ކ. މާލެ
|
30 އޭޕްރިލް 2020 | ބުރާސްފަތި 10:09
ކޮވިޑް-19 ޖެހިފައިވާ މީހަކަށް ފަރުވާދެނީ
ކޮވިޑް-19 ޖެހިފައިވާ މީހަކަށް ފަރުވާދެނީ
ބިޒްނަސް އިންސައިޑަރ
ކޮވިޑް-19ގެ ދުނިޔޭގެ ހާލަތު
ކޮވިޑް-19: މިލިއަނަކަށްވުރެ ގިނަ މީހުން ފަރުވާދީގެން ރަނގަޅުވެއްޖެ
 
މިވައިރަސް ޖެހިގެން މިހާތަނަށް އާއިރު މަރުވެފައިވަނީ 228,239 މީހުން
 
ޖުމްލަ 3,220,847 މީހުންނަށް ވަނީ މި ވައިރަސް ޖެހިފައި

ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން ރަނގަޅުވީ މީހުންގެ ޢަދަދު މިލިއަނަކަށް ވުރެ މައްޗަށް އަރައިފިއެވެ.

އެގޮތުން މިހާތަނަށް އައިރު މުޅި ދުނިޔެއިން ކޮވިޑް-19 ޖެހިގެން ރަނގަޅުކުރެވުނު މީހުންގެ ޢަދަދަކީ1,001,008މީހުންނެވެ. މިއީ ޖުމުލަ ވައިރަސް ޖެހިފައިވާ3,220,847މީހުންގެ ތެރެއިންނެވެ. މިވައިރަސް ޖެހިގެން މިހާތަނަށް އާއިރު މަރުވެފައިވަނީ228,239މީހުންނެވެ.

ކޮވިޑް-19 އަށް މިހާތަނަށް އާއިރު އަދި ވެކްސިނެއް ހޯދިފައިނުވާއިރު މިވައިރަސް ޖެހޭ މީހުންނަށް ފަރުވާދިނުމަށް ވަކި ޚާއްޞަ ބޭހެއްވެސް އަދި ދިފާޢުވާނެ ވެކްސިނެއްވެސް ހޯދިފައެއް ނުވެއެވެ.

އެކި ޤައުމުތަކުން ވައިރަސް ޖެހޭ މީހުންނަށް ފަރުވާދިނުމަށް އެކި ބޭސް ބޭނުން ކުރަމުންދާއިރު ދުނިޔޭގެ ޞިއްޙަތާބެހޭ ޖަމްޢިއްޔާއިން ބުނަމުން އަންނަނީ ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއްނުދީ އެއާ އެއްގޮތަށް ޢަމަލުކޮށްގެން ނޫނީ މިވަގުތު ވައިރަސް ފެތުރުން ނުހުއްޓުވޭނެ ކަމަށެވެ.

ވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާ ގިނަ ޤައުމުތައް މިހާރު ވަނީ ލޮކްޑައުންކޮށްފަ އެވެ. އަނެއް ބައި ޤައުމުތަކުން އަންނަނީ ވައިރަސް ފެތުރުން ހުއްޓުވުމަށް މީހުން އެއްވެ އުޅުން މަނާކޮށް ސްކޫލްތަކާއި އޮފީސްތައް ބަންދުކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
100%
0%
0%
0%
ކޮމެންޓް