ކ. މާލެ
|
29 އޭޕްރިލް 2020 | ބުދަ 18:58
މިހާދިސާއާ ގުޅިގެން ގިނަ ބަޔަކު ޒަހަމްވެފައިވޭ
މިހާދިސާއާ ގުޅިގެން ގިނަ ބަޔަކު ޒަހަމްވެފައިވޭ
އަލްޖަޒީރާ
ސިރިއާގެ އަވަށަކަށް ހަމަލާ ދިނުން
ސީރިއާގެ އަފްރީން އަވަށުގައި ތެޔޮ ޓޭންކަރެއް ގޮއްވާލައިފި
 
މިހަމަލާ ދިން ކަމަށް ތުހުމަތު ކުރެވެނީ ސީރާއާގެ ކުރުދީންގެ ހަނގުރާމަ ވެރިންނަށް
 
މީގެ ތެރޭގައި 11 ކުޑަ ކުދިން ހިމެނޭ
 
މިހަމަލާގައި 46 އާންމު ރައްޔިތުން ވަނީ މަރުވެފައިވޭ

ތުރުކީއިން ބަލަހައްޓަމުން ގެންދާ ސީރިއާގެ އަފްރީން އަވަށުގައި ތެޔޮ ޓޭންކަރެއް ގޮއްވާލައިފިއެވެ.

އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މިހަމަލާގައި 46 އާންމު ރައްޔިތުން ވަނީ މަރުވެފައެވެ. މީގެ ތެރޭގައި 11 ކުޑަ ކުދިން ހިމެނެއެވެ. 50 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

މިހަމަލާ ދީފައިވަނީ އަފްރީން އަވަށުގެ ކާރުބާރު ބޮޑު މަގެއްގައެވެ.

ތުރުކީގެ ޑިފެންސް މިނިސްޓްރީން މިހަމަލާ ކުށްވެރިކޮށްފައިވާއިރު، މިހަމަލާދިންކަމުގެ ތުހުމަތު ކުރަނީ ސީރާއާގެ ކުރުދީންގެ ހަނގުރާމަ ވެރިންނަށްށެވެ.

ބުދަ ދުވަހު ދިން މިހަމަލާއަކީ ސިރީއާގެ ބެލުމުގެ ދަށުގައިވާ އަވަށަކަށް ކުރުދީން ހަނގުރާމަ ވެރިން މިހާތަނަށް ދިން އެންމެ ވަރުގަދަ ހަަމާލާއެވެ. ނަމަވެސް ކުރުދީން ހަނގުރާމަ ވެރިން ދަނީ އެމީހުން ދޭ ހަމަލާތަކަކީ އާންމު ރައްޔިތުންނަށް ދޭ ހަމަލާތަކެއް ނޫން ކަމަށް ބުނަމުންނެވެ.

މިހަމަލާ އެމެރިކާގެ ސްޓޭޓް ޑިމާޓްމެންޓުން ވެސް ވަނީ ކުށްވެރިކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
100%
0%
0%
0%
ކޮމެންޓް