީހުން ވަނީ މަރުވެފަ އެވެ.

ދެވަނައަށް އެންމެ ގިނައިން ވައިރަސްއަށް މީހުން ޕޮޒިޓިވްވެފައިވަނީ، ގުޖުރާތު ސްޓޭޓުގައެވެ. އެސްޓޭޓުން މިހާތަނަށް އައިއިރު، 3439 މީހުން ޕޮޒިޓިވްވެ، 56 މީހުން ވަނީ މަރުވެފަ އެވެ.

އިންޑިއާގެ 32 ސްޓޭޓަކަށް ވައިރަސްވަނީ ފެތުރިފައެވެ. މިކަމާއި ގުޅިގެން އެޤައުމުވަނީ ފުރަބަންދުކޮށްފަ އެވެ. މިއީ މުޅިދުނިޔެއަށް ބަލާއިރު އެންމެ ބިޔަ ފުރަބަންދެވެ. އެޤައުމުގައި 3.2 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިއާ ފުރަބަންދުކުރުމާއި ގުޅިގެން އެޤައުމުގެ ފަޤީރު އާބާދީއަށް ތަހައްމަލުކުރަންޖެހިފައިވަނީ ވަރަށް ދަތި އުނދަގޫ ދުވަސްތަކެކެވެ.

ފަންނީ މާހިރުން ބުނާ ގޮތުގައި ދަތި އުނދަގުލާ ހުރެވެސް އިންޑިއާ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން އެޤައުމުގައި ވައިރަސް ފެތުރޭ މިންވަރު ހިފެހެއްޓިފައިވާ ކަމަށެވެ. އަދި ފުރަބަންދުކޮށް، ކޮމިއުނިޓި ސަރވައިލެންސް ޕްރޮގުރާމުގެ ދަށުން ގިނަ ޢަދަދެއްގެ މީހުން ބައްޔަށް ތަހުލީލު ކުރުން އެއީ އިންޑިއާއިން އެޅި ވަރަށް ރނގަޅު ފިޔަވަޅެއްގެ ގޮތުގައި ސިފަކުރެއެވެ. އަދި އެގޮތައް ކަންކަން ތަންފީޒު ނުކުރިނަމަ އިންޑިއާގެ ގިނަ ޢަދަދެއްގެ ރައްޔިތުން ކޮވިޑް-19ގެ ޝިކާރައަކަށް ވެގެންދިއުމުގެ ފުރުޞަތު ބޮޑު ކަމަށް ޞިއްހީ މާހިރުން ބުނެ އެވެ.

އިންޑިއާ ސަރުކާރުން ވަނީ ފަޤީރު އާބާދީތަކައް އެޤައުމުގެ ވެލްފެއަރ ސަރވިސްގެ ދަށުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ޕީއެމް ކެއަރ ފަންޑުގެ ނަމުގައި އެޤައުމުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވަނީ ކޮވިޑް-19 އަށް ޚާއްޞަ ފަންޑެއް ޤާއިމުކޮށްފަ އެެވެ. އެޤައުމުގެ މުއްސަނދިންނާއި، މަހުޖަނުންގެ އިތުރުން ފިލްމީ ތަރިންނާއި، އެކި ދާއިރާތަކުގެ ފަންނާނުން ދަނީ ފަންޑަށް ބޮޑެތި އަދަދު ތަކުން ފައިސާ ހަދިޔާ ކުރަމުންނެވެ.

0%
0%
0%
0%
0%
0%
ކޮމެންޓް