ކ. މާލެ
|
30 އޭޕްރިލް 2020 | ބުރާސްފަތި 09:53
ރިޝީ ކަޕޫރު
ރިޝީ ކަޕޫރު
ގޫގުލް
ރިޝީ ކަޕޫރު
ބޮލީވުޑްގެ ތަރި ރިޝީ ކަޕޫރު މަރުވެއްޖެ
 
ރިޝީ މަރުވީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދަނިކޮށް

ބޮލީވުޑްގެ މަޝްހޫރު އެކްޓަރ ރިޝީ ކަޕޫރް މަރުވެއްޖެއެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުން ރިޝީ މަރުވީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދަނިކޮށެވެ.

2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި ވެސް ހާލު ގޯސްވެ ދިއްލީގެ ހޮސްޕިޓަލެއްގައި ރިޝީ ކަޕޫރް އެޑްމިޓް ކުރެވުނެވެ. އެފަހަރު އޭނާ އެޑްމިޓް ކުރެވުނީ އިންފެކްޝަނަކާ ގުޅިގެން ކަމަށް މީޑިއާތަކުގައި ރިޕޯޓުކޮށްފައި ވެއެވެ.

ރިޝީ ކަޕޫރު އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ނެޓްފްލިކްސްގެ ވެބް ސީރީޒް އެއްކަމަށް ވާ "ދަ ބޮޑީ" އިންނެވެ. އަދި މި އަހަރުގެ ކުރީ ކޮޅު ދިއްލީގައި ރިޝީ ކަޕޫރު ވަނީ އިތުރު ފިލްމެއްގައި ވެސް އެކްޓުކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
85%
15%
0%
0%
ކޮމެންޓް