ޕޮޓޭޓޯ ޗީޒް ބޯލްސް

ބޭނުންވާތަކެތި:

1. ތިން އަލުވި

2. 100ގ މޮޒެރައްލާ ޗީޒް (ކިއުބްކޮށް ކޮށާފައި)

3. 50ގ ޕާމެޒަން ޗީޒް (ގާނާފައި)

4. އެއް ކުޑަ ސަމުސާ އަސޭމިރުސް

5. ލޮނު (ރަހަލާވަރަށް)

6. ތިން ބިސް

7. 200ގ ޕާންކުނޑި

8. މޭޒުމަތީ ސަމުސާ ޕެޕްރިކާ

9. ހަތަރު ސައިސަމުސާ ފުށް

10. ތެޔޮ (ތެލުލުމަށް)

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ އަލުވީގެ ބޭރުތޮށި މަށާލުމަށްފަހު، ހަތަރުފަޅިއަށް ފަޅިކޮށް، ލޮނު އަޅައިގެން ފެނުކައްކާށެވެ. ފެނުކެއްކި އަލުވިކޮޅު ހިހޫވުމުން ޗަސްކޮށްލުމަށްފަހު، އޭގެތެރެއަށް ގާނާފައިހުރި، ޕާމެޒަން ޗީޒް، އަސޭމިރުސް އަދި ރަހަލާވަރަށް ލޮނު އަޅާފައި ރަނގަޅަށް މޮޑެލާށެވެ. އެއަށްފަހު މޮޒެރެއްލާ ޗީޒް ކިއުބެއް އޭގެތެރެއަށްލާ، އާދައިގެ މިންގަނޑަކަށް ގުޅަ ވަށާލުމަށްފަހު، 5 މިނިޓްވަންދެން ފްރިޖްކޮށްލާށެވެ. ޕާން ކުނޑި ތެރެއަށް ލޮނު، އަސޭމިރުސް، ޕެޕްރިކާ، އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. ކުރިން ހެދި އަލުވިގުޅަތަކުގައި ފުށް ހޭކުމަށްފަހު، ބިސްތެރެއަށް ލާށެވެ. އެއަށްފަހު ޕާން ކުނޑި ރަނގަޅަށް އުގުޅާޅާށެވެ. ގުޅަތައް ތެޔޮގަނޑު ތެރެއަށްލާނީ ތެޔޮ ހޫނުވުމުންނެވެ. ދެން މަޑު މުށިކުލައެއް އަރަންދެން ރަނގަޅަށް ތެލުލާށެވެ.

- ކޮމެންޓް