Advertisement
ކ. މާލެ
|
2 އޭޕްރިލް 2017 | އާދީއްތަ 20:06
އިކޮނޮމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ގެޓްސެޓްގެ މެނޭޖަރ މަހީލް އަލީ ޖަލީލު ވާހަކަދައްކަވަނީ
އިކޮނޮމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ގެޓްސެޓްގެ މެނޭޖަރ މަހީލް އަލީ ޖަލީލު ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ގެޓްސެޓް ލޯން
ގެޓްސެޓް ލޯނަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަނީ
ފުރަތަމަ ބުރުގެ ލޯން ވަރަށް ކާމިޔާބު

ގެޓްސެޓް ލޯނަށް ކުރިމަތިލުމުގެ ފުރުސަތު އެޕްރީލް މަހުގެ 16 އިން 27 އަށް ހުޅުވާލަން ހަމަޖެހިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީގައި އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގެޓްސެޓްގެ މެނޭޖަރ މަހީލް އަލީ ޖަލީލު  ވިދާޅުވީ ފުރަތަމަ ބުރުގައި 90 އިންސައްތަ ހާސިލްވެފައިވާކަމަށެވެ.

"ފުރަތަމަ ބުރުގައި ލޯނު ދެވުނު ފަރާތްތަކުގެ މިހާރު ހަމަ ކުރަމުން މިދަނީ. ފުރަތަމަ ބުރުގެ ސަކްސެސް އަޅުގަނޑު ދަންނަވާނީ ހަމަ ހިތްހަމަޖެހޭވަރަށް ވުރެ ބޮޑު ސަކްސެސް ހަމަ ކުރިއަށް ދޭ." މަހީލް ވިދާޅުވިއެވެ.

ގެޓްސެޓް ލޯނުގެ ސްކީމުގެ ފުރަތަމަ ބުރުގައި 25  މިލިއަން ރުފިޔާ 74 ފަރާތަކަށް ދީފައިވެއެވެ.

ގެޓްސެޓަކީ 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް ހާއްސަކޮށްގެން ހުޅުވާލާފައިވާ ލޯންސްކީމެކެވެ. މި ލޯނަށް އެދެވެނީ ތިން ލައްކަ އާއި އަށް ލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކަށެވެ.  

ގެޓްސެޓަށް ފޯމު ހުށައެޅުން 16 އެޕްރީލް 2017 އިން 27 އެޕްރީލް 2017 އަށް، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 14:00 އަށް ބަލައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް