ކ. މާލެ
|
29 އޭޕްރިލް 2020 | ބުދަ 18:04
ޕާކިސްތާނުގެ ގިނަ ރައްޔިތުން ދަނީ ގަސްއިންދުމުގެ މަސައްކަތް ކުރަމުން
ޕާކިސްތާނުގެ ގިނަ ރައްޔިތުން ދަނީ ގަސްއިންދުމުގެ މަސައްކަތް ކުރަމުން
އަލްޖަޒީރާ
ކޮވިޑް-19އާ ގުޅިގެން ގިނަ ބައެއްގެ ވަޒީފާ ގެއްލުން
ކޮވިޑް-19އާ ގުޅިގެން ޕާކިސްތާނުން ވަޒީފާ ގެއްލިފައިވާ މީހުންނަށް ފައިސާ ލިބޭނެ މަގެއް ފަހިކޮށްދީފި
 
ކުރިއަށް އޮތް 5 އަހަރު ވެސް މިޕްރޮގްރާމް ކުރިއަށް ގެންދާނެ
 
އެމީހުން ކުރާ މަސައްކަތުގެ ހަމައަގު ދޭނެ
 
އެކި ސަހަރައްދުތަކުގައި ގަސް އިންދުމުގެ މަސައްކަތް ދަނީ ކުރަމުން

ކޮވިޑް-19އާ ގުޅިގެން ޕާކިސްތާނުން ވަޒީފާ ގެއްލިފައިވާ އެތައް ހާސް މީހުންނަށް ފައިސާ ލިބޭނެ މަގެއް ފަހިކޮށްދީފިއެވެ.

އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ޕާކިސްތާން ސަރުކާރުން އެގައުމުގެ އެކި ހިސާބުތަކުގައި ގަސް އިންދުމުގެ ޚާއްސަ ޕްރޮގްރާމެއް ވަނީ ފަށާފައެވެ. އެގޮތުން ކްލައިމެޓް ޗޭންޖާއި ދެކޮޅަށް ފަށާފައިވާ މިމަސައްކަތުގައި ޕާކިސްތާނުގެ އެކި ސަހަރައްދުތަކުގައި މީހުން ދަނީ ގަސް އިންދުމުގެ މަސައްކަތްތައް ކުރަމުންނެވެ.

މިގަސްތައް އިންދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މީހުންނަށް ޕާކިސްތާނުގެ ސަރުކާރުން ފައިސާ ދެއެވެ. އަދި އެމީހުން ކުރާ މަސައްކަތުގެ ހަމައަގު ދޭނެ ކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ.

ޕާކިސްތާނުގެ ސަރުކާރުން ވަނީ ދިހަ ބިލިއަން ގަސް އިންދުމަށް އަމާޒު ހިފާފައެވެ. މިޕްރޮގްރާމް އަކީ 2018 ވަނަ އަހަރު ބޮޑުވަޒީރު އިމްރާން ޚާން ފައްޓަވައިދެއްވި ޕްރޮގްރާމެކެވެ. އަދި ކުރިއަށް އޮތް 5 އަހަރު މިޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަައިއެވެ. މިޕްރޮގްރާމްގެ ސަބަބުން ފަސްދޮޅަސް ތިން ހާހަށްވުރެ ގިނަ މީހުންނަށް ވަޒީފާ ލިބިފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް